ހުޅުމާލެއިން ބިން ކުއްޔަށް ދޫކޮށްގެން އެފްއޭއެމްއަށް ލިބުނު 29 މިލިއަން ރުފިޔާ ވަނީ ގެއްލިފައި: އޮޑިޓު

އެފްއޭއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، ބައްސާމް އަލީ ޖަލީލް -- ފޮޓޯ:

އެފްއޭއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، ބައްސާމް އަލީ ޖަލީލް -- ފޮޓޯ:

ހުޅުމާލޭގައި ފުޓްބޯޅަ ޓްރެއިނިން ފެސިލިޓީއެއް ގާއިމުކުރުމަށް ސަރުކާރުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން މެދުވެރިކޮށް އެފްއޭއެމްއަށް ދޫކުރި ބިމުގެ 12 ބްލޮކް ކޮމާޝަލް ބޭނުންތަކަށް ކުއްޔަށް ދޫކޮށްގެން ހަތަރު އަހަރު ތެރޭގައި އެފްއޭއެމްއަށް ލިބުނު 52 މިލިއަން ރުފިޔާގެ ތެރެއިން 29 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

ފުޓުބޯޅަ ޓްރެއިނިން ފެސިލިޓީއެއް ގާއިމު ކުރުމަށް އެފްއޭއެމްއަށް ދޫކުރި ބިމުން ބައެއް ކުއްޔަށް ދިނުމުގެ މުއާމަލާތްތަކާ ގުޅޭ ހާއްސަ އޮޑިޓުގައި ބުނެފައި ވަނީ ހުޅުމާލެއިން އެފްއޭމްއަށް 2021 ވަނަ އަހަރު ދޫކުރި ބިމުގެ ބައެއް ކުއްޔަށް ދޫކޮށްގެން 2025 ގެ ނިޔަލަށް ޖުމުލަ 56 މިލިއަން ރުފިޔާ އެފްއޭއެމްއަށް ލިބެންޖެހޭ ކަމަށެވެ. ނަމަވެސް، އެ ފައިސާގެ ތެރެއިން އެފްއޭއެމްއަށް ލިބި ބަލައިގެންފައިވާކަން ރެކޯޑުތަކުން އެނގެން ފެންނަން ހުރީ 52 މިލިއަން ރުފިޔާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުންޏެވެ.

ސަބްލީސް އެއްބަސްވުންތަކުގެ ދަށުން އެފްއޭއެމްއަށް ލިބުނު ފައިސާގެ ތެރެއިން ޖުމުލަ 29.6 މިލިއަން ރުފިޔާ އެފްއޭއެމްގެ އެއްވެސް ކަމަކަށް ބޭނުން ނުކުރެވި ގެއްލިފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެ ފައިސާގެ ތެރޭގައި ހިމެނެނީ:

  • ބިމުގެ ސްލޮޓްތަކުންނާއި އިމާރާތުގެ ފްލޯތައް ކުއްޔަށް ނެގި ފަސް ފަރާތަކުން ނަގުދު ފައިސާއިންނާއި ޗެކުން ދެއްކި ފައިސާ އެފްއޭއެމްގެ ބައެއް އިސް ފަރާތްތަކުން ބަލައިގަތްކަމަށް ބުނެ ހުށަހަޅާފައިވާ އެފްއޭއެމްގެ ސްޓޭމްޕު އަދި އިސް ފަރާތްތަކުގެ ސޮއި ހިމެނޭ ރަސީދުތަކާއި ޕޭމަންޓް ވައުޗަރުތަކުގެ ޖުމުލަ 14.10 މިލިއަން ރުފިޔާ
  • އެފްއޭއެމްގެ ބޭންކް އެކައުންޓުތަކަށް އެ ސްލޮޓުތަކުގެ ކުލީގެ ގޮތުގައި ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން އަމިއްލަ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ އެކައުންޓުތަކަށް ފޮނުވާފައިވާ 14.07 މިލިއަން ރުފިޔާ
  • އެފްއޭއެމްގެ ބޭންކް އެކައުންޓުތަކަށް ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން އެކި ފަހަރުމަތިން ނަގުދު ފައިސާގެ ގޮތުގައި ނަގާފައިވާ ޖުމުލަ 1.4 މިލިއަން ރުފިޔާ

ކުލީގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން އެފްއޭމްއެމްގެ އިސްވެރިން ބަލައިގަތްކަމަށް ބުނެ ހުށަހަޅާފައިވާ ރަސީދުތަކުން އެނގޭ ގޮތުގައި އެ 14.10 މިލިއަން ރުފިޔާގެ ތެރެއިން 9.9 މިލިއަން ރުފިޔާ ބަލައިގެންފައި ވަނީ އެފްއޭއެމްގެ ޑިރެކްޓާ އޮފް ފައިނޭންސް އެވެ. ބާކީ 3 މިލިއަން ރުފިޔާ އެފްއޭއެމްގެ ރައީސް ބަލައިގެންފައިވާއިރު، 1.2 މިލިއަން ރުފިޔާ ބަލައިގެންފައި ވަނީ އެފްއޭއެމްގެ ސެކްރެޓަރީ ޖެނެރަލް އެވެ.

އެފްއޭއެމްގެ ބޭންކް އެކައުންޓުތަކަށް ކުލީގެ ގޮތުގައި ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން އަމިއްލަ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ އެކައުންޓުތަކަށް ފޮނުވާފައިވާ 14.07 މިލިއަން ރުފިޔާގެ ތެރެއިން 8.9 މިލިއަން ރުފިޔާ، ބޭރު ފައިސާ ގަނެ ވިއްކުމަށް ރެޖިސްޓްރީ ކޮށްފައިވާ އަމިއްލަ ކުންފުންޏެއް ކަމަށްވާ، އެމްއެސް ފައިނޭންސް ކަރެންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ޖަމާކޮށްފައިވާކަމަށް އޮޑިޓު ރިޕޯޓުގައި ބުންޏެވެ.

އެ ފައިސާގެ ބަދަލުގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ އެއްވެސް ހިދުމަތެއް އެ ކުންފުނިން އެފްއޭމްއެމްއަށް އެމްއެސް ފައިނޭންސްއިން ފޯރުކޮށްދީފައިވާކަން އެނގެން ނެތް ކަމަށެވެ. އަދި، އެފްއޭއެމްއަކީ ބޭރު ފައިސާއިން އާމްދަނީ ލިބޭ އިދާރާއަކަށް ވާތީ ބޭރު ފައިސާ ހޯދުމުގެ ބޭނުމުގައި އަމިއްލަ ކުންފުންޏަކަށް އެހާ ގިނަ އަދަދެއްގެ ފައިސާ ފޮނުވާފައި ވަނީ ނާޖާއިޒު މަންފާއެއް ހޯދުމަށް ކަމަށް ބެލެވޭ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

ބާކީ ފަސް މިލިއަން ރުފިޔާ ޖަމާކޮށްފައި ވަނީ އަމިއްލަ ފަރުދުންނާއި އެހެނިހެން ކުންފުނިތަކުގެ އެކައުންޓުތަކަށެވެ. އެ ފައިސާ ޖަމާކޮށްފައި ވަނީ އެފްއޭއެމްގެ އޭރުގެ ޑިރެކްޓާ އޮފް ފައިނޭންސް އާއި އަމިއްލަ ފަސް ފަރުދަކަށާއި ފަސް ކުންފުންޏެއްގެ އެކައުންޓަށް ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ. ނަމަވެސް، އެ ފައިސާ ޖަމާކޮށްފައި ވަނީ ކޮން ބޭނުމެއްގައިކަން އެއްވެސް ލިޔެކިޔުމަކުން އެނގެން ނެތް ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެފްއޭއެމްއަށް 2022 އަދި 2023 ގައި ލިބުނު ފައިސާގެ ތެރެއިން އެ އިދާރާގެ އެކައުންޓުން ނަގާފައިވާ 1.4 މިލިއަން ރުފިޔާ އެފްއޭއެމްގެ ބޭނުމަށް ހަރަދުކޮށްފައިވާކަން އެނގޭ ފަދަ އެއްވެސް ރިކޯޑެއް ފެންނަން ނެތް ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox