"އިންޑިއާ އައުޓް" ހުއްޓުވަން ރައީސް ނެރުއްވި ގަރާރު ބާތިލުކުރަން އިދިކޮޅުން ކޯޓަށް ދަނީ

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް އަބްދުﷲ ވާހަކަދައްކަވަނީ. އިދިކޮޅުން ވަނީ ސަރުކާރުން ރާއްޖޭގައި ނަސްލީ ތަފާތުކުރުން އުފައްދަން އުޅޭކަމަށް މިއަދު ތުހުމަތުކޮށްފައި --- ފޮޓޯ: ޕީޕީއެމް.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް އަބްދުﷲ ވާހަކަދައްކަވަނީ. އިދިކޮޅުން ވަނީ ސަރުކާރުން ރާއްޖޭގައި ނަސްލީ ތަފާތުކުރުން އުފައްދަން އުޅޭކަމަށް މިއަދު ތުހުމަތުކޮށްފައި --- ފޮޓޯ: ޕީޕީއެމް.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ތަންފީޒީ އިދާރާތަކަށް އަންގަވައި ނެރުއްވި ގަރާރަކީ ޣައިރު ގާނޫނީ އަމުރެއް ކަމަށާއި އެ ގަރާރު ބާތިލުކުރުމަށްޓަކައި މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފި އެވެ.

ރައީސް ސޯލިހު މިއަދު ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ތިބުމާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ކުރިޔަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން އިދާރާތަކަށް އަންގައި ގަރާރެއް ނެރުއްވާފަ އެވެ. އެއާއެކު ފުލުހުން މިއަދު ވަނީ ކޯޓު އަމުރެއްގެ ދަށުން މާލޭގެ އެކި އިމާރާތްތަކުގައި ދަމާފައި ހުރި "އިންޑިއާ އައުޓް" ބެނާތަކެއް މިއަދު ނަގައިފަ އެވެ.

އެކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޯލިޝަނުގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވީ ރައީސްގެ އެ ގަރާރަކީ ޣައިރު ގާނޫނީ އަމުރެއް ކަމަށާއި އަދި އެއީ ރައްޔިތުންނާ ދެކޮޅަށް ނެރުއްވި ގަރާރެއް ކަމަށެވެ. އަދި، އެ ގަރާރު ބާތިލުކުރަން ކޯޓަށް ދާން އިދިކޮޅުން ގަސްދުކުރާ ކަމަށް އޭނާ ވިދާޅުވި އެެވެ.

"އެއީ ކަނޑައެޅިގެން ދިވެހި ރައްޔިތުުންނާ ދެކޮޅަށް ނެރުއްވި ގަރާރެއް. އެއީ ގާނޫނުއަސާސީއާ ގާނޫނުތަކާ ހިލާފް ގަރާރެއް. އަޅުގަނޑުމެން މިހާރުން މިހާރަށް މި މަސައްކަތްކުރަނީ އެ ގަރާރު ހިފައިގެން ކޯޓަށް ދާން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"އިންޑިއާ އައުޓް" ހަރަކާތް ގަރާރަކުން ނުހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، އިތުރު ތަންތަނުން ވެސް ބެނާތައް ކުރިޔަށް އޮތްތަނުގައި ފެނިގެންދާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް އަބްދުއްރަހީމް ވިދާޅުވީ މިއަދު ފުލުހުން ބެނާތައް ނަގަން ގޭގެޔަށް ވަނީ ބަލާފާސްކުރުމުގެ އަމުރެއްގެ ދަށުން ކަމަށެވެ. އެ އަމުރުގައި ބެނަތައް ނެގުމާއި ގުޅޭ އެއްވެސް ވާހަކައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވަނީ އިންޑިއާއާ ދެކޮޅަށް ޝުއޫރު ފާޅުކުރުމުން ރައީސް އެވަރުގެ ގަރާރެއް ނެރުއްވުމުން، ރާއްޖެއަށް އިންޑިއާއިން ބާރުފޯރުވާ މިންވަރު ސާފުކޮށް ފެނިގެންދާކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންނަށް ނޭނގެ އަޅުގަނޑުމެން މިތިބީ ކިހާހިސާބެއްގަ ކަމެއް. އަޅުގަނޑުމެންގެ މައްޗަށް ބާރު ހިންގަނީ ކޮން ބައެއް ކަމެއް. ބައްލަވާ އިންޑިއާ ބެނާއެއް ދަމާލީމަ ގައުމުގެ ރައީސުލްޖުމްހޫރިއްޔާ ދެފައި ތުރުތުރު އަޅައިގެނެގެން ނުހުރެވިގެން ގޮސް ގަރާރު ނެރޭ ހިސާބަށް ދިޔައިމަ މިއީ ތަންކޮޅެއް ބޮޑުވަރު،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު ފުލުހުން ވެސް އަމަލުކުރީ ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށެވެ. އަދި، އިސްލާމްދިނާ ހިލާފް ނުވާހިނދެއްގައި އަމިއްލަ ގެޔެއްގައި ކޮންމެ ފަދަ ޝިއާރެއް ވެސް ފާޅުކޮށް އާންމުންނަށް ފެންނަހެން ބެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަންކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް މިއަދު މި ފެނިގެންދިޔައީ ބޭރު ގައުމެއްގެ ކުރިމަތީގަ ދިވެހިރާއްޖޭގެ ގަދަރާއި އިއްޒަތް ދިވެހި ފުލުހުން މެދުވެރިކޮށްގެން ދިވެހި ސަރުކާރުން ވެއްޔާއި މޮޑެލިތަން،" އަބްދުއްރަހީމް ސަރުކާރަށް ފާޑުވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އިދިކޮޅި ކޯލިޝަނަށް މުހިންމީ ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަން ކަމަށެވެ. އެހެން ގައުމެއް މިނިވަންކަން ރާއްޖެއަށް މުހިންމު ނުވާހިނދު، އިންޑިއާގެ އަޅުވެތިކަމަށް ރާއްޖެ ގޮސްފައިވާ މިންވަރު ފުލުހުން އެ ބެނާތައް ނެގުމުން ހާމަވާކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުން ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި އޮތް ރާއްޖެއަށް އިންޑިއާގެ "ނުރައްކާތެރި ބީޖޭޕީ ސަރުކާރާ" ގުޅިގެން ނިމުމެއް ގެނެސް، ނަސްލީ އަދި ދިނީ ތަފާތުކުރުންތައް އުފައްދަން މަސައްކަތްކުރަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox