ޓީޓީ ރައީސަކަށް ކުރިމަތިލެއްވީ އައްޔަ އެކަނި

Jun 14, 2024, 4:06 PM
ޓީޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އައްޔަ ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ޓީޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އައްޔަ ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

އަންނަ މަހު ބާއްވަން ނިންމާފައިވާ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބުގައި ވާދަކުރަން ހުޅުވާލި ފުރުސަތު ހަމަވިއިރު، ރައީސަކަށް ކުރިމަތިލެއްވީ މިހާރު ވެސް އެ މަގާމުގައި ހުންނެވި، އަލީ ރަޝީދު (އައްޔަ) އެކަނި ކަމަށް ޓީޓީ އެސޯސިއޭޝަނުން ހާމަކޮށްފިއެވެ.

ޓީޓީ އެސޯސިއޭޝަންގެ އިންތިހާބު އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވަން މި މަހު ދެ ވަނަ ދުވަހު ބޭއްވި ޓީޓީ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ޖަލްސާގައި ނިންމިއިރު، އިއްޔެގެ 14:00 ގެ ނިޔަލަށް ވަނީ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފަ އެވެ.

އެ ގޮތުން މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަނޑު ހަމަވިއިރު، ކޮންމެ މަގާމަކަށް ވެސް ކުރިމަތިލާފައިވަނީ އެންމެ ފަރާތެކެެވެ. މި އަހަރު މިހާތަނަށް ބޭއްވި ސްވިމިން އެސޯސިއޭޝަން އާއި އެތުލެޓިކްސް އެސޯސިއޭޝަންގެ އިންތިހާބުގައި ވެސް ކޮންމެ މަގާމަކަށް ކުރިމަތިލެއްވީ އެއް ފަރާތް ކަމަށްވާތީ ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ.

އެ ގޮތުން، ޓީޓީ ރައީސް ކަމަށް އައްޔަ ވަނީ ތިން ވަނަ ދައުރަކަށް ކުރިމަތިލައްވައިފަ އެވެ. ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެއްވީ، މިހާރު ވެސް އެ މަގާމުގައި ހުންނެވި، އިބްރާހިމް ޝިއުރީ އެވެ. ޝިއުރީ ދާދި ފަހުން ވަނީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކޮށްފަ އެވެ.

ޓީޓީ އެސޯސިއޭޝަންގެ އިންތިހާބުގައި އެހެން މަގާމުތަކަށް ކުރިމަތިލެއްވި ފަރާތްތަކަށް ބަލާއިރު، ހަޒާންދާރަކަށް އަހުމަދު ޝާޒިލް، ހިންގާ ކޮމިޓީގައި ފުރިހަމަ މެމްބަރުން ތަމްސީލްކުރާ އަންހެން މެމްބަރަކަށް އައިޝަތު ފަދުވާ ރަޝީދު، ހިންގާ ކޮމިޓީގައި ފުރިހަމަ މެމްބަރުން ތަމްސީލްކުރާ ފިރިހެން މެމްބަރަކަށް، އަމްޕަޔަރު، އައްޒާމް އިބްރާހިމް، ހިންގާ ކޮމިޓީގައި ކްލަބް ޖަމިއްޔާތައް ތަމްސީލްކުރާ މެމްބަރު ކަމަށް ޖާދުﷲ ހަސަން އަދި ހިންގާ ކޮމިޓީގައި އެސޯސިއޭޓް މެމްބަރުން ތަމްސީލްކުރާ މެމްބަރު ކަމަށް އިސްމާއިލް ސުޖާއު އެވެ.

މި އަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭގެ ޗެފް ޑި މިޝަނަރަކަށް ހަމަޖައްސާފައިވާ އައްޔަ އަކީ 2006 އިން 2008 އަށް އެސޯސިއޭޝަންގެ އިދާރީ މަސައްކަތްތައް ކުރިއިރު، 2008 ވަނަ އަހަރުން ފެށިގެން ޓީޓީގެ ނައިބް ރައީސް އެވެ. އަދި އެންމެ ފުރަތަމަ ރައީސަކަށް އިންތިހާބުވީ، ވާދަވެރިއަކު ނެތި، 2016 ވަނަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ. އެކަމަކު، އެންމެ ފަހުން، 2020 ވަނަ އަހަރު ބޭއްވި އިންތިހާބު ވާދަވެރިކޮށް ދިޔައިރު، އައްޔަ، ވަނީ ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox