އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

Oct 21, 2026, 1:38 PM
ޗެލްސީގެ މެޗެއްގެ ތެރެއިން ހެންޑަސަން.

ޗެލްސީގެ މެޗެއްގެ ތެރެއިން ހެންޑަސަން.

ލަންޑަން (އޮކްޓޫބަރު 21) -  މި ފަހަރުގެ ޓްރާންސްފާގައި ޗެލްސީ އަށް ބަދަލުވެ، އެ ޓީމުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޖޯޑަން ހެންޑަސަން، އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ބުނެފި އެވެ. 

އުމުރުން 36 އަހަރުގެ ހެންޑަސަންގެ ކެރިއަރުގެ އެންމެ މުހިންމު އަހަރުތައް ހޭަދަކުރީ ލިވަޕޫލްގެ ކެޕްޓަނެއްގެ ގޮތުގަ އެވެ. އެ ގޮތުން، ތިރީސް އަަހަރަށް ފަހު ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރާއި ސާދަ އަހަރަށް ފަހު ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލިއިރު، ކެޕްޓަނަކީ ހެންޑަސަން އެވެ. މީގެ އިތުރުން، ހެންޑަސަން ލީޑަރަކަށް ހުރެ، ލިވަޕޫލުން ޔުއެފާ ސުޕަ ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދި އެވެ. 

ލިވަޕޫލް ދޫކޮށް، 2023 ވަނަ އަހަރު ހެންޑަސަން ފުރަތަމަ ބަދަލުވީ ސައުދީ ޕްރޯ ލީގުގެ އަލް އިއްތިފާގަށެވެ. އޭގެ ފަހުން، ނެދަލެންޑްސްގެ އަޔަކްސް އަށް ވެސް ކުޅުމަށް ފަހު، މިދިޔަ ސީޒަން ފެއްޓުމުގެ ކުރިން، އެނބުރި ޕްރިމިއާ ލީގަށް އައީ ބްރެންޓްފޯޑަށެވެ. މިދިޔަ ސީޒަނުގައި ބްރެންޓްފޯޑަށް 32 މެޗު ކުޅުނު ހެންޑަސަން، އެ ޓީމުގެ އެއްބަސްވުން ނިމުމަކަށް ގެނައީ، ޗެލްސީގެ ހުށަހެޅުމެއް ލިބުމުންނެވެ. ޗެލްސީއާ އެކު، ދެ އަހަރުގެ އެއްބަސްވުމެއްގައި ހެންޑަސަން ވަނީ ސޮއިކޮށްފަ އެވެ. 

Advertisement

ޗެލްސީން މި ފަހުން ކުޅުނު މެޗުތަކުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުުޅުނު ހެންޑަސަން ވަނީ ބޯންމައުތު ކޮޅަށް ދެ ގޯލު ވެސް ޖަހައިފަ އެވެ. އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް، ނަގާ ސްކޮޑުން ހެންޑަސަން އަށް ފުރުސަތު ދޭތީ އިނގިރޭސި މީޑިއާތަކުގެ ފާޑުކިޔުން އަމާޒުވެ އެވެ. 

ހެންޑަސަން ބުނީ، ކުޅުމުގެ ކެރިރިއަރު ކުރިއަށްގެންދާއިރު އަބަދުވެސް އިންގްލެންޑަށް ކުޅުމުގެ ޝައުގު ދެމި އޮންނާނެ ކަމަށެވެ. 

"އިންގްލެންޑަށް ކުޅެން ފުރުސަތު ހޯދޭނީ އަހަރެން ޗެލްސީގައި ވެސް ރަނގަޅު ވަޒީފާއެއް އަދާކޮށް، ރަނގަޅު ކުޅުމެއް ދައްކައިގެން. އަހަރެން މި ވަގުތު ވެސް އެންމެ މަތީ ފަންތީގައި ކުޅެމުން މި އަންނަނީ، އެހެންވީމަ، އިންގްލެންޑަށް ނުކުޅެންވީ ސަަބަބެއް ނެތް،" ހެންޑަސަން ބުންޏެވެ. 

އެންމެ ފަހުން، ޗެލްސީން ޕްރިމިއާ ލީގުގައި ކުޅުނު ތިން މެޗުގައި ވެސް 90 މިިނިޓް ކުޅުނު ހެންޑަސަން ބުނީ، އޭނާގެ ކެރިއަރުގައި އެއްވެސް އިރެއްގައި ބޭރުގެ ތެރެއިން އިވޭ އަޑުތަކަށް ސަމާލުކަމެއް ނުދޭ ކަމަށެެވެ. އަދި، ކޮންމެ މީހެއްގެ ވެސް އަމިއްލަ ވިސްނުމެއް ހުންނާނެ ކަަމަށާއި އެންމެން ގަޔާވާ ގޮތަށް ހުރިހާ ކަމެއް ނުކުރެވޭނެ ކަމަށް ވެސް ހެންޑަސަން ވަނީ ބުނެފަ އެވެ. 

އިންގްލެންޑަށް އެންމެ ފުރަތަމަ 2010 ވަނަ އަހަރު ކުޅުނު ހެންޑަސަން ވަނީ ގައުމީ ޓީމަށް ކުޅެދިން 90 މެޗުން ތިން ލަނޑު ޖަހައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox