ދިވެހި ފުލުހުންގެ ހިދުމަތުގެ އަހަރީ ދުވަހާ ގުޅުވައިގެން، މާލެ އާއި އަތޮޅުތަކުގައި ގާއިމު ކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
މިއަދު ފާހަގަ ކުރަމުން އަންނަނީ ފުލުހުންގެ 89 ވަނަ އަހަރީ ދުވަހެވެ.
މާލޭގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ މައި މަރުކަޒު ޝަހީދު ހުސައިން އާދަމް ބިލްޑިންގު ކުރިމަތީގަ އެވެ. އަތޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ އެ ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކުގަ އެވެ.
ފުލުހުންގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޑެޕިއުޓީ ކޮމިޝަނަރުންނާއި ފުލުހުންގެ ސީނިއާ އޮފިސަރުންނާއި ގިނަ އަދަދެއްގެ ފުލުހުންނާއި ސިވިލް މުވައްޒަފުން ބައިވެރިވި އެވެ.

ރަށެއްގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ފުލުހުން

ރަށްރަށުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުތަކުގައި އަތޮޅު ކޮމާންޑަރުންނާއި އެ ރަށްރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި އެ ރަށްރަށުގެ ސްޓޭޝަންތަކުގެ މުވައްޒަފުން ބައިވެރިވި އެވެ.













