ވާހަކަދެއްކުމުގެ މުބާރާތުގަ ބައިވެރިވުމުގެ ސުންގަޑި އިތުރުކޮށްފި

2019 ވަނަ އަހަރު ބޭއްވި ވާހަކަ ދެއްކުމުގެ ގައުމީ މުބާރާތުގެ ތެރެއިން، މި އަހަރު ބާއްވާ މުބާރާތުގެ  ކުރިމަތިލުމުގެ ސުންގަޑި ވަނީ އިތުރުކޮށްފައި -- ފޮޓޯ: ބަހުގެ އެކަޑަމީ

2019 ވަނަ އަހަރު ބޭއްވި ވާހަކަ ދެއްކުމުގެ ގައުމީ މުބާރާތުގެ ތެރެއިން، މި އަހަރު ބާއްވާ މުބާރާތުގެ ކުރިމަތިލުމުގެ ސުންގަޑި ވަނީ އިތުރުކޮށްފައި -- ފޮޓޯ: ބަހުގެ އެކަޑަމީ

ދިވެހި ބަހުގެ އެކަޑަމީން ބާއްވާ ވާހަކަ ދެއްކުމުގެ ގައުމީ މުބާރާތުގެ ސާނަވީ ގިންތީގެ ބައިވެރިންނަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގެ ސުންގަޑި ދޮޅު މަސް ދުވަހަށް އިތުރުކޮށްފި އެވެ.

ދިވެހި އަދަބިއްޔާތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށީގެ ނަމުގައި ބާއްވާ އެ މުބާރާތުގައި ބައިވެރިވާން ހުޅުވާލި މުއްދަތު މާދަމާ މެންދުރަށް ހަމަވާ ގޮތަށް އޮއްވައި، އެކަޑަމީން ވަނީ އެ މުއްދަތު އަންނަ މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 1:00 އަށް އިތުރުކޮށްފަ އެވެ.

މި މުބާރާތުގެ އެހެން ގިންތީގެ ބައި އަންނަ މަހުގެ ނުވަވަނަ ދުވަހު ފެށި ނަމަވެސް، ސްކޫލް ދަރިވަރުންގެ އޯލެވެލް އިމްތިހާން އެ ދުވަސްވަރަށް ދިމާވާތީ ސާނަވީ ގިންތީގެ ބައި ކުރިއަށް ގެންދަން ނިންމާފައި ވަނީ ޖޫން މަހުގެ 22 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހާ ހަމައަށެވެ.

މި ގިންތީގެ ދަރިވަރުންގެ ވާހަކަ ދެއްކުން ފަށަން ފަށް ދުވަހަށް ވުމުން މައުޟޫއުތައް ލިބޭނެ ކަމަށް އެކަޑަމީގެ އިއުލާނުގައިވެ އެވެ.

ހަތަރު ގިންތިއަކަށް ބަހާލައިގެން ކުރިއަށް ގެންދާ ވާހަކަ ދެއްކުމުގެ މި މުބާރާތުގައި ސާނަވީ ގިންތި ނުވަތަ ސްކޫލް ދަރިވަރުންގެ ބައި ވެސް ގެންދަނީ ތިން އުމުރުފުރައަކަށް ބަހާލައިގެންނެވެ. އެއީ ދަށު ސާނަތީ، ސާނަވީ، އަދި މަތީ ސާނަވީ އެވެ.

މީގެ އިތުރުން ދެން އޮތީ މަތީ ތައުލީމުގެ ގިންތި ކަމުގައިވާ ޔުނިވާސިޓީއާއި ކޮލެޖް އިންސްޓިޓިއުޓްތަކާއި އެކަޑަމީތަކަށް ހާއްސަ ބަޔަކާއި، އަމިއްލަ ފަރާތްތަކުގެ ބަޔެވެ.

މި މުބާރާތުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމާއި މުބާރާތާ ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް މި އެކެޑަމީންނާއި މި އެކެޑަމީގެ ވެބްސައިޓް ލިބެން ހުންނާނެއެވެ. އަދި އިތުރު މައުލޫމާތު މި އެކެޑަމީގެ ނަންބަރު 7986230 ން ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox