ޒަކާތަށް ލިބުނު ފައިސާއިން ފަސް ލައްކަ ރުފިޔާ ގާޒާއަށް، ހަތަރު ލައްކަ ރުފިޔާ އިޖުތިމާއީ ޓްރަސްޓް ފަންޑަށް

ޒަކާތަށް ލިބުނު ފައިސާއިން ފަސް ލައްކަ ރުފިޔާ ގާޒާއަށް، ހަތަރު ލައްކަ ރުފިޔާ އިޖުތިމާއީ ޓްރަސްޓް ފަންޑަށް

ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ފަސް ލައްކަ ރުފިޔާ ފަލަސްތީނުގެ ރައްޔިތުންނަށް އަދި 423،749 ރުފިޔާ ޖެންޑާ މިނިސްޓްރީގެ އިޖުތިމާއީ ޓްރަންސްޓް ފަންޑަށް ހަދިޔާ ކުރަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ފަލަސްތީނުގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސް ލައްކަ ރުފިޔާ ހަދިޔާކުރަން ހަވާލުކުރީ އިސްރާ އެސޯސިއޭޝަނާ ކަމަށެވެ.

ޖެންޑާ މިނިސްޓްރީގެ އިޖުތިމާއީ ޓްރަންސްޓް ފަންޑަށް ހަދިޔާކުރާ ފައިސާ ހަވާލުކުރީ އެ މިނިސްޓްރީއާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި އިއްޔެ މެންދުރާ ހަމައަށް 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ. މިއީ މިހާތަނަށް އެންމެ ގިނައިން ފިތުރު ޒަކާތް ލިބުނު އަހަރެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން 13.89 މިލިއަން ރުފިޔާ ފަގީރުންނާއި މިސްކީނުންނަށް ބަހަން ނިންމާފައިވާއިރު، އެއީ ޒަކާތަށް ޝަރުތު ހަމަވާ ކޮންމެ މީހެއްގެ ބޮލަކަށް 6،000 ރުފިޔާ އެވެ.

މިދިޔަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި 13.3 މިލިއަން ރުފިޔާ ލިބުނުއިރު، ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީކޮށްފައިވާ 2،765 މީހުންނަށް ޒަކާތުގެ ގޮތުގައި ބޮލަކަށް 4،500 ރުފިޔާ ބެހި އެވެ. ޒަކާތް ލިބުނު ފަރާތްތަކުގެ ތެރޭގައި، ޒަކާތް ހައްގުވާ ކެޓަގަރީތަކުގެ ދަށުން ހިމެނުނު 62 ފަގީރު ޔަތީމު ކުދިން ވެސް ހިމެނުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox