މަސައްކަތްކުރިކަން ކަށަވަރު ނުކޮށް އިސްލާމިކް މިނިސްޓްރީން އިތުރުގަޑީގެ ފައިސާ ދިން މައްސަލައެއް

ނ. ލަންދޫގެ އައު މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ނ. ލަންދޫގެ އައު މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ކޮވިޑުގެ ސަބަބުން 2020 ވަނަ އަހަރުގެ ރޯދަ މަހު އިސްލާމިކް ސްޓޫޑިއޯ އިން ގެނެސްދިން ޕްރޮގްރާމްތައް ތައްޔާރު ކުރުމަށް އިސްލާމިކް މިނިސްޓްރީ ގައި ލޮކްޑައުންވި މުވައްޒަފުން ކޮށްފައިވާ މަސައްކަތާއި މަސައްކަތުގެ ހާޒިރީ ނުބަލަހައްޓައި އިތުރުގަޑީގެ ފައިސާ ދީފައިވާ ކަމަށް އެ މިނިސްޓްރީގެ މާލީ އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.

ޕްރޮގުރާމްތައް ގެނެސްދިނުމަށްޓަކައި މިނިސްޓްރީގައި ތިބޭ މުވައްޒަފުން ރަސްމީ ދުވަސްތަކާއި ބަންދު ދުވަސްތަކުގައި އިތުރުގަޑީގެ ގޮތުގައި ހަތް ގަޑިއިރު މަސައްކަތްކުރާ ގޮތަށް ހަމަޖެއްސުމަށާއި، އެ މުވައްޒަފުންނަށް ބަންދު ދުވަހުގެ އިނާޔަތް ހަމަޖެއްސުމަށާއި، އެ މުވައްޒަފުން ލޮކްޑައުންގައި ތިބޭ ދުވަސްތަކުގައި ހާޒިރީ ބެލެހެއްޓުމަށް މެއި 2، 2020 ގައި އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އޮތީ އަންގަވާފަ އެވެ.

އެ މުއްދަތުގެ ތެރޭގައި ހަތް ޕްރޮގްރާމެއް ގެެނެސްދިނުމަށް އަށް މުވައްޒަފަކު އެ މިނިސްޓްރީގައި ލޮކްޑައުންވެގެން ތިބި ކަމަށް އޮޑިޓް ރިޕޯޓަށް މައުލޫމާތު ދީފައި ވެއެވެ.

ނަމަވެސް، ލޮކްޑައުންވެގެން ތިބި މުވައްޒަފުންގެ ރަސްމީ ދުވަސްތަކުގައި އިތުރުގަޑީގައި މަސައްކަތް ކޮށްފައިވަނީ އަށް ގަޑިއިރު ކަމަށާއި، ބަންދު ދުވަސްތަކުގައި އިތުރުގަޑީގައި މަސައްކަތް ކޮށްފައިވަނީ 12 ގަޑިއިރުކަމަށް ބަލައިގެން މުސާރަ ހިސާބު ކުރުމަށް އީމެއިލް މެދުވެރިކޮށް މެއި 22، 2020 ގައި އަންގާފައިވާ ކަމަށް މި ރިޕޯޓުގައި ވެއެވެ.

"އެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ އެލަވަންސްގެ ގޮތުގައި ޖުމުލަ 130,137 ރުފިޔާ ދީފައިވަނީ އެ މުވައްޒަފުން ހަމަ ހަގީގަތުގައިވެސް އިތުރުގަޑީގެ ގޮތުގައި ކުރި މަސައްކަތަށް ކަމެއް ކަށަވަރެއް ނުކުރެވެއެވެ،" އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

މުވައްޒަފުން ކޮށްފައިވާ މަސައްކަތާއި މަސައްކަތުގެ ގަޑި އެނގޭނެ ރެކޯޑުތައް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައި ނުވުމުން މުވައްޒަފުންނަށް އިތުރުގަޑީގެ ގޮތުގައި ދޭންޖެހޭ އަދަދު ނޫން އަދަދެއް އިތުރުގަޑީގެ އިނާޔަތުގެ ގޮތުގައި ދެވިފައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އޮޑިޓް އޮފީހުން ފާހަގަކޮށްފައި ވެއެވެ.

ގާނޫނުގައި އޮންނަ ގޮތުން އިތުރުގަޑީގެ ފައިސާ ދޭން ޖެހެނީ ކުރާ މަސައްކަތަކީ، ރަސްމީގަޑީގައި އެކަނި ކޮށްގެން ނިންމެން ނެތް ނުވަތަ އިދާރާގެ ފަރާތުން އަންގައިގެން ކުރަންޖެހޭ ހާއްސަ މަސައްކަތަކަށް ވާނަމަ އެވެ. އަދި، އެފަދަ މަސައްކަތްތަކަށް ޕީއެސް ނުވަތަ މާލީ ޒިންމާދާރު ވެރިޔާ ކަނޑައަޅާ އުސޫލެއްގެ ދަށުން ހުއްދަ ހޯދަން ޖެހެ އެވެ.

އޭގެ އިތުރުން، މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދޭން ޖެހެނީ ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ހާޒިރީ ބަލަހައްޓައިގެން ކަމަށް ވެސް މާލިޔަތު ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.

ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން ހާޒީރީ ޔަގީންކުރުމަށް ފަހު މެނުވީ އިތުރުގަޑީގެ ފައިސާ ދޫ ނުކުރުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ އެދިފަ އެވެ.

ހަރުމުދަލުގެ ހިސާބު ބަލަހައްޓާފައި ނުވޭ

އިސްލާމިކް މިނިސްޓްރީ އާއި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ހަރުމުދަލުގެ ރަޖިސްޓްރީގައި ހިމަނާފައިވާ ގިނަ އަދަދެއްގެ ހަރުމުދަލުގެ އަގާއި، ބައެއް މުދާ ބަހައްޓާފައި ހުރިތަން ރަޖިސްޓްރީގައި ހިމަނާފައި ނުވާ މައްސަލަ ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އޭގެ އިތުރުން، ހަރުމުދަލުގެ ކޯޑު ނަންބަރު ބައެއް މުދަލުގައި ޖަހާފައިނުވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

މާލިއްޔަތު ގަވާއިދުގެ ދަށުން ދައުލަތުގެ އޮފީސްތަކުގައި ހުންނަ ހަރުމުދާ ހަމައަށް ހުރިތޯ އަހަރަކު އެއްފަހަރު ޔަގީންކުރަން ޖެހޭ ނަމަވެސް، 2020 ވަނަ އަހަރު އިސްލާމިކް މިނިސްޓްރީ އާއި ގުރުއާނާ ބެހޭ މަރުކަޒުން އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ.

.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox