ޓީޓީ ރައީސަކަށް ތިން ވަނަ ދައުރަކަށް އައްޔަ އިންތިހާބުވެވަޑައިގެންފި

Jul 10, 2024, 2:45 PM
ޓީޓީ ރައީސަކަށް ތިން ވަނަ ދައުރަކަށް އައްޔަ އިންތިހާބުވެވަޑައިގެންފި

ޓޭބަލް ޓެނިސް އެސޯސިއޭޝަން (ޓީޓީއޭއެމް)ގެ ރައީސްގެ މަގާމަށް ތިން ވަނަ ދައުރަކަށް އަލީ ރަޝީދު (އައްޔަ) އިންތިހާބުވެވަޑައިގެންފި އެވެ.

މިއަދު ކުރިއަށްދިޔަ އިންތިހާބީ ކޮންގްރެސްގައި ވާދަކުރެއްވީ އައްޔަ އެކަނި ކަމަށްވާތީ، ކުރިއަށްދިޔައީ ފެންނަ ނުފެންނަ ވޯޓެކެވެ.

އެންމެ ފުރަތަމަ ރައީސަކަށް އިންތިހާބުވީ، ވާދަވެރިއަކު ނެތި، 2016 ވަނަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ. އެކަމަކު، އެންމެ ފަހުން، 2020 ވަނަ އަހަރު ބޭއްވި އިންތިހާބު ވާދަވެރިކޮށް ދިޔައިރު، އައްޔަ، ވަނީ ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފަ އެވެ. އައްޔަ ދެ ވަނަ ދައުރަކަށް އިންތިހާބުވީ، ބޮޑު ތަފާތަކުން ތޯހާ ސަލީމް ބަލިކޮށެވެ.

ޓީޓީ އެސޯސިއޭޝަން ކަޕުގެ ސިންގަލްސް ޗެމްޕިއަންކަމާއި ގައުމީ މުބާރާތުގެ ޑަބަލްސް އާއި ޓީމް ޗެމްޕިއަންކަން ހޯދާފައިވާ އައްޔަ އަންނަނީ 2006 ވަނަ އަހަރުން ކުޅުމުން ރިޓާޔަކުރި ފަހުން، އެސޯސިއޭޝަނަށް އެކި ގޮތްގޮތުން ހިދުމަތް ކުރަމުންނެވެ. އެ ގޮތުން، 2006 އިން 2008 އަށް އެސޯސިއޭޝަންގެ އިދާރީ މަސައްކަތްތައް ކުރިއިރު، 2008 ވަނަ އަހަރުން ފެށިގެން އޭނާ އަކީ ޓީޓީގެ ނައިބް ރައީސް އެވެ.

އައްޔަ އަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގެ ވެސް މެމްބަރެކެެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އިން އެންމެ ފުރަތަމަ ހޮވި އެންމެ މޮޅު އެސޯސިއޭޝަންގެ މަގާމު ޓީޓީ އެސޯސިއޭޝަނަށް ލިބުނުއިރު، މިދިޔަ އަށް ވަރަކަށް އަހަރަށް ބަލާއިރު، ކާމިޔާބީގެ ގޮތުން ޓީޓީ އޮތީ އެންމެ މަތީ ފަނޑީގަ އެވެ.

އައްޔަ، މީގެ ކުރިން، "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ވަނީ މިދިޔަ ދައުރަށް ޓާގެޓްކުރި ގިނަ ކަންތައްތަކެއް ހާސިލްވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެ ގޮތުން، މިދިޔަ ހަަަތަރު އަހަރު ތެރޭ، ހަތަރު ރަން މެޑަލް، އަށް ރިހި މެޑަލް، ދެން 13 ލޯ މެޑަލް ލިބުނުކަން އައްޔަ ފާހަގަކުރެއްވި އެވެ.

މިއަދު އިންތިހާބުކުރި ޓީޓީ އެސޯސިއޭޝަންގެ އެހެން މަގާމުތަކަށް ބަލާއިރު، ނައިބު ރައީސްގެ މަގާމަށް އިންތިހާބުވީ ދާދި ފަހުން، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރި ޝިއުރީ އެވެ. ކުރީގެ ކުުޅުންތެރިޔާ، ޝިއުރީ އަކީ މިދިޔަ ދައުރުގެ ވެސް ނައިބު ރައީސް އެވެ.

އެހެން މަގާމުތަކަށް ބަލާއިރު، ހަޒާންދާރަކަށް އަހުމަދު ޝާޒިލް، ހިންގާ ކޮމިޓީގައި ފުރިހަމަ މެމްބަރުން ތަމްސީލްކުރާ އަންހެން މެމްބަރަކަށް އައިޝަތު ފަދުވާ ރަޝީދު، ހިންގާ ކޮމިޓީގައި ފުރިހަމަ މެމްބަރުން ތަމްސީލްކުރާ ފިރިހެން މެމްބަރަކަށް، އަމްޕަޔަރު، އައްޒާމް އިބްރާހިމް، ހިންގާ ކޮމިޓީގައި ކްލަބް ޖަމިއްޔާތައް ތަމްސީލްކުރާ މެމްބަރު ކަމަށް ޖާދުﷲ ހަސަން އަދި ހިންގާ ކޮމިޓީގައި އެސޯސިއޭޓް މެމްބަރުން ތަމްސީލްކުރާ މެމްބަރު ކަމަށް އިސްމާއިލް ސުޖާއު ވަނީ އިންތިހާބުވެފަ އެެވެ.

ރާއްޖޭގެ ތިން އެސޯސިއޭޝަނަކުން މި އަަހަރު ބޭއްވި އިންތިހާބުތަކުގައި، މަގާމުުތަކަށް އެންމެ ފަރާތަކުން ކުރިމަތިލާފައިވާތީ، ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ. އެއީ، ސްވިިމިން އެސޯސިއޭޝަނާއި އެތުލެޓިކްސް އެސޯސިއޭޝަން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox