އޭޝިއާ ޓޭބަލް ޓެނިސް ޖަމިއްޔާގެ ކައުންސިލް މެމްބަރު ކަމަށް ރާއްޖޭގެ އައްޔަ

އޭޝިއާ ޓޭބަލް ޓެނިސް ޖަމިއްޔާގެ ކައުންސިލް މެމްބަރު ކަމަށް ރާއްޖޭގެ އައްޔަ

އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަން (އޭޓީޓީޔޫ)ގެ ކައުންސިލް މެމްބަރު ކަމަށް ރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ރައީސް، އަލީ ރަޝީދު (އައްޔަ) އިންތިހާބުކޮށްފި އެވެ.

އޭޝިއާގެ ޓީޓީ ރައީސް ކަމަށް ދެ ވަނަ ދައުރަކަށް ގަތަރުގެ ހަލީލް އަލް މުހައްނާދީ އިންތިހާބުވެފައިވަނީ، ކަޒަކްސްތާންގައި މިއަދު ކުރިއަށްދިޔަ، އޭޓީޓީޔޫގެ ޖެނެރަލް އެސެމްބްލީގަ އެވެ. ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް ކަމަށް ތިން ވަނަ ދައުރަކަށް މި އަހަރު އިންތިހާބުވި އައްޔަ، އޭޝިއާގެ ޓީޓީ ޖަމިއްޔާގެ ކައުންސިލް މެމްބަރު ކަމަށް އިންތިހާބުވީ، 2024 އިން 2028 އަށެވެ.

ކަޒަކްސްތާނުގައި ހުރެ، އައްޔަ، "އަދަދު ސްޕޯޓްސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މިއީ، އޭޝިއާގެ ޓީޓީ ޖަމިއްޔާ އިން އެކި ރީޖަންތަކަށް ނަގާ ކައުންސިލް މެމްބަރުތަކުގެ ތެރެއިން، ދެކުނު އޭޝިއާ އިން އިންތިހާބުކުރި މެމްބަރުކަން ރާއްޖެ އަށް ލިބިގެންދިއުމަކީ ބޮޑު ފުރުސަތެއް ކަމަށެވެ.

"މިއީ މި ކަހަލަ މަގާމެއް ރާއްޖެ އަށް ލިބުނު ފުރަަތަމަ ފަހަރު. ދެން، ހަގީގަތުގައި، ރާއްޖެ އަށް މި އޮޕޮޗިއުނިޓީސް އިތުރު ކުރެވޭނެ ކުރިއަށް ވުރެ ބޮޑަށް، އެއީ ކައުންސިލްގައި ހުރެގެން، ދެކުނު އޭޝިއާގެ ފަރާތުން، ބޭނުންވާ ކަންކަން ސީދާ އެގްޒެކްޓިވް ބޯޑަށް ހުށަހެޅޭނެ، އެހެންވީމަ ބޮޑު ފުރުސަތެއް ގޮތަށް ދެކެނީ،" އައްޔަ ވިދާޅުވި އެވެ.

އައްޔަ އަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގެ ވެސް މެމްބަރެކެެވެ

އެންމެ ފުރަތަމަ ރައީސަކަށް އިންތިހާބުވީ، ވާދަވެރިއަކު ނެތި، 2016 ވަނަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ. އެކަމަކު، އެންމެ ފަހުން، 2020 ވަނަ އަހަރު ބޭއްވި އިންތިހާބު ވާދަވެރިކޮށް ދިޔައިރު، އައްޔަ، ވަނީ ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފަ އެވެ. އައްޔަ ދެ ވަނަ ދައުރަކަށް އިންތިހާބުވީ، ބޮޑު ތަފާތަކުން ތޯހާ ސަލީމް ބަލިކޮށެވެ.

ޓީޓީ އެސޯސިއޭޝަން ކަޕުގެ ސިންގަލްސް ޗެމްޕިއަންކަމާއި ގައުމީ މުބާރާތުގެ ޑަބަލްސް އާއި ޓީމް ޗެމްޕިއަންކަން ހޯދާފައިވާ އައްޔަ އަންނަނީ 2006 ވަނަ އަހަރުން ކުޅުމުން ރިޓާޔަކުރި ފަހުން، އެސޯސިއޭޝަނަށް އެކި ގޮތްގޮތުން ހިދުމަތް ކުރަމުންނެވެ. އެ ގޮތުން، 2006 އިން 2008 އަށް އެސޯސިއޭޝަންގެ އިދާރީ މަސައްކަތްތައް ކުރިއިރު، 2008 ވަނަ އަހަރުން ފެށިގެން އޭނާ އަކީ ޓީޓީގެ ނައިބް ރައީސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox