ފާސްކުރި ބަޖެޓަށް ވުރެ ރައީސް އޮފީހުގެ ހަރަދު 36 މިލިއަން ރުފިޔާ އިތުރު

Apr 23, 2026, 9:47 AM
މުހައްމަދު މުއިއްޒު

މުހައްމަދު މުއިއްޒު

ރައީސް އޮފީހަށް 2024 އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައި ފާސްކުރި ބަޖެޓަށް ވުރެ 36 މިލިއަން ރުފިޔާ އިތުރަށް  ހަރަދުކޮށްފައިވާކަން ހާމަވެއްޖެ އެވެ. 

އޮޑިޓަ ޖެނެރަލް އޮފީހުން އާންމުކުރި އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ރައީސް އޮފީހަށް ހިނގާނެ ހަރަދުގެ ގޮތުގައި ފާސްކޮށްދީފައިވަނީ ޖުމްލަ 204 މިލިއަން ރުފިޔާއެވެ. ނަމަވެސް، މާލީ އަހަރު ނިމުނުއިރު އެ އޮފީހުން ކޮށްފައިވާ ހަރަދުތަކުގެ ޖުމްލަ އަދަދު ވަނީ 240 މިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ ފާސްކުރި ބަޖެޓާ އަޅާބަލާއިރު ގާތްގަނޑަކަށް 17 ޕަސެންޓުގެ އިތުރުވުމެކެވެ.

ބަޖެޓަށް ވުރެ އިތުރަށް ހަރަދުވާން މެދުވެރިވި މައިގަނޑު ސަބަބުތައްވެސް އޮޑިޓް ރިޕޯޓުގައި ވަނީ ތަފްސީލުކޮށްދީފަ އެވެ. އެގޮތުން އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ މުވައްޒަފުންނަށް ދޭ އުޖޫރައާއި އިނާޔަތްތަކަށެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާއާއި އޮފީހުގެ އިސްވެރިން ރާއްޖެއާއި ރާއްޖޭން ބޭރަށް ކުރެއްވި ދަތުރުފަތުރުގެ ހަރަދުތައްވެސް ވަނީ ކަނޑައެޅި ބަޖެޓަށް ވުރެ ބޮޑުތަނުން އިތުރުވެފަ އެވެ.

Advertisement

އޮފީސް ހިންގުމަށް ބޭނުންވާ ތަކެތި ހޯދުމާއި، އިމާރާތާއި ވަސީލަތްތައް މަރާމާތު ކުރުމަށް ކުރި ހަރަދުތައްވެސް ހުރީ ފާސްކުރި މިންވަރަށް ވުރެ މަތީގައެވެ. ހަމައެއާއެކު، ސަރުކާރުން އެކި ފަރާތްތަކަށް ދޭ އެހީއާއި، ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ދައްކަންޖެހޭ އިސްތިރާކާއި، އެކި ދާއިރާތަކަށް ދީފައިވާ ސަބްސިޑީގެ ހަރަދުތައް ވެސް އިތުރުވެފައިވެ އެވެ. 

ހަރަދު އިތުރުވެފައިވާ ދާއިރާތައް

ތަފުސީލްފާސްކުރި ބަޖެޓު (މިލިއަން ރުފިޔާއިން)ހަރަދު (މިލިއަން ރުފިޔާއިން)
މުވައްޒަފުންނަށް ހިނގި ހަރަދު131.8133.8
ދަތުރުފަތުރުގެ ހަރަދު14.933.8
އޮފީސް ހިންގުމުގެ ތަކެތި6.410.7
މަރާމާތު5.212.5
އިޝްތިރާކާއި ސަބްސިޑީ4.36.0

މުވައްޒަފުންނަށް ކޮށްފައިވާ ހަރަދާއި ދަތުރުފަތުރުގެ ހަރަދު ބޮޑުވެފައި ވާއިރު 2024 ވަނަ އަހަރަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮތް އަހަރެވެ. އަދި މި ސަރުކާރުން ގިނަ އަދަދަކަށް ސިޔާސީ މުވައްޒަފުން ރައީސް އޮފީހަށް ވެސް ވައްދާފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox