ފުޓްބޯޅައިގެ މަޝްހޫރު "ސުޕަ އެޖެންޓް" ރައިއޯލާ މަރުވެއްޖެ

Apr 30, 2022, 2:27 PM
ފުޓްބޯޅައިގެ މަޝްހޫރު "ސުޕަ އެޖެންޓް" ރައިއޯލާ މަރުވެއްޖެ

މިލާން (އޭޕްރީލް 30) - މަޝްހޫރު ގިނަ ކުޅުންތެރިންތަކެއްގެ އޭޖެންޓްކަން ކުރަމުން އަންނަ އިޓަލީގެ މިނޯ ރައިއޯލާ މިއަދު މަރުވެއްޖެ އެވެ.

މީގެ ދެ ދުވަސް ކުރިން އިޓަލީ މީޑިއާތަކުން ރައިއޯލާ މަރުވި ކަމަށް ރިޕޯޓްކުރި އެވެ. އެކަމަކު، ފަހުން ޓްވީޓަކުން ރައިއޯލާ ބުނީ ހަތަރު މަސް ތެރޭ ދެ ވަނަ ފަހަރަށް މީޑިއާ އިން އޭނާ މަރަލާފައިވާ ކަމަށާއި ހަގީގަތަކީ ސިއްހީ ހާލަތު ދަށްވީ ކަމަށެވެ.

އޭގެ ދެ ދުވަސް ފަހުން ރައިއޯލާ މަރުވިކަން އޭނާގެ އާއިލާ އިން މި ވަނީ ކަށަވަރުކޮށްދީފަ އެވެ.އުމުރުން 54 އަހަރުގެ ރައިއޯލާ މަރުވެފައިވަނީ ބައްޔަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

މިދިޔަ ޖެނުއަރީ މަހު މިލާންގެ ހޮސްޕިޓަލެއްގައި ރައިއޯލާގެ ހާލު ސީރިއަސްވެގެން އެޑްމިޓް ކުރި ނަމަވެސް އެއީ ކޮން ބައްޔެއް ވެގެންކަން މީޑިއާގައި ހާމަކޮށްފައިނުވެ އެވެ. އެ ފަހަރު ރައިއޯލާ އޮޕަރޭޝަނެއް ކުރި ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ޖަރުމަނު ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައިއޯލާ ފަރުވާ ހޯދަމުން އަންނަނީ ފުއްޕާމޭ އަށް ދިމާވެފައިވާ މައްސަލަތަކަކަށެވެ.

ރައިއޯލާ އަކީ ޕައުލް ޕޮގްބާ، ޒަލަޓާން އިބްރަހިމޮވިޗް، ޖިއަންލުއީޖީ ޑޮންނަރުންމާ އަދި އާލިން ބްރައުޓް ހާލަންޑްގެ އިތުރުން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއްގެ އޭޖެންޓް އެވެ.

ދާދި ފަހަކާ ޖެހެންދެން ރައިއޯލާ އެންމެ ބޮޑަށް ކުރަމުން އައި މަސައްކަތަކީ ޑޯޓްމަންޑަށް ކުޅެމުން އަންނަ ހާލަންޑްގެ ޓްރާންސްގެ މަޝްވަރާތަކެވެ. ރިޕޯޓްތައް ބުނާގޮތުގައި ރައިއޯލާ ވަނީ ހާލަންޑް، މެންޗެސްޓާ ސިޓީ އަށް ސޮއިކުރަން ކުރަން ޖެހޭ މަޝްވަރާތައް ނިންމާލައިފަ އެވެ.

މަޝްހޫރު ފުޓްބޯޅަ އޭޖެންޓް ރައިއޯލާ: ފުޓްބޯޅައިގެ އެންމެ ނުފޫޒުގަދަ އޭޖެންޓުންގެ ތެރޭގައި ރައިއޯލާ ހިމެނޭ.

އިޓަލީ އަށް އުފަންވި ނަމަވެސް ރައިއޯލާ، ޒުވާން ދުވަސްވަރު އެންމެ ބޮޑަށް އުޅުނީ ނެދަލެންޑްސްގަ އެވެ. އެ ގޮތުން ނުވަދިހައިގެ ފަހުކޮޅުގައި ފުޓްބޯޅަ ސްކައުޓުންނާ ގުޅިގެން ހުނަރުވެރި ކުޅުންތެރިން ފާހަަގަކުރުމުގެ މަސައްކަތް ފެށި އެވެ.

އެ ގޮތުން އަޔަކްސްގައި ފުޓްބޯޅަ ޕްރޮމޯޓްކުރާ އޮފިޝަލެއްގެ ގޮތުގައި އެންމެ ފުރަތަމަ މަސައްކަތްކުރި ރައިއޯލާ، ފަހުން އޭޖެންޓަކަށް ބަދަލުވެ، ކުޅުންތެރިންގެ ޓްރާންސްފާ މާކެޓްގައި ފެނުނީ ވަރުގަދަ ނަމެއްގެ ގޮތުގަ އެވެ. އެހެންވެ، ފަހަކަށް އައިސް އޭނާ މަޝްހޫރުވެފައިވަނީ ވެސް "ސުޕަ އެޖެންޓް" ގެ ނަމުންނެވެ.

ރައިއޯލާ އެންމެ ފުރަތަމަ އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ނެދަލެންޑްސްގެ ލެޖެންޑަރީ ފޯވާޑް ޑެނިސް ބާގްކެމްޕް އާއި ޗެކް ރިޕަބްލިކްގެ ހުނަރުވެރި މިޑްފީލްޑަރު ޕަވެލް ނެޑްވެޑް ހިމެނެ އެވެ.

ކުޅުންތެރިންގެ އޭޖެންޓެއްގެ ގޮތުގައި ގަވާއިދާ ހިލާފަށް އަމަލުކުރަމުން އަންނާތީ 2019 ވަނަ އަހަރު ފީފާ އާއި އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ރައިއޯލާ ތިން މަހަށް ސަސްޕެންޑްކޮށްފަ އެވެ. ރައިއޯލާ އަށް އަދަބުދިން އެންމެ ބޮޑު އެއް ސަބަބަކީ ކުޅުންތެރިންގެ ޓްރާންސްފާތަކުގެ ތެރެއިން އޭނާ ނަގާ އެޖެންޓް ފީ ބޮޑުވުމެވެ. އެ ގޮތުން މެންޗެސްޓާ ޔުނައިޓެޑުން 2016 ވަނަ އަހަރު ޕޮގްބާ ގަންނަން ދުނިޔޭގެ އޭރުގެ ރެކޯޑް ފީއެއް ކަމަށްވާ 105 މިލިއަން ޔޫރޯ (110 މިލިއަން ޑޮލަރު) ހަރަދުކުރިއިރު، އެ ފަހަރު ރައިއޯލާ އަށް އެޖެންޓް ފީގެ ގޮތުގައި 25 މިލިއަން ޔޫރޯ (26 މިލިއަން ޑޮލަރު) ލިބުނު ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox