ޕާކިސްތާނު ޝެފް ހައްޔަރުކުރީ ހުޅުމާލޭ ފޭސްޓޫގެ ބީޗުން

ޕާކިސްތާނަށް ނިސްބަތްވާ އާބިދު: ބަންގްލަދޭޝް މީހާގެ މަރާ ގުޅިގެން ވަނީ ހައްޔަރުކޮށްފައި

ޕާކިސްތާނަށް ނިސްބަތްވާ އާބިދު: ބަންގްލަދޭޝް މީހާގެ މަރާ ގުޅިގެން ވަނީ ހައްޔަރުކޮށްފައި

ހުޅުމާާލޭ ޚާންޖީ ރެސްޓޯރެންޓް ބަދިގެ ތެރޭގައި މީހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޕާކިސްތާނަށް ނިސްބަތްވާ ޝެފު، މުހައްމަދު އާބިދު ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭ ދެވަނަ ފޭސްގެ ބީޗް ސަރަހައްދުން ކަމަށް ފުލުހުން ބުނެފި އެވެ.

އާބިދު އަތުލައިގަނެފައި ވަނީ ހަމާދިނުމަށްފަހު ފިލައިގެން އުޅެނިކޮށް އޭގެ ނުވަ ވަރަކަށް ގަޑިއިރު ފަހުންނެވެ. އެ މައްސަލައިގައި އާބިދު ހޯދުމަށް ފުލުހުން ރޭ އޭނާގެ ފޮޓޯ އާއްމުކޮށްފައިވެ އެވެ. އޭނާ ހައްޔަރުކުރިކަން ފިޔައި އިތުރު ތަފްސީލެއް އޭރު ފުލުހުން ދީފަ އެެއް ނުވެ އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އާބިދު ހައްޔަރުކުރީ ހުޅުމާލޭ ފޭސް ދޭއްގެ ބީޗުން ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އާބިދު ދަންނަ މީހުން ބުނާ ގޮތުގައި ވަރަށް އަވަހަށް ރުޅި އަންނަ, ރުޅި ގަދަ މީހެކެވެ. މީގެކުރިން ވެސް ރެސްޓޯރެންޓް ތެރޭގައި މާރާމާރީއެއް ހިންގާފައިވެ އެވެ.

ހަވީރު ރެސްޓޯރެންޓްގެ ބަދިގެ ތެރޭ ހިނގި ދެބަސްވުމުގެ ސީދާ ސަބަބު ސާފުވެފައި ނުވީ ނަމަވެސް, އެނގިފައިވާ ގޮތުގައި ހަމަލާ ދިން ކަމަށް ތުހުމަތުވާ ޕާކިސްތާނުގެ ކައްކާ އާއި ބަންގްލަދޭޝް މީހާއާ ދެމެދު މީގެ ކުރިން ވެސް ދެބަސްވުންތައް ހިނގަ އެވެ.

"އަދަދު"އަށް ލިބިފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި, ބަންގްލަދޭޝް މީހާ ރެސްޓޯރެންޓްގެ ތަޅުންގަނޑު މަތީ އޮތްއިރު އެތަނުގައި ތިބި އެހެން މުވައްޒަފުން އޭނާއަށް ސީޕީއާރްދީ, މޫނަށް ފެން ޖަހައި ހޭއަރުވަން މަސައްކަޔް ކުރާތަން ފެނެ އެވެ.

އޭނާ ބާއްވާފައި އޮތީ ހަމަލާދިން ތަނުގައި ކަމެއް ސާފެއް ނޫނެވެ. އެތަނުގައި ލޭ ފެންނާކަށް ނެތެވެ. އެކަމަކު ޓީޝާޓް އޮތީ ލެއިން ފޯވެފަ އެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ބަންގްލަދޭޝް މީހާއަށް ސީޕީއާރްދީ, އޭނާ ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔުމަށްޓަކައި ޕާކިސްތާނަށް ނިސްބަތްވާ އެހެން މުވައްޒަފުންތަކެއް އުޅެ އެވެ. އުރުދޫ ބަހުން އެމީހުން ވާހަކަ ދައްކަމުން ދިޔައިރު, ކަން ހިނގި ގޮތް އެމީހުންނަށް ވެސް އޮޅުންނުފިލައިގެން އުޅޭ ތަން ފެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox