ދ. އަތޮޅު ވިލުރީފް ރިސޯޓްގައި ޕެޓްރޯލް ޓޭންކެއް ތެރޭގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ ދ. އަތޮޅު ރިސޯޓެއްގައި މަސައްކަތް ކުރަން އުޅުނު މީހަކު މަރުވެގެން ބިންމައްޗަށް ވެއްޓިފައި އޮއްވާ ފެނިފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު ހެނދުނު ކަމަށެވެ.
އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އޭނާ މަރުވެފައި އޮއްވާ ފެނުނީ ސަން ސިޔާމްގެ ވިލުރީފް ރިސޯޓްގަ އެވެ.
މި މައްސަލައާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.












