ޖޫނިއާ މުބާރާތާ އެކު ނެޓްބޯޅަ އާ މިސްރާބަކަށް

Mar 20, 2022, 6:07 AM
ޖޫނިއާ ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި ބައިވެރިވި ކުޅުންތެރިންނާއިއެކު ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ފޮޓޯ އަކަށް ހުއްޓިގެން: ފޮޓޯ: ނާމް

ޖޫނިއާ ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި ބައިވެރިވި ކުޅުންތެރިންނާއިއެކު ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ފޮޓޯ އަކަށް ހުއްޓިގެން: ފޮޓޯ: ނާމް

ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ނާމް) އިން މުޅިން އަލަށް ބޭއްވި ޖޫނިއާ ނެޓްބޯޅަ ޗެމްޕިއަންޝިޕް ކާމިޔާބުކަމާއިއެކު ނިންމާލައިފި އެވެ.

މާލޭ ކުޅިވަރު އެކުވެނި ނެޓްބޯޅަ ސިންތެޓިކް ކޯޓުގައި ކުރިއަށްދިޔަ މި މުބާރާތުގައި ތިން އުމުރުފުރާ އަކުން 13 ޓީމެއް ވަނީ ވާދަކޮށްފަ އެވެ. އެއީ 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ އިތުރުން 16 އަހަރުން ދަށުގެ އުމުރުފުރާގަ އެވެ. މި މުބާރާތުގައި ޖުމްލަ އެކު 130 ކުޅުންތެރިން ބައިވެރިވި އެވެ.

ނެޓްބޯޅަ ޖޫނިއާ ނެޓްބޯޅަ ޗެމްޕިއަންޝިޕްގެ 12 އަހަރުން ދަށުގެ ފައިނަލުގައި ފިއޮންތީ އެކަޑެމީއާ ވާދަކޮށް ޗެމްޕިއަންކަން ހޯދީ ޕާޕަލް ޗީތާސް އެވެ. ތިން ވަނަ ހޯދީ ގްރީން ވިންގްސް އެވެ. މި އުމުރުފުރާގެ ޑްރީމް ޓީމްގައި ހިމެނެނީ ގްރީން ވިންގްސްގެ ފާތިމަތު ޝައުޝާ ޝާކިރު، ޕާޕަލް ޗީތާސްގެ އާލާ އަހުމަދު އިނާޒް، މަރިޔަމް ނަތާރާ ނަސީރު، މަރިޔަމް އުޔޫން އިގްބާލް، ފިއޮންތި އެކަޑެމީގެ ތާރާ އެލީނާ ޝިފާހު، އާމިނަތު ސާރާ ހަލީމްގެ އިތުރުން ރޯޔަލް ބްލޫގެ އައިޝަތު ނޯޔާ ބިންތި ނަދީމް އެވެ.

މުބާރާތުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ފިއޮންތި އެކަޑެމީ އެވެ. އެއީ ފައިނަލްގައި ޝޫޓިން ސްޓާސް 12-08 އިން ބަލިކޮށްގެންނެވެ. މި އުމުރުފުރާގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ ޗެމްޕިއަން ފިއޮންތީގެ ތަޒްކިޔާ މުހައްމަދު މައުޝޫގް، އާމިނަތު އާނާ، ޝިބާ ހުސައިން ސުހައިލް، ޝޫޓިން ސްޓާސްގެ މަލަކް އިސްމާއިލް މާހިރު، އައިޝަތު ޝިނާ ޝަފީގު، ޒޯޔާ އަލީ މިސްބާހުގެ އިތުރުން ކޯމެޓްސްގެ އައިޝަތު އައިލީން ނަދީމް އެވެ.

ސޯޅަ އަހަރުން ދަށުގެ ފައިނަލުގައި ފިއޮންތީ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ދަންޑަބާޑްސް އެވެ. މި އުމުރުފުރާގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ ޗެމްޕިއަން ތަންޑަބާޑްސްގެ އައިޝަތު ޔަފްއާ އަހުމަދު، އައިޝަތު އައިނީ، އައިޝަތު އީޝަލް އަލީ، އައިޝަތު ޝާޔާ ޝާފީގު، އައިޝަތު މަލަކް އަލީގެ އިތުރުން ފިއޮންތީގެ މަރިޔަމް ސާރާ އިސްމާއިލް އަދި ހަރިކޭންގެ މިޝްކާ އަފްރާހު ހަސަން އެވެ.

ނެޓްބޯޅަ އެސޯސިއޭޝަނުގެ ޖޫނިއާ ޕޫލްގެ ހަރަކާތްތައް ހުއްޓިފައި އޮތުމަށް ފަހު މި ބޭއްވި ޖޫނިއާ މުބާރާތާއިއެކު ނެޓްބޯޅައިގެ އާ ޖީލެއް ބިނާކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ވަނީ އިތުރު ކުރިއެރުންތަކެއް ލިބިފަ އެވެ. މި މުބާރާތަކީ ނެޓްބޯޅައިގެ ހަރަކާތްތައް އާ މިސްރާބަކުން ގޮސް ކުރިއެރުން ލިބޭނެ ކަމެކެވެ.

މި މުބާރާތަކީ އެކުވެނީ އައުޓްޑޯގައި އެޅި ނެޓްބޯޅަ ސިންތެޓިކް ޓްރެކުގައި ބޭއްވި ފުރަތަމަ މުބާރާތެވެ. މި ކޯޓުގައި ސަރަހައްދީ ޖޫނިއާ މުބާރާތެއް ބޭއްވުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. މުބާރާތުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox