ގައުމީ ފުޓްސަލް ޓީމު އޭޝިއަން ކަޕް ކޮލިފައިން އަށް

Apr 5, 2022, 6:27 AM
ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިން ރޭ ބަސް ޓާމިނަލްގައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިން ރޭ ބަސް ޓާމިނަލްގައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކިރްގިސްތާންގައި ކުރިއަށްދާ ގޮތަށް ހަމަޖެހިފައިވާ އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި ވާދަކުރުމަށް ގައުމީ ފުޓްސަލް ޓީމު ރޭ ކިރްގިސްތާންގެ ބިޝްކެކަށް ފުރައިފި އެވެ.

މިއީ އޭޝިއާ ފުޓްސަލް މުބާރާތެއްގެ ކޮލިފައިންގައި ރާއްޖޭގެ ޓީމެއް ވާދަކުރާނެ ފުރަތަމަ ފަހަރެވެ. މި މުބާރާތަށް ތައްޔާރުވުމަށް ގައުމީ ފުޓްސަލް ޓީމުން ވަނީ މިދިޔަ މަހު ތައިލެންޑްގައި ކުރިއަށްދިޔަ އެންއެސްއެފްޑީ އިންވިޓޭޝަަނަލް ފުޓްސަލް ކަޕުގައި ވާދަކޮށް، މުބާރާތުގެ ފަސް ވަނަ ހޯދައިފަ އެވެ. އެއީ ރޭންކިން މެޗުގައި ޕެނަލްޓީ ޖަހައިގެން 8-7 އިން މޮންގޯލިއާ ބަލިކޮށްގެންނެވެ.

ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން އިމްރާން (ކ) އާއި ޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ އިޝާން (މ) އަދި އަލީ ހާފިޒް (ވ).-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އޭއެފްސީ ފުޓްސަލް މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ހިމަނާފައިވަނީ ސެންޓްރަލް އެންޑް ސައުތު ޒޯންގެ ކޮލިފައިންގަ އެވެ. އެ ޒޯނުގެ އަށް ގައުމު ވަނީ ކޮލިފައިންގެ ދެ ގްރޫޕަކަށް ބަހައިފަ އެވެ. ރާއްޖެ ގްރޫޕް އޭގައި އިރާންގެ އިތުރުން ތުރުކުމެނިސްތާން އަދި ކިރްގިސްތާން އެވެ. މި ޒޯނުގެ ގްރޫޕް ބީގައި ހިމެނެނީ އުޒްބެކިސްތާން، ތަޖިކިސްތާން، އަފްގާނިސްތާން އަދި ނޭޕާލް އެވެ.

ކޮލިފައިންގެ މެޗުތައް:

އީރާން - ރާއްޖެ (10 އޭޕްރީލް)

ރާއްޖެ - ކިރްގިސްތާން (11 އޭޕްރީލް)

ތުރުކުމެނިސްތާން - ރާއްޖެ (12 އޭޕްރީލް)

ގްރޫޕްގެ މެޗުތައް ނިމޭއިރު، ގަދަ ދެ ޓީމުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެނަމަ ފުޓްސަލް އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައިވާނެ އެވެ. އެ މުބާރާތް އޮންނާނީ މި އަހަރު ފަހުކޮޅުގައި ކުވޭތުގަ އެވެ.

މި ފަަހަރުގެ މުބާރާތުގެ ސްކޮޑުގައި ހިމެނި ވިލްފް (ކ).-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ފުޓްސަލް ޓީމުން މިދިޔަ މަހު ތައިލެންޑްގައި ކުޅުނު މުބާރާތަށް ނެގި ސްކޮޑަށް ވަނީ އޭޝިއާ މުބާރާތަށް ދިއުމުގެ ކުރިން ބަދަލެއް ގެނެސްފަ އެވެ. އެއީ ހަސަން ނިމާލްގެ ބަދަލުގައި މުހައްމަދު ވިލްފް ޓީމުގައި ހިމެނުމެވެ.

ގައުމީ ފުޓްސަލް ޓީމުގެ ސްކޮޑުގައި ހިމެނޭ 14 ކުޅުންތެރިންނަކީ އިސްމާއިލް ފާތިހު (ތާޑޭ)، ޒައިދާން އަހުމަދު، މުހައްމަދު ވިލްފް، އަބްދުﷲ ނާސިހު، އިޝާން އިބްރާހިމް (ސައްޓު)، ހުސެއިން ޝަރީފް (އޮންލީ)، މުހައްމަދު އިމްރާން (އިންމި)، އަބްދުﷲ ޝާފިއު (ޝާއްޕެ)، އަލީ ހާފިޒް (ހާއްޕެ)، މުހައްމަދު ޔަފާއު (ޔާ)، އަބްދުﷲ ޝައްފާން (ޝާކާ)، ހުޒައިފަތު ރަޝީދު (ހުޒޭ)، ހަސަން ސުހޭލް (ސޮކޭ) އަދި ސާމިން މުހައްމަދު އެވެ.

ޓީމާ އެކު ދިޔަ އޮފިޝަލުންނަކީ ހެޑް ކޯޗަކަށް އަބްދުﷲ ނަސީރު (އަބޯ)، އެސިސްޓަންޓް ކޯޗުންނަށް އަހުމަދު ނިޔާޒް (ނިޔާ)، އަހުމަދު ވިސާލް (އަންދު) މެނޭޖަރަކީ އަހުމަދު ގާސިމް (އަހޫ) އެވެ. ކީޕަރު ޓްރެއިނަރަކީ އިބްރާހިމް އަހުމަދު އަދި މެޑިކަލް އޮފިޝަލަކަށް ހިމަނާފައިވަނީ ޝަރަފުއްދީން (ޝަރަފް) އެވެ.

ގައުމީ ފުޓްސަލް ޓީމުން މިދިޔަ މަހު ތައިލެންޑްގައި ބޭއްވި އިންވިޓޭޝަނަލް ކަޕަށް ފަރިތަކުރުންތައް ބޭއްވީ އެފްއޭއެމްގެ މިނީ ޓާފާއި ގިޔާސުއްދީން ސްކޫލް ހޯލްގައި ހުރި މެޓް ދަނޑުގެ އިތުރުން ޕީކޭ ސަރަަހައްދު ފުޓްސަލް ދަނޑުގަ އެވެ. ސަރުކާރުތަކުން މާލޭގައި އަޅާފައިވާ ޓާފް ދަނޑުތަކަކީ އިންޓަނޭޝަނަލް ފުޓްސަލް ކުޅެން ބޭނުންވާ ސައިޒުގެ ދަނޑުތަކެއް ކަމަށް ނުވާތީ ބައިނަލްއަގުވާމީ މުބާރާތަކަށް ތައްޔާރުވާން އެ ތަންތަނުގައި ޕްރެކްޓިސް ނުކުރެވެ އެވެ.

ރަނގަޅު ޕިޗެއްގައި ޕްރެކްޓިސް ކުރަން ނުލިބި އޮއްވައި، ފަހު ވަގުތު ޕްރެކްޓިސްތައް ކުރިއަށް ގެންދަން ލިބުނީ ހިރިޔާ ސްކޫލް ހޯލެވެ. މުބާާރާތަށް ފަރުުމާ ހަމައަށް ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިސްތައް ފަހުން ކުރިއަށް ދިޔައީ ހިރިޔާ ސްކޫލްގަ އެވެ. މިއީ ހިރިޔާ ސްކޫލް މެނޭޖްމަންޓާ މަޝްވަރާކޮށް، އެފްއޭއެމުން ހަމަޖައްސައިދިން ތަނެކެވެ.

އޭޝިއަން ފުޓްސަލް ކަޕްގެ ކޮލިފައިން އަކީ 2017 ވަނަ އަހަރު ތުރުކުމެނިސްތާންގައި ކުޅުނު އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕަށް ފަހު ރާއްޖޭގެ ފުޓްސަލް ޓީމެއް ބައިނަލްއަގުވާމީ ރަސްމީ މުބާރާތެއްގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox