ފުލުހުންގެ ހިދުމަތް ހޯދޭނެ މޯބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފި

ރައީސް ސޯލިހް، ފުލުހުންގެ މޯބައިލް އެޕްލިކޭޝަން އިފްތިތާހުކޮށްދެއްވަނީ-- ފޮޓޯ: ފުލުހުން

ރައީސް ސޯލިހް، ފުލުހުންގެ މޯބައިލް އެޕްލިކޭޝަން އިފްތިތާހުކޮށްދެއްވަނީ-- ފޮޓޯ: ފުލުހުން

ފުލުހުންގެ ފަރާތުން އާންމު ރައްޔިތުން ހޯދަންޖެހޭ ހިދުމަތްތައް މޯބައިލް ފޯނަށް އަޅާ އެޕްލިކޭޝަނުން ލިބޭނެ ގޮތް މިރޭ ހަދައިފި އެވެ.

ފުލުހުންގެ މި މޯބައިލް އެޕްލިކޭޝަން ތައާރަފްކޮށްދެއްވީ ފުލުހުންގެ ހިދުމަތަށް 89 އަހަރު ފުރުން ފާހަގަކުރުމަށް މިހާރު ކުރިއަށްދާ ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެ އެޕްލިކޭޝަނަކީ ފުލުހުންގެ ހިދުމަތްތައް މޯބައިލް މެދުވެރިކޮށް ހޯދުމަށްޓަކައި ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ. އެގޮތުން މި އެޕްލިކޭޝަން ރަޖިސްޓްރީ ވުމަށްފަހު ޑްރައިވިންގް ލައިސެންްސްގެ މައުލޫމާތާއި އުޅަނދުތަކުގެ އަހަރީފީ ސްޓޭޓަސްގެ އިތުރުންވެސް ގިނަ މައުލޫމާތުތައް ބަލާލެވޭނެ އެވެ.

އަދި މައްސަލަ އެއް ހުށަހެޅުމުގެ އިތުރުން ހުށަހަޅާ މައްސަލަތަކުގެ އަދާހަމަ ބެލުމާއި ފުލުހުން ފޯރުކޮށްދޭ ހިދުމަތްތަކާއި ވަކިވަކި ފުލުހުންނާއި ގުޅޭ ޝަކުވާ އާއި ތައުރީފް އެ އެޕްލިކޭޝަނުން ހުށަހެޅޭނެ އެވެ. އަދި އެ މުއާމަލާތްތަކުގެ ރެކޯޑު ވެސް އެޕްލިކޭޝަން މެދުވެރިކޮށް އެއްކުރެވޭނެ އެވެ.

އޭގެ އިތުރުން، ކުށުގެ ރިޕޯޓް ހޯދުމަށް ހުށަހަޅައި، ޕޮލިސް ކްލިއަރެންސް ސެޓްފިކެޓަށް އެދުމުގެ އިތުރުން ކްލިއަރެންސް ސެޓްފިކެޓް ވެސް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެ އެވެ. އަދި އެ ސެޓްފިކެެޓްގެ ސައްހަކަން އެޕްލިކޭޝަން މެދުވެރިކޮށް ކަށަވަރު ކުރެވޭނެ އެވެ.

އެ އެޕްލިކޭޝަން ފަރުމާކޮށްފައި ވަނީ ފުލުހުންނަށް ގުޅަން ޖެހިއްޖެ ހާލަތެއްގައި ނޭބާހުޑް ޕޮލިސް އޮފިސަރުންގެ މައުލޫމާތާއި ޕޮލިސް ސްޓޭޝަން ތަކުގެ މައުލޫމާތު ކޮންމެ ތަނެއްގައި ހުރެގެން ވެސް ފަސޭހަކަމާއެކު ބަލާލެވޭ ގޮތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox