މާލެ ސިޓީގައި، އަމިއްލަ މީހެއްގެ އެހީ މެދުވެރިކޮށް މިސްކިތެއް ހުޅުވައިިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި އާ މިސްކިތަކީ މާލެ ސިޓީގެ މާފަންނު އަވަށުގައި ހުންނަ މިސްކިތެއް ކަމުގަ އެވެ. އަދި އެއީ އަމިއްލަ މީހެއްގެ އެހީގައި އިމާރާތް ކުރި މިސްކިތެއް ކަމަށެވެ.
މިސްކިތާ ގުޅޭ މާ ގިނަ ތަފްސީލެއް މިނިސްޓްރީން އަދި ނުދެ އެވެ. މިއަދު ހުކުރު ނަމާދު އެ މިސްކިތުގެ ޖަމާއަތުގައި ކުރެއްވިއިރު، އީމާމަކަށް ހުންނެވީ ސްޓޭޓް މިނިސްޓަރު ޝައިޚް މުހައްމަދު އަނީލް އެވެ.
އިސްލާމިކް މިނިސްޓްރީގެ ދަފްތަރުގައިވާ ގޮތުން، ގްރޭޓާ މާލެ ސަރަހައްދުގައި މިހާރު ވެސް 40 އެއްހާ މިސްކިތް ހުރެ އެވެ.
މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް، ސައުދީ އަރަބިއްޔާގެ ސަރުކާރުގެ އެހީގައި އިމާރާތް ކޮށްފައިވާ ސަލްމާން ރަސްގެފާނު މިސްކިތް ވެސް ވަނީ ބޭނުން ކުރަން ފަށައިފަ އެވެ.














