ބީއެމްއެލާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ކުޑަކުދިންނާއި ބެލެނިވެރިންނަށް ބާއްވާ މި އަހަރުގެ "ބީއެމްއެލް ވައު ކިޑްސް ރަން" ގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
ހަތަރު އުމުރުފުރާ އަކަށް ބަހާލައިގެން އެއް ކިލޯމީޓަރުން ފެށިގެން ހަތަރު ކިލޯމީޓަރުގެ ދިގުމިނަށް ކުރިއަށް ގެންދާ މި ދުވުން ބާއްވަނީ ހުޅުމާލޭގަ އެވެ. މެއި 13 ވަނަ ދުވަހު މި ދުވުން ފަށާނީ، ހެނދުނު 6:10 ގަ އެވެ.
ކެޓަގަރީތަކާއި ވަގުތު
- ހެނދުނު 6:10 - ހަތަރު ކިލޯމީޓަރުގެ ދުވުން (10-12 އަހަރު ކުދިން)
- ހެނދުނު 6:30 - ތިން ކިލޯމީޓަރުގެ ދުވުން (8-10 އަހަރުގެ އުމުރުފުރާ، ބެލެނިވެރިންނާއެކު)
- ހެނދުނު 6:50 - ދެ ކިލޯމީޓަރުގެ ދުވުން (6-8 އަހަރުގެ އުމުރުފުރާ، ބެލެނިވެރިންނާއެކު)
- ހެނދުނު 7:10 - އެއް ކިލޯމީޓަރުގެ ދުވުން (4-6 އަހަރުގެ އުމުރުފުރާ، ބެލެނިވެރިންނާއެކު)
ހަތަރު ކިލޯމީޓަރު ދުވުމުގައި ބައިވެރިވާން 199ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ. އެހެން ކެޓަގަރީތަކުގައި ބައިވެރިވާން ދައްކަން ޖެހެނީ 299 ރ. އެވެ.
މިދިޔަ އަހަރުގެ ދުވުމުގައިވެސް ހަތަރު އުމުރުފުރާގައި ކުޑަކުދިންނާއެކު 900 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.












