ޖޫނިއާ މުބާރާތުގެ ސަބަބުން ރާއްޖޭގެ ޓީޓީ އަށް އިތުރު ފުރުސަތުތައް ފަހިވާނެ: އައްޔަ

ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ) އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވާހަކަ ދައްކަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ) އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވާހަކަ ދައްކަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އަންނަ މަހު 9-11 އަށް މާލޭގައި ކުރިއަށްގެންދާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ޓީޓީ އަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން (ޓީޓީއޭއެމް)ގެ ރައީސް އަލީ ރަޝީދު (އައްޔަ) ވިދާޅުވެއްޖެ އެވެ.

ސައުތު އޭޝިއާ މުބާރާތް ބޭއްވުމުގެ ތައްޔާރީތަކާ ގުޅޭގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައްޔަ ވިދާޅުވީ ރާއްޖޭގައި ސައުތު އޭޝިއާ މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު ހޯދި މައިގަނޑު ސަބަބަކީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ސަރަހައްދީ ކުޅުންތެރިން ބަލިކޮށް ރާއްޖޭގެ ޓީޓީގެ ކުރިއެރުން ދައްކައިދިނުން ކަމަށެވެ.

ޖޫނިއާ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ ސަރަހައްދީ އެންމެ ބޮޑު މުބާރާތް މާލޭގައި އަންނަ މަހު ބާއްވަން ތައްޔާރުވަމުން އަންނައިރު، މި މުބާރާތުގައި ސަރަހައްދީ ހަ ގައުމަކުން 85 ކުޅުންތެރިން ވާދަކުރާނެ އެވެ. މިއީ 2018 ގައި ބޭއްވި ޖޫނިއާ މުބާރާތަށް ފަހު ބާއްވާ ފުރަތަމަ މުބާރާތެވެ. މުބާރާތުގެ ޖޫނިއާ ކެޓަގަރީގައި ވާދަކުރާނީ 19 އަހަރުން ދަށުގެ ކުޅުންތެރިންނެވެ. އަދި ކެޑޭޓް ކެޓަގަރީގައި ވާދަކުރާނީ 15 އަހަރުން ދަށުގެ ކުޅުންތެރިންނެވެ.

އައްޔަ ވިދާޅުވީ 2019 ގައި އެންމެ ފުރަތަމަ މި މުބާރާތް ބާއްވަން ހަމަޖެހިފައި އޮތީ ބަންގްލަދޭޝްގައި ކަމަށެވެ. ނަމަވެސް އެގައުމަށް މުބާރާތް ބޭއްވޭ ގޮތް ނުވެ ކޮވިޑްގެ ހާލަތު މެދުވެރިވެ މުބާރާތް ފަސްކުރީކަމަށެވެ.

އަައްޔަ ވިދާޅުވީ މިނިސްޓަރު މަހުލޫފުގެ އިސްނެންގެވުމަށް މި މުބާރާތް ބާއްވަން ރާއްޖެ އިން ޝައުގުވެރިކަން ފާޅުކުރުމުން ރާއްޖެ އަށް މި ފުރުސަތު ލިބުމާ އެކު ވީހާވެސް ކުލަގަދަކޮށް މި މުބާރާތް ބާއްވަން ބޭނުންވާ ކަމަށެވެ. ސަބަބަކީ 2019 ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރާއްޖޭގެ ޓީޓީ ކުޅުންތެރިން ހޯދި ކާމިޔާބީ ފާހަގަކުރުމަށް މިފަދަ މުބާރާތެއް ރާއްޖޭގަައި ބޭއްވުމަކީ އެ ކުޅުންތެރިންނަށް ލިބޭނެ ރަނގަޅު ފުރުސަތަކަށް ވާނެތީ އެވެ.

އައްޔަ ވިދާޅުވީ މި މުބާރާތަށް ދުނިޔޭގެ ޓޭބަލް ޓެނިހުގެ ބޮޑެތި ބޭފުޅުން ވަޑައިގަންނަވާނެ ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ޓީޓީ އަށް އާ ދޮރުތަކެއް ހުޅުވޭނެކަމަށް ގަބޫލުކުރައްވާ ކަމަށް އައްޔަ ވިދާޅުވި އެވެ.

"މިނިސްޓަރ މަހުލޫފުގެ ދައުވަތަށް ވޯލްޑް ޓީޓީ ސީއީއޯ ސްޓީވް، އޭޝިއަން ޓީޓީ ރަައީސް ހަލީލް ކޮމަންވެލްތު ޓީޓީ ޔޫނިއަންގެ ޗެއާމަން ކޯލީ. ކުޅުންތެރިންގެ އިތުރުން ދުނިޔޭގެ ޓީޓީގެ އިސްވެރިން ވަޑައިގަތުމަކީ ރާއްޖެއަށް ގިނަ ފުރުސަތުތައް ހުޅުވޭނެ ކަމެއްގެ ގޮތުގައި ދެކެނީ،" އައްޔަ ވިދާޅުވި އެވެ.

މިދިޔަ މަހު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑުގައި ރާއްޖޭގެ އެންމެ މޮޅު ކުޅިވަރު އެސޯސިއޭޝަންގެ އެވޯޑު ހޯދި ޓީޓީއޭއެމްގެ ރައީސް އައްޔަ ވިދާޅުވީ މި ފަހަރުގެ ސައުތު އޭޝިއާ މުބާރާތުގައި ރަނގަޅު ވަނަތަކެއް ލިބޭނެކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. އަދި އެކަން ހާސިލްކުރެވޭނީ ކުޅުންތެރިންނަށް ރަނގަޅު ސަޕޯޓެއް ވެސް ލިބިގެން ކަމަށް އައްޔަ ވަނީ ބުނެފަ އެވެ.

ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސް ޝިއުރީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ނައިބް ރައީސް އިބްރާހިމް ޝީއުރީ ވިދާޅުވީ ބޭރު ގައުމުތަކުގައި މުބާރާތް އޮންނައިރު ސަޕޯޓަރުންގެ އަޑު ގަދަކަމުން ކުޅުންތެރިން ޕްރެޝަރަށް ވެސް ދާ ކަމަށެވެ. އަދި އެ މަންޒަރު އެންމެ ފަހުން ކުރިއަށްދިޔަ އައިއޯއައިޖީ އިން ވެސް ފެނުނު ކަމަށް ޝިއުރީ ވިދާޅުވި އެވެ. އެހެންކަމުން އަމިއްލަ ގައުމުގައި ބާއްވާ މުބާރާތުން އެކަމުގެ ފައިދާ ނެގުން މުހިންމު ކަމަށް ޝިއުރީ ދެކިލައްވަ އެވެ.

"އަޅުގަނޑުމެންނަށް ފެނުނު މޮރީޝަސްގައި އޮތް އައިއޯއައިޖީގައި އެގައުމުގެ ސަޕޯޓަރުން އަޑުގަދަކޮށްލި ވަރު، މުޅި ހޯލް ގުގުމާލާފައި އޮތީ. އޭގެ ސަބަބުން ކުޅުންތެރިން ޕްރެޝަރަށް ވެސް ދިޔަ. މިކަމުގެ ފައިދާ މި ފަހަރު އަހަރުމެންނަށް ނެގޭނެ ކަމަށް ގަބޫލު ކުރަނީ" އައިއޯއައިޖީގައި ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ޝިއުރީ ވިދާޅުވި އެވެ.

ޝިއުރީ ވިދާޅުވީ ރާއްޖޭގެ ޓީޓީ ކުޅުންތެރިން ވޭތުވެދިޔަ ދުވަސްތަކުގައި ހޯދި ކާމިޔާބީތައް ފާހަގަކޮށް އެކުދިންނަށް ހިތްވަރުދޭނެ މިއީ އެންމެ ރަނގަޅު ފުރުސަތެއް ކަމަށެވެ.

"އަޅުގަނޑު ބުނާނީ ޓީމަށް ކުރިން ލިބުނު ކާމިޔާބީގެ އިނާމެއް ގޮތުން ސަޕޯޓް ކޮށްދެއްވާށޭ، ހިތްވަރު ދެއްވާށޭ. މިއީ އޭ ތި ބޭފުޅުންނަށް މި ކުޅުންތެރިންގެ ކުރިއެރުމަށް ކޮށްދެވޭނެ ކަމަކީ. ކުޅުންތެރިން ވީ އެންމެ ރަނގަަޅަކަށް އެ ތައްޔާރުވަނީ މެޗުތަކުން މޮޅުވާން. ސަޕޯޓަރުން އެ އެހީތެރިކަން ދޭނެކަމަށް ގަބޫލުކުރަނީ"

ޝިއުރީ ވިދާޅުވީ މި މުބާރާތަކީ ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންގެ ތެރެއިން ޓީޓީ އަށް ޝައުގުވެރިވާ ކުދިންނަށް ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. ބައިނަލްއަގްވާމީ މެޗުތައް ގާތުން ބަލާލައި ޒުވާން ކުޅުންތެރިން ގައުމަށްޓަކައި ދައްކާ ހިތްވަރު ފެނުމަކީ އެ ކުޅުންތެރިންނަށް ކުޅިވަރުގައި، ވަކިން ހާއްސަކޮށް ޓީޓީގައި ކުރިއަށްދާން ލިބޭނެ އިތުރު ހިތްވަރެއްގެ ގޮތުގައި ޝިއުރީ ސިފަކުރެއްވި އެވެ.

އެހެންކަމުން ސްކޫލްތަކުގެ ކުދިންނާއި ބެލެނިވެރިން ވެސް މެޗުތައް ބަލާލައި ސަޕޯޓްކުރަން އަންނާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ޝިއުރީ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox