ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

Oct 21, 2026, 1:23 PM
ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް

ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް

މިލާން، އިޓަލީ (އޮކްޓޫބަރު 21) - މެންޗެސްޓާ ޔުަނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ކޯމޯ 1907 ގެ ކޯޗު ސެސްކް ފަބްރެގަސް، ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލަކަށް ޖަވާބުދޭން ދެކޮޅު ހަދައިފި އެވެ. 

ޔުއެފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި މިރޭ ޔުނައިޓެޑުން ރަށުންބޭރުގައި ކޯމޯއާ ދެކޮޅަށް ކުޅޭނެ އެވެ. ކޯމޯގެ ކޯޗަކަށް ހުރީ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ އާސެނަލްގެ ކެޕްޓަނަކަށް ހުރި ފަބްރެގަސް އެވެ. ފަބްރެގަސް އަށް ޔުނައިޓެޑްގެ ކޯޗުކަން ދޭން ޝައުގުވެރިވާ ކަމަށް މީގެ ކުރިން އިނގިރޭސި މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ. 

ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑުން ކޯމޯއާ ކުޅޭ މެޗުގެ ކުރިން އެ ވާހަކަތައް އަލުން ދެކެވެން ފެށިއިރު، މި ވަގުތު އެންމެ ބޮޑަށް ވަޒީފާގެ ޕްްރެޝަރުގައި ހުރި އެއް ކޯޗަކީ ކެރިކް އެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި، ފަބްރެގަސް އަށް ވަނީ ޔުނައިޓެޑްގެ ކޯޗުކަމާ ގުޅޭ ސުވާލެއް އަމާޒުވެފަ އެވެ. އެކަމަކު، އެ ސުވާލަށް ސީދާ ޖަވާބެއް ދޭން ފަބްރެގަސް ވަނީ ދެކޮޅު ހަދައިފަ އެވެ. 

"އަހަރެން ތި ސުވާލަށް ޖަވާބެެއް ނުދޭނަން. ތިއީ، އެހާ ރަނގަޅު ސުވާލެއް ވެސް ނޫން،" ޔުނައިޓެޑްގެ ކޯޗުކަމަށް އަންނަން ޝައުގުވެރިވޭތޯ އެހުމުން، ފަބްރެގަސް ބުންޏެވެ. 

"ދެން އޮތް ކަމަކީ، އަހަންނަށް ގަބޫލެއް ނުކުރެވޭ، (ޔުނައިޓެޑް ކޯޗަކަށް ހުރި) މައިިކަލް ކެރިކް ފަދަ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިއަކަށް، ފުރިހަމަ އަށް އިހުތިރާމް ކުރެވޭނެހެން ތި ފަދަ ސުވާލަކަށް ޖަވާބުދީގެން. ކެރިކް އެ ހުރީ ވަރަށް ރަނގަޅު ޔުނައިޓެޑް ޓީމެއްގެ ކޯޗަކަށް،" 

ޔުނައިޓެޑުން މި ސީޒަނުގައި މޮޅުވީ، ޕްރިމިއާ ލީގުގައި އިޕްސްވިޗް ޓައުން އަތުންނާއި ޗެމްޕިއަންސް ލީގުގައި ސަބާ އަތުންނެވެ. ދެ މެޗު ވެސް ކުޅުނީ ޔުނައިޓެޑް ދަނޑުގަ އެވެ. ޔުނައިޓެޑުން އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ 40 އަހަރު ތެރޭ އެންމެ ދަށްކޮށް ފެށީ މި ސީޒަނުގަ އެވެ. ކޯމޯއާ ދެކޮޅަށް މިރޭ ޔުނައިޓެޑުން ކުޅޭއިރު، އެންމެ ފަހުން، ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑް ކުޅުނު މެޗުން ވަނީ އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވެފަ އެވެ. 

މިއީ، ކޯމޯ ތާރީހުގައި ވެސް އެ ޓީމުން ޗެމްޕިއަންސް ލީގުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. އެ ޓީމު ޗެމްޕިއަންސް ލީގަށް ގެނެސްދިނުމުގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވަނީ، ކުރިން އެ ޓީމަށް ކުޅެ، މިހާރު އެ ޓީމާ ހަވާލުވެ ހުރި ފަބްރެގަސް އަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox