ތާރީހީ ކާމިޔާބާ އެކު ޓީޓީގެ ފޯކަސް ވަރުގަދަކޮށް ކުރިއަށް

ޓީޓީ އެސޯސިއޭޝަންގެ ރައީސް އައްޔަ: ކުރިއަށް އޮތް ދެ މުބާރާތަށް ވަރުގަދަ އަށް ތައްޔާރުވާނެ ކަމަށް ވަނީ ވިދާޅުވެފައި،.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ޓީޓީ އެސޯސިއޭޝަންގެ ރައީސް އައްޔަ: ކުރިއަށް އޮތް ދެ މުބާރާތަށް ވަރުގަދަ އަށް ތައްޔާރުވާނެ ކަމަށް ވަނީ ވިދާޅުވެފައި،.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ނޭޕާލުގައި ކުރިއަށްދިޔަ ޓޭބަލް ޓެނިސް ވޯލްޑް ޗެމްޕިއަންޝިޕް 2026 ގެ ސައުތު އޭޝިއަން ކޮލިފިކޭޝަން މުބާރާތުން ލިބިގެންދިޔަ ކާމިޔާބާ އެކު، ކަންކަން ރަނގަޅުކޮށް ވަރުގަދަ އަށް ކުރިއަށްދިއުމަށް މަސައްކަތް ކުރާނެ ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ރައީސް އަލީ ރަޝީދު (އައްޔަ) ވިދާޅުވެއްޖެ އެވެ.

މި ފަހަރުގެ ކޮލިފިކޭޝަނުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރީ، އިންޑިއާ، ބަންގްލަަދޭޝް، ސްރީ ލަންކާ އަދި މުބާރާތް ބޭއްވި ގައުމު ނޭޕާލް އެވެ. މި މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމުން ވަނީ ސްރީ ލަންކާގެ މައްޗަށް 3-1 ގޭމުން ކުރިހޯދައިފަ އެވެ. މީގެ އިތުރުން، ބަންގްލަދޭޝްގެ މައްޗަށް ރާއްޖެއިން ކުރިހޯދީ ވެސް 3-1 ގޭމުންނެވެ. އެކަމަކު، އިންޑިއާ އަދި ނޭޕާލް އަތުން ރާއްޖެ ވަނީ 3-0 ގޭމުން ބަލިވެފަ އެވެ.

މީގެ އިތުރުން، ރާއްޖޭގެ ފިރިހެން ޓީމުން ވަނީ ފުރަތަމަ ފަހަރަށް ދެކުނު އޭޝިއާ މުބާރާތުން ލޯ މެޑަލާ އެކު، ތާރީހީ ކާމިޔާބެއް ހޯދައިފަ އެވެ.

ފިރިހެން ޓީމުން ކުލުނު މެޗުތަކުގެ ތެރެއިން އެ ޓީމުން ވަނީ ސްރީ ލަންކާގެ މައްޗަށް 3-1 ގޭމުން ކުރިހޯދައިފަ އެވެ. އެކަމަކު، އިންޑިއާ އަތުން ސީދާ ތިން ގޭމުން ބަލިވިއިރު، ބަންގްލަދޭޝްގެ މައްޗަށް 3-2 ގޭމުން ވަނީ ކުރިހޯދައިފަ އެވެ. މިއީ، ގައުމީ ފިރިހެން ޓީމުން ބަންގްލަދޭޝް އާއި ސްރީ ލަންކާ ބަލިކުރި ފުރަތަމަ ފަހަރެވެ.

ޓީޓީ އެސޯސިއޭޝަންގެ ރައީސް، އައްޔަ، "އަދަދު ސްޕޯޓްސް" އަށް ވިދާޅުވީ، ތާރީހީ ކާމިޔާބެއް ހޯދި ފިރިހެން ޓީމުގެ ކާމިޔާބީ ވަރަށް ހާއްސަ ކަމަށެވެ.

"ރޭންކިން މި ކުޅުނީ މުބާރާތް ގޮތަށް، ޗެމްޕިއަންޝިޕެއްގެ ގޮތަށް، އޭގެ ނަމްބަރު ވަން މި ހޮވީ، މީގެ ކާމިޔާބީ އަކީ، އަދި ފިރިހެން ޓީމެއް ނެތް (ގިނަ ޓީމުތައް އަތުން) މޮޅުވެފައި، ލަންކާ ފިރިހެން ނެޝަނަލް ޓީމާއި ބަންގްލަދޭޝްގެ ފިރިހެން ޓީމު އެ ބަލިކުރެވުނީ އަލަށް، އެއީ، އަހަރެމެންނަށް މީގެ ބޮޑު ކާމިޔާބަކީ، ޖުމްލަކޮށް ބަލާއިރު ޕާފޯމަންސް ވެސް ފިރިހެން ކުޅުންތެރިންގެ ރަނގަޅު،" ދެ ވަނަ ދައުރަކަށް ޓީޓީ ރައީސްކަން ކުރައްވަމުން އަންނަ އައްޔަ ވިދާޅުވި އެވެ.

"ޓާގެޓް ފުލްފިލްއެއް (ހާސިލެއް) ނޫން އަސްލު، އެއީ، މިސާލަކަށް އިންޑިއާ ނަގާފައި ދެ ވަނަ އަށް (ޓާގެޓްކުރީ). ވީ ގޮތަކީ، ނޭޕާލްގައި ކުޅެފައި ނޭޕާލް ޓީމު އަތުން ބަލިވުން މައްސަލަ އަކީ،"

ގައުމީ ޓީޓީ ޓީމުގެ ކޯޗު، މަހުދީ ހޮޝްމަރަމް، ކޮލިފިކޭޝަނާ ބެހޭގޮތުން ބުނެފައިވަނީ، ދެން ވާދަކުރި ގައުމުތަކުގައި ހިމެނޭ ކުޅުންތެރިންނަކީ ވަރަށް ބުރަކޮށް ފަރިތަކޮށް، ތައްޔާރުވާ ޓީމުތަކެއް ކަމަަށެވެ. ހަމަ އެ ގޮތަށް ރާއްޖޭގެ ކުޅުންތެރިން ވެސް ޓްރެއިނިން ރަނގަޅުކޮށް، ކުރިޔަށް އޮތް ދެ މުބާރާތް، އޭޝިއަން ޗެމްޕިއަންޝިޕް އާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އަށް ތައްޔާރުވުމަށް މިހާރުން ފެށިގެން ކަންކަން ރަނގަޅުކުރާނެ ކަމަށް މަހުދީ ވަނީ ބުނެފަ އެވެ.

ކޯޗު މަހުދީ އަލިއަޅުވާލި ކަންކަމަށް ބަލައި، އައްޔަ ވިދާޅުވީ، މި ފަހަރު ބައެއް ކުޅުންތެރިން ޕްރެކްޓިހުގައި ދަށްކޮށް ދިއުމުން އޭގެ އަސަރު ކުޅުމަށް ކުރި ކަމަށެވެ.

"އަނެއްހެން ބުނަންޏާ ޕްރެކްޓިސް ކަންތައްތަކުގައި ވެސް ޝައްފާން އާއި މުންސިފް އައި، ދެން، ތިބި ކުޅުންތެރިން ތަންކޮޅެއް ދަށްކޮށްދިޔައީ، ދެން އެ ކަހަލަ ކަންކަން ދިޔަ، ކޯޗު ވެސް އެކަންކަމާ ޖުމްލަކޮށް ހިތްހަމައެއް ނުޖެހޭ. ބަލިވެގެން އުޅުމާއި އެ ކަހަލަ ކަންކަން މި އައީ ކުޅުންތެރިންގެ،" ދިމާވި މައްސަލަތަކަށް އިޝާރާތްކޮށް އައްޔަ ވިދާޅުވި އެވެ.

ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމު އައީ ފަހަރަކަށް ވުރެ ފަހަރެއް ކުރިއަށެވެ. އެކަމަކު، މި ފަހަރުގެ ކޮލިފިކޭޝަނުގައި، އެކަށީގެންވާ ކުރިއެރުމެއް ނުލިބުމުގައި ސަބަބުތަކެއް އެބަހުރިކަން އައްޔަ ވަނީ ފާހަގަކޮށްފަ އެވެ.

ގައުމީ ޓީޓީ ޓީމުގެ ތަރި، ފާތިމަތު ދީމާ އަލީ ވެސް ވަނީ އޯލެވެލް އަހަރު ކަމަށްވެފައި، ބަލިވެ އުޅުމުން ޕްރެކްޓިސްތަަކަކަށް ނާދެވިފައިވާ ކަމަށް ބުނެފަ އެވެ.

"އަންހެން ޓީމު ކުރިއަށް ވުރެ ދަށްވެފައި މި އިނީ ޓްރެއިނިން އަށް ނާންނާތީވެ ކުޅުންތެރިން، ރަފާ ވެސް ޔޫކޭގައި އެމްބީބީއެސް ހަދަނީ، ހަދާއިރު، ސީރިއަސް ޕްރެކްޓިހެއް ނުކުރެވޭނެތާ، ވީކެންޑްގައި ފްރީ ދުވަސް ދުވަހު ކުޅެލަނީ، ދެން، ރަފާ، ސަމާ ބްރޭކުގައި އައިސްފައި، ޓީމަށް އެ އެެރީ ރޭންކިންގައި، ދީމާ ފިޔަވައި ދެން ހުރި ހުރިހާ ކުޅުންތެރިން ބަލިކޮށްފައި ޓީމަށް އެރީ،" އައްޔަ ވިދާޅުވި އެވެ.

"އަނެއްހެން ބަލަންޏާ ރަފާ އެ ގޮތަށް، ރަނގަޅު، ދީމާ އަށް ވެސް ޓްރެއިނިންގައި ދަށްކޮށް ދިޔައީ، އޯ ލެވަލް އަހަރު ވެސް ވީމައާ އެކު، އެހެންވީމަ މި ސަބަބުތަކާ ބަލާފައި ކުރިއަށް ވުރެ އަންހެން ޓީމު ޕާފޯމަންސް ދަށް ކުރިއަށް ވުރެން، މަސައްކަތް ކުރަން އެބަޖެހޭ،"

ގައުމީ ޓީޓީ ޓީމުން ދެން ތައްޔާރުވަނީ، އޮކްޓޫބަރު މަހު އިންޑިއާގައި އޮތް އޭޝިއަން ޗެމްޕިއަންޝިޕް އާއި ނޮވެމްބަރު މަހު ސައުދީ އަރަބިއްޔާގައި އޮތް އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އަށެވެ. އޭޝިއާ މުބާރާތުގައި، މި ބައްރުގެ ވަރުގަދަ ހުރިހާ ގައުމެއް ކުޅޭއިރު، ކުރިއެރުން ހޯދުމަށް ރޭންކިން ލެވަލްގައި ވެސް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް އައްޔަ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox