ޓީޓީ ރައީސަކަށް އިތުރު ދައުރަކަށް ކުރިމަތިލައްވަން އައްޔަ ނިންމަވައިފި

ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ).-- ފޮޓޯ: އަދަދު

ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ).-- ފޮޓޯ: އަދަދު

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ރައީސްގެ މަގާމަށް ތިން ވަނަ ދައުރަކަށް ކުރިމަތިލައްވަން އެ އެސޯސިއޭޝަންގެ މިހާރުގެ ރައީސް، އަލީ ރަޝީދު (އައްޔަ) ނިންމަަވައިފި އެވެ.

ޓީޓީ އެސޯސިއޭޝަން ކަޕުގެ ސިންގަލްސް ޗެމްޕިއަންކަމާއި ގައުމީ މުބާރާތުގެ ޑަބަލްސް އާއި ޓީމް ޗެމްޕިއަންކަން ހޯދާފައިވާ އައްޔަ އަންނަނީ 2006 ވަނަ އަހަރުން ކުޅުމުން ރިޓާޔަކުރި ފަހުން، އެސޯސިއޭޝަނަށް އެކި ގޮތްގޮތުން ހިދުމަތް ކުރަމުންނެވެ.

އެ ގޮތުން، 2006 އިން 2008 އަށް އެސޯސިއޭޝަންގެ އިދާރީ މަސައްކަތްތައް ކުރިއިރު، 2008 ވަނަ އަހަރުން ފެށިގެން އޭނާ އަކީ ޓީޓީގެ ނައިބް ރައީސް އެވެ. އަދި އެންމެ ފުރަތަމަ ރައީސަކަށް އިންތިހާބުވީ، ވާދަވެރިއަކު ނެތި، 2016 ވަނަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ.

އެކަމަކު، އެންމެ ފަހުން، 2020 ވަނަ އަހަރު ބޭއްވި އިންތިހާބު ވާދަވެރިކޮށް ދިޔައިރު، އައްޔަ، ވަނީ ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފަ އެވެ.

މި އަހަރު ޓީޓީ އެސޯސިއޭޝަންގެ އިންތިހާބު އޮންނައިރު، "އަދަދު" އަށް އައްޔަ ވިދާޅުވީ، މިދިިޔަ ދައުރަށް ކަނޑައެޅި ގިނަ ކަންކަމާއި ހީނުކުރާ ބޮޑެތި ކަންކަން ހާސިލްވެފައިވުމުން، އިތުރު ދައުރަކަށް ކުރިމަތިލައްވަން ނިންމާފައިވާ ކަމަށެވެ.

"ހީނުކުރާ ކަހަލަ ކަންކަންވެސް ހާސިލްވެފައި އެބަހުރި. މިސާލަަކަށް އޮލިމްޕިކަށް ކޮލިފައިވުމާ މި ކަހަލަ ކަންކަން ވެސް. އައިއޯއައިޖީގެ މެޑަލްތައް ވެސް ދިފާއުކުރެވުނު. މެޑަލްތަކަށް ބަލާއިރު، މިދިޔަ ހަަަތަރު އަހަރު ތެރޭ، ހަތަރު ރަން މެޑަލް، އަށް ރިހި މެޑަލް، ދެން 13 ލޯ މެޑަލް، މި ތަނުން އެއް ލޯ މެޑަލް ވަރަށް ހާއްސަ، އެއީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ކަހަލަ ބޮޑު މުބާރާތެއްގައި ލިބުނީމަ،" އައްޔަ ވިދާޅުވި އެވެ.

"ދެން، ޓެކްނިކަލް ސައިޑުން ބަލަންޏާ، އަހަރެމެންގެ އަމްޕަޔަރު ޔާމީނަށް ބްލޫ ބެޖް ލިބުން، މިއީ، އިންޑިއާ ފިޔަވައި މި ސަރަހައްދުން ބްލޫ ބެޖެއް ލިބުނު ފުރަަތަމަ ގައުމު،"

ރާއްޖޭގެ ކުޅިވަރުގައި މިދިޔަ އަށް ވަރަކަށް އަހަރަށް ބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދި ކުޅިވަރަކީ ޓީޓީ އެވެ. ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖޭގެ މެޑަލް ޖުމްލައިގެ ބޮޑު ހިއްސާއެއް ގުޅިފައި އޮތީ ޓީޓީއާ އެވެ.

ޓީޓީގެ ކުރިިއެރުމުގެ ދުވެލި ހުއްޓުނަނުދީ އިތުރަށް ފުޅާކުރުމުގެ ޒިންމާއާ ހަވާލުވެހުރި އެސޯސިއޭޝަނުން އެކަން ކުރަން މުހިންމު ނިންމުންތަކެއް ވެސް ނިންމި އެވެ.

"އިތުރު ފެސިލިޓީސްތަކަށް ބަލަންޏާ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ހުޅުމާލޭގައި ކުޅޭތަނެއް ހެދުނު، ފުވައްމުލަކުގައި ވެސް ތަނެއް ހެދުނު. އަނެއްހެން ބަލަންޏާ، ޑިވެލޮޕްމަންޓަށް ބަލައިފިއްޔާ، އެކެޑަމީސްތަކަށް މި ދެނީ ހޯލު ވެސް ހިލޭ ކުޅެން، ޕްރެކްޓިސް، މިއީ ރާއްޖޭގެ އެހެން ކުޅިވަރުތަކުން އަނެއްހެން ކޮށް ނުދޭ ކަމެއް،" އައްޔަ ވިދާޅުވި އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އިން އެންމެ ފުރަތަމަ ހޮވި އެންމެ މޮޅު އެސޯސިއޭޝަންގެ މަގާމު ޓީޓީ އެސޯސިއޭޝަނަށް ލިބުނުއިރު، އައްޔަ ވިދާޅުވީ މިއީ ވެސް ގުޅިގެން ޓީމެއްގެ ގޮތުގައި އެސޯސިއޭޝަނުން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.

"އަނެއްހެން ބަލަންޏާ މިހާރު މިއޮތް ހިންގާ ކޮމިޓީގެ ޓީމު ނިކުންނަ ގޮތަށް ހަމަ. މައިގަނޑު އެހީތެރިކަމެއް މި އިންނަނީ، ސްޕޯޓްސް މިނިސްޓްރީ އާއި އޮލިމްޕިކް ކޮމިޓީ، ދެން، ޗައިނާ އެމްބަސީ އާއި ސައުދީ އެމްބަސީ،" އައްޔަ ވިދާޅުވި އެވެ.

ޓީޓީ އެސޯސިއޭޝަންގެ އިންތިހާބު އަންނަ އޮގަސްޓްގެ ނިޔަލަށް ބާއްވަން ޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox