އަންހެނުންގެ ވަގުފާރި ހިންގާ ހަށިވިއްކުވި ދެ ބިދޭސީއަކު 15 އަހަރަށް ޖަލަށް

އަންހެނުންގެ ވަގުފާރި ހިންގާ ހަށިވިއްކުވި ދެ ބިދޭސީއަކު 15 އަހަރަށް ޖަލަށް

ރާއްޖެއަށް މީހުން ޓްރެފިކްކޮށް އެ މީހުން ލައްވާ ހަށި ވިއްކަމުން ދިޔަ ދެ ބިދޭސީއަކު 15 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ބުދަ ދުވަހު ހުކުމް ކުރީ ބަންގްލަދޭޝްގެ މޮނީރު އަދި ސިއްދީކް ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ.

މޮނީރުގެ މައްޗަށް ދެ ދައުވާއެއް ދައުލަތުން އުފުލާފައިވެ އެވެ. އެއީ މީހުން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އަދި ރާއްޖޭގައި މީހަކު ލައްވާ ހަށި ވިއްކުމުގެ ކުށުގެ ދައުވާ އެވެ.

Advertisement

މީހުން ޓްރެފިކް ކުރުމުގެ ދައުވާއަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. ހަށި ވިއްކުމުގެ ދައުވާއަށް ވެސް 15 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ.

މީގެ ދެ އަހަރު ކުރިން 2019 ވަނަ އަހަރު ހައްޔަރުކުރި މޮނީރު ޖަލުގައި އޮންނަތާ ދެ އަހަރާއި 10 މަހާއި ދުވަސްވަރެއް ހޭދަކޮށްފައިވާތީ ޖަލު ހުކުމުން ތަންފީޒު ކުރަން ޖެހެނީ އެ މުއްދަތު އުނި ކުރުމަށް ފަހު އެވެ.

ސިއްދީކުގެ މައްޗަށް ވެސް ދެ ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ރާއްޖޭގައި މީހަކު ލައްވާ ހަށި ވިއްކުމުގައި ބައިވެރިވުމުގެ ދައުވާއާއި، މީހުން ޓްރެފިކް ކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމުގެ ދައުވާ އެވެ.

ހަށި ވިއްކުމުގައި ބައިވެރިވުމުގެ ދައުވާއަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އަދި މީހުން ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ދައުވާއަށް ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ.

ސިއްދީކުގެ ވެސް ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފައިވާތާ ދެ އަހަރާއި 10 މަހާއި ދުވަސްވަރެއް ހިނގާފައިވާތީވެ، ޖަލު ހުކުމުން ތަންފީޒު ކުރަން ޖެހެނީ އެ މުއްދަތު އުނި ކުރުމަށް ފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox