ރަނގަޅު ވަސީލަތާ އެކު ރާއްޖޭގައި ފުޓްސަލް ކުރިއަރާނެ: ނިޔާ

Apr 13, 2022, 7:38 AM
އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގެ ތެރެއިން ގައުމީ ފުޓްސަލް ޓީމުގެ އެސިސްޓަންޓް ކޯޗު ނިޔާ.-- ފޮޓޯ: ކިރްގިޒް ސްޕޯޓްސް

އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގެ ތެރެއިން ގައުމީ ފުޓްސަލް ޓީމުގެ އެސިސްޓަންޓް ކޯޗު ނިޔާ.-- ފޮޓޯ: ކިރްގިޒް ސްޕޯޓްސް

ރަނގަޅު ވަސީލަތްތަކެއްގެ އެހީގައި ރާއްޖޭގެ ފުޓްސަލް ބޭނުންވާ ލެވަލަށް ކުރިއަރާނެ ކަމަށް ގައުމީ ފުޓްސަލް ޓީމުގެ އެސިސްޓަންޓް ކޯޗު އަހުމަދު ނިޔާޒު (ނިޔާ) ބުނެފި އެވެ.

ކިރްގިސްތާންގައި ފާއިތުވި ހަތަރު ދުވަހު ކުރިއަށްދިޔަ އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި ރާއްޖޭން ވާދަކޮށް، ކޮލިފައިން ފުރަތަމަ މެޗުގައި އޭޝިއާގެ އެންމެ ފަހުގެ ޗެމްޕިއަން، ދުނިޔޭގެ ރޭންކިން ހަ ވަނައިގައި އޮތް އީރާން އަތުން ރާއްޖެ ބަލިވީ 17-0 އިންނެވެ. ދެ ވަނަ މެޗުގައި ކިރްގިސްތާން އަތުން ވަނީ 7-1 އިން ބަލިވެފަ އެވެ. އަދި ފަހު މެޗުގައި އިއްޔެ ތުރުކުމެނިސްތާން އަތުން 7-0 އިން ބަލިވީ އެވެ.

ކުވޭތުގައި މި އަހަރު ފަހުކޮޅު ބާއްވާ އޭޝިއަން ކަޕަށް ރާއްޖެ ހިމެނޭ ގްރޫޕުން ކޮލިފައިވީ އީރާނާއި ތުރުކުމެނިސްތާން އެވެ. އިރާނުން ވަނީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓާ އެކު ކޮލިފައިން ގްރޫޕް ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ނިންމާލައިފަ އެވެ. ދެ ވަނައިގައި ނިންމާލި ތުުރުކުމެނިސްތާނަށް ހަ ޕޮއިންޓް ލިބުނުއިރު، ކިރްގިސްތާނުން ނިންމާލީ ތިން ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. އެންމެ ފަހަތުގައި އޮތް ރާއްޖެ އަށް މެޗުތައް ނިމުނީ ޕޮއިންޓެއް ނުލިބި އެވެ.

މާލޭގައި ކުރިއަށްދިޔަ ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ނިޔާ ޓީމުގެ ކުޅުންތެރިންނާ ވާހަކަ ދައްކަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކޮލިފައިން ނިންމާލުމަށް ފަހު ކިރްގިޒް ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ނިޔާ ބުނީ އޭޝިއަން ފުޓްސަލް ކަޕަށް ކޮލިފައިނުވުމުން އެކަމާ ދެރަވާ ކަމަށެވެ. އެކަމަކު، މި މުބާރާތުގެ ކޮލިފައިންގައި ކުޅެލަން މި ލިބުނު ފުރުސަތަކީ ވެސް ހަގީގަތުގައި މި ލެވަލްގެ ތަޖުރިބާ ހޯދުމަށް ބޮޑު ކަމަކަށްވާއިރު، ކުރިމަގަށް ކުރެވޭ އުންމީދުތަކެއް އެބައޮތް ކަމަށް ނިޔާ ފާހަގަކުރި އެވެ.

"މި މުބާރާތުގެ އަލީގައި (ކޮލިިފައިން މެޗުތަކުގައި) ރާއްޖޭގެ ޓީމުގައި ތިބި ހުރިހާ ކުޅުންތެރިންނަށް ވެސް މިއީ ލިބިގެންދިޔަ ރަނގަޅު ތަޖުރިބާއެއް،" ގައުމީ ފުޓްބޯޅަ ޓީމަށް ކުރިން ކުޅުނު މިޑްފީލްޑަރު، ނިޔާ ބުންޏެވެ.

ނިޔާ ބުނީ އެންމެ ފުރަތަމަ މެޗުގައި ވަރުގަދަ އީރާނާ ޖެހުނުއިރު، ރާއްޖޭގެ ޓީމަށް ރަނގަޅަށް ނުކުޅެވުނު ކަމަށެެވެ. އެކަމަކު، މެޗަކަށް ފަހު މެޗެއްގައި ރާއްޖޭގެ ކުޅުން ދިޔައީ ރަނގަޅުވަމުންކަން ނިޔާ ފާހަގަކުރި އެވެ.

"އިންޝާﷲ. އަހަރެމެން ވަރަށް ރަނގަޅަށް ކުރިއަށް އޮތްތަނުގައި ތައްޔާރުވާނަން. އެއީ، އަހަރެމެންގެ ގައުމުގައި މި ވަގުތު ނެތް، މި ކަމަށް (ފުޓްސަލް އަށް) ބޭނުންވާ އެންމެ ރަނގަޅު ފެސިލިޓީ. އުންމީދަކީ ކޮންމެވެސް ދުވަހެއްގައި އެ ފެސިލިޓީ ހުންނާނެ ކަމަށް. އޭރުން ކުރިއަރާނެ،" ނިޔާ ބުންޏެވެ.

ރާއްޖޭން އެންމެ ފުރަތަމަ އޭޝިއާ ލެވަލްގެ ބޮޑު ފުޓްސަލް މުބާރާތެއްގައި ކުޅުނީ 2017 ވަނަ އަހަރު ތުރުކުމެނިސްތާންގައި ބޭއްވި އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕްގަ އެެވެ. އޭގެ ފަހުން މިދިޔަ މަހު ތައިލެންޑް އިންވިޓޭޝަނަލް ފުޓްސަލް މުބާރާތުގައި ކުޅުމަށް ފަހު މި ފަހަރު ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގަ އެވެ. ތިން މުބާރާތުގައި ވެސް ދިމާވީ އެއް މައްސަލަ އެވެ. މާލޭގައި ޓާފް ނޫނީ މެޓްގައި ޕްރެކްޓިސްކޮށްފައި މުބާރާތަށް ގޮސް އިންޑޯއެއްގައި މެޗުތައް ކުޅެން ޖެހުމުން ދިމާވާ ދަށްޗެވެ.

ރާއްޖޭގައި ފުޓްސަލް އިންޑޯއެއް ނެތްއިރު، ސަރުކާރުތަކުން އަޅާފައިވާ ޓާފް ފުޓްސަލް ދަނޑުތަކަކީ އަސްލު ފުޓްސަލް ކުރިއަރުވަން ބަލާއިރު، އެންމެ ރަނގަޅު ވަސީލަތެއް ނޫނެވެ. ގިނަ ދަނޑުތަކުގައި ސައިޒް ވެސް ހުރީ ފުޓްސަލް ކުޅެން ބަލާއިރު، ރަސްމީ މިންގަނޑާ ހިލާފަށެވެ.

އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިން އަށް ގައުމީ ފުޓްސަލް ޓީމު ފުރުމުގެ ކުރިން ޓީމާ ބައްދަލުކޮށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފް ވަނީ ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން މި ދައުރު ނިމުމުގެ ކުރިން ރާއްޖޭގައި ފުޓްސަލް އިންޑޯއެއް އަޅާނެ ކަމަށް ވިދާޅުވެފަ އެވެ. މިނިސްޓަރު މަހުލޫފް ވަނީ ރައްޔިތުންގެ މަޖިލީހުގެ ވާހަކަވަމުން ވެސް ފުޓްސަލް އިންޑޯއެއް މަސައްކަތް އަވަހަށް ނިންމުމުގެ ވިސްނުން އެބައޮތް ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox