އަނަސްގެ މަރު: ދައުވާ ރައްދުވާ ޖުނައިހް 30 ދުވަހަށް ބަންދުން ދޫކޮށްލައިފި

އަނަސްގެ މަރު: ދައުވާ ރައްދުވާ ޖުނައިހް 30 ދުވަހަށް ބަންދުން ދޫކޮށްލައިފި

އަދާވާތްތެރި ގޭންގެއްގެ މެމްބަރެއް ކަމަށް ހީވެގެން، މާލޭގައި ހަރަކާތްތެރިވާ ގޭންގަކުން ވަޅިން ހަމަލާދީ ރ. މީދޫ، ފެންފިޔާޒުގޭ، މުހައްމަދު އަނަސް މަރައިލި މައްސަލައިގައި ދައުވާ ލިބޭ ޖުނައިހު އަބްދުﷲގެ ސިއްހީ ހާލަތު ގޯސްކަމުން، އިތުރު 30 ދުވަހުގެ މުއްދަތަށް ގޭގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ބަންދުން ދޫކުރުމަށް ނިންމި، މީގެ ހަތަރު އަހަރު ކުރިން ޖުލައި، 2017 ގައި، މާލޭގައި ހުންނަ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި، ވަޅިން ހަމަލާދީ އަނަސް މަރައިލި މައްސަލައިގައި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ލިބޭ ލ. ގަމަށް ނިސްބަތްވާ ޖުނައިހު އަބްދުﷲ އެވެ.

ޖުނައިހުގެ ލޮލަށް ބައްޔެއް ޖެހި، ލޯ ފުސްވަމުންދާތީ އޭނާއަށް ބޭސް ކުރަންޖެހޭ ކަމަށާއި ނަމަވެސް ޖަލުގައި އެކަށީގެންވާ ފަރުވާ ނުލިބޭ ކަމަށް އޭނާގެ ދިފާއީ ވަކީލުން މީގެ ކުރީގެ އަޑުއެހުންތަކުގައި ވެސް ބުނެފައިވެ އެވެ. އޭނާގެ ލޮލުގެ ހާލަތު ގޯސްވުމުގެ ސަބަބުން، މީގެ ކުރިން ޕެރޯލްބޯޑުގެ ހުއްދައާއެކު ރާއްޖެއިން ބޭރުން ވަނީ ފަރުވާ ހޯދައިފަ އެވެ.

މިއަދު ބޭއްވި ބަންދު މުރާޖައާގެ އަޑުއެހުމުގައި ޖުނައިހުގެ ބަންދަށް މިދިޔަ ޖެނުއަރީ މަހު ދިން ލުއި އިތުރު 30 ދުވަހަށް ދަންމާލަން ދިފާއުން އެދިފައިވެ އެވެ. އެއީ އޭނާގެ ލޮލުގެ ހާލަތު އިތުރަށް ގޯސްވެފައި ވާތީ، ހަފުތާއެއްހާ ދުވަސް ވަން ދެން ރެސްޓް ކުރަން ވެސް ޑޮކްޓަރުން ލަފާ ދީފައިވާ ކަން ފާހަގަ ކުރި އެވެ.

މިއަދުގެ ޝަރީއަތަށް ހާޒިރުވިއިރު ވެސް ޖުނައިހްގެ އެއް ލޮލުގައި ބެންޑޭޖެއް އަޅާފައި އޮތް އިރު، ލޮލުގެ ހާލަތު ރިވިއު ކުރަން ދެ ފަހަރެއް މަތިން އިންޑިއާއަށް ދާން އެ ގައުމުގެ ޑޮކްޓަރު އަންގާފައިވެ އެވެ. އެހެންވެ އިންޑިއާއަށް ދިއުމުގެ ކުރިއަށް ހާލަތު ރަނގަޅު ކުރަން ކުރަންޖެހޭ ކަންކަމަށް ބަންދަށް ލުއި ބޭނުންވާ ކަމަށް ދިފާއީ ވަކީލުން ފާހަގަ ކުރެއްވި އެވެ.

ނަމަވެސް ދައުލަތުން އެ ކަމަށް އިއުތިރާޒް ކުރި އެވެ. އަދި ބޭސްފަރުވާއަށް ކަރެކްޝަންސް އިން ކުރިން ވެސް ފުރުސަތު ދިނުމުން ދެން ވެސް ދޭނެ ކަމަށް ދައުލަތުން ބުންޏެވެ. އަދި ބަންދަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް އޮތް ކަމަށް ފާހަގަ ނުކުރެވޭ ކަމަށް ދައުލަތުން ބުންޏެވެ.

އެކަންކަމަށް ރިއާޔަތް ކުރުމަށް ފަހު، ގާޒީ އަލީ ނަދީމް ވިދާޅުވީ ޖުނައިހްގެ ބޭސްފަރުވާއަށް އިހުމާލު ވެފައި ހުރި ކަން އޭނާގެ ސިއްހީ ހާލަތަށް ބެލުމުން ވެސް ފާހަގަވާ ކަމަށެވެ. އެހެންވެ ދެން ވެސް އިހުމާލު ވެދާނެ ކަމަށް ބެލުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮތުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައި އޮތް މުއްދަތުން އިތުރު 30 ދުވަހު ސަސްޕެންޑް ކުރަން ނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިފާއީ ހެކިން ނަގައި ނިމިއްޖެ، ދެން އޮންނާނީ ޚުލާސާ ބަޔާން

މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލާގައި ދެން ދައުވާ އުފުލިފައިވާ ސިމާހް މޫސާ އާއި ޖުނައިހްގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިން ނެގުމެވެ. ދެން ދައުވާ އުފުލިފައިވާ ސ. ފޭދޫ، ވެސްޓަންވިލާ، ހަސަން މަހްފޫޒާއި ތ. ކިނބިދޫ، ގުލްފާމުގޭ، މުހައްމަދު ޝާޒުގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިން ކުރިން ބޭއްވި އަޑުއެހުންތަކެއްގައި ހެކިބަސް ދީފައިވެ އެވެ.

ސިމާހް މޫސާ ފަރާތުން މިއަދު ހެކިބަސް ދިން ފަރާތަކީ މާލޭގައި އޭނާ ދިރިއުޅޭ ގެ ކައިރީގައި އުޅޭ އޭނާގެ އެކުވެރިއެކެވެ. ހެކިވެރިޔާ ބުނި ގޮތުން ހާދިސާ ހިނގި ދުވަހުގެ ރޭ 8:00 ޖަހާއިރުން ފެށިގެން މެންދަމު 1:00 ޖަހަންދެކަށް ސިމާހް މޫސާ އުޅުނީ އޭނާގެ ގޭގެ ކޮޓަރީގައި އޭނާ އާއި އިތުރު އެކުވެރިންތަކަކާއެކު ކަމަށެވެ. އެވެ. އެ ވަގުތު އިތުރު ތަނަކަށް ނުދާ ކަމަށް އޭނާ ބުނެފައިވެ އެވެ.

ޖުނައިހްގެ ފަރާތުން ދެ މީހަކު މިއަދު ހެކި ބަސް ދިނެވެ. އެއީ ލ. ގަމުގައި އޭނާއާއެކު އެއް އަވަށެއްގައި އުޅޭ ދެ މީހުުނެވެ. ދެ މީހުން ވެސް ބުނި ގޮތުގައި ހާދިސާ ހިނގި ދުވަހު އޭނާ ހުރީ ރަށުގަ އެވެ. އެ މީހުނާ އެކު ހަވީރު ފުޓުބޯޅަ ކުޅެން ދިޔަ ކަމަށް ބުންޏެވެ. އަދި އެ ދުވަހުގެ ރޭ ރަށުގައި ހުރި ރެސްޓޯރެންޓެއްގައި އެ މީހުނާ އެކު ކާން އެ ތަނުގައި ތިބި ކަމަށް ދެ މީހުން ވެސް ބުންޏެވެ.

ހެކިންގެ ހެކިބަސް ނެގުމަށް ފަހު ގާޒީ އަލީ ނަދީމް ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ޚުލާސާ ބަޔާން އިއްވުން ކަމުގަ އެވެ. ނަމަވެސް ޚުލާސާ ބަޔާން އިއްވަން ބާއްވާ އަޑުއެހުން ތާވަލު ކުރެވޭނެ ސީދާ ތާރީޚެއް އަދި ދަންނަވަން ދަތި ކަމަށް ގާޒީ ވިދާޅުވި އެވެ. އެ ދުވަހެއް ދެވޭނީ މައްސަލައިގެ އަޑުއެހުންތަކުގެ ބައެއް ރެކޯޑިންތައް ގާޒީއަށް ލިބުމުން ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox