ފުވައްމުލަކުގައި ޑައިވިން އަށް ދިޔަ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ ފުވައްމުލަކުގައި ޑައިވިނަށްދިޔަ މީހަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު މިއަދު 15:43ގައި ރިޕޯޓުކ ކޮށްފައިވާ ކަމަށެވެ. ގެއްލިފައި ވަނީ ދިވެހި ފިރިހެނެކެވެ.
އެމްްއެންޑީއެފުން ވެސް ބުނީ ޑައިވިނަށް މީހަކު ގެއްލުނުކަމުގެ ރިޕޯޓް ލިބިގެން އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑް ސަދަން އޭރިއާ ކޮމާންޑުން ކުރަމުން އަންނަ ކަމަށެވެ. ގެއްލުނީ 35 ވަރަކަށް އަހަރުގެ ފިރިހެނެއް ކަމަށާއި ގެއްލުނު އިރު އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިން ސޫޓެއް ކަމަށް މައުލޫމާތު ލިބިފައިފާ ކަމަށް ވެސް ބުންޏެވެ.
އޭނާ ހޯދުމުގެ މަސައްކަތްކުރަމުން އަންނަ އިރު، ޑައިވިން އަށް ދިޔަ އެހެން މީހެއްގެ ހާލު ދެރަވެގެން ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމުގެ މައުލޫމާތުވެސް ލިބެ އެވެ.
މި ހާދިސާތަކާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ނުލިބެ އެވެ.














