ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، މެންޗެސްޓާ ސިޓީގެ ކާމިޔާބާ އެކު މަރެސްކާ އަށް ރެކޯޑެއް

Oct 17, 2026, 10:18 PM
ސިޓީގެ އާލިން ބްރައުޓް ހާލަންޑް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ސިޓީގެ އާލިން ބްރައުޓް ހާލަންޑް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ލަންޑަން (އޮކްޓޫބަރު 17) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާއި ޗެލްސީން ކުޅުނު މެޗުތަކުން މޮޅުވިއިރު، މެންޗެސްޓާ ސިޓީއާ އެކު އެ ޓީމުގެ ކޯޗު، އެންޒޯ މަރެސްކާ، ލީގުގައި ރެކޯޑެއް ގާއިމްކޮށްފި އެވެ. 

އެވަޓަން ދަނޑުގައި ޗެލްސީ މޮޅުވީ ޕެޑްރޯ ނެޓޯ ޖެހި ދެ ގޯލުން 2-0 އިންނެވެ. ދެ ކުޅުންތެރިން މަދުކޮށް މެޗު ނިންމާލި ބްރެންޓްފޯޑް އަތުން ލިވަޕޫލް ވަނީ ފަހަތުން އަރައި 2-1 އިން މޮޅުވެފަ އެވެ. މިއީ، މި ފަހަރުގެ ލީގު ސީޒަނުގައި އެވަޓަން އާއި ބްރެންޓްފޯޑް ބަލިވި ފުަރަތަމަ މެޗުތަކެވެ. 

މި ސީޒަނުގައި ސިޓީއާ ހަވާލުވި މަރެސްކާ ވަނީ މިރޭ އަމިއްލަ ދަނޑުގައި ސިޓީ އަށް 3-2 އިން އިޕްސްވިޗް ޓައުން އަތުން މޮޅެއް ހޯދައިދީފަ އެވެ. މިއާ އެކު، މަރެސްކާ ވެފައިވަނީ، ޓީމަކާ ހަވާލުވެ، އާ ސީޒަނެއްގައި ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވި ފުރަތަމަ ކޯޗަށެވެ. 

Advertisement

އެވަޓަން ދަނޑުގައި ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު، އެމިލިއާނޯ މާޓިނޭޒަށް ލިބުނު ސީރިއަސް އަނިޔާއަކާ ހެދި، ސްޓްރެޗަރުގައި ދަނޑުން ބޭލިއިރު، ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ އެވެ. ޗެލްސީން މި މެޗުގައި އެވަޓަން އަތުން މޮޅުވިއިރު ލަނޑުތައް ޖެހީ ދެ ވަނަ ހާފުގެ ކުރީކޮޅާއި ފަހުކޮޅުގަ އެވެ. 

ބްރެންޓްފޯޑް ދަނޑުގައި އެ ޓީމުން، ކީން ލެވިސް ޕޮޓާ ބޮލުން ޖެހި ގޯލުން ލީޑުނަގާފައިވަނިކޮށް، އެ ޓީމުގެ ޔެހޯ ޔަރްމޮލަކަށް ވަނީ ރަތެއް ދައްކައިފަ އެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިގައި ޔަރްމޮލަކް އަށް ރަތެއް ދެއްކީ، ބޯޅަ ނެތިސް ލިވަޕޫލްގެ ޖެރެމީ ޖަކޭ އަށް ފައުލުކުރުމުންނެވެ. 

ލިވަޕޫލްގެ އިސާކް އާއި ބާކޮލާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
ލިވަޕޫލްގެ އިސާކް އާއި ބާކޮލާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ލިވަޕޫލުން ދެ ވަނަ ހާފުގައި ނަތީޖާ ހަމަހަމަކުރީ ޑެނިއަލް މުނޯޒް ޖެހި ގޯލުންނެވެ. އަދި، ފުރަތަމަ ހާފުގައި ލަނޑު ޖަހަން ލިބުނު ރަނުގެ ފުރުސަތެއް ނަގާލި ބްރެޑްލީ ބާކޮލާ ތަނަވަސްކޮށްދިން ފުރުސަތަކުން ލިވަޕޫލް މޮޅުވި ލަނޑު ޖެހީ އަނިޔާ އިން ރަނގަޅުވެ، މި މެޗުގައި ކުޅުނު އަލެކްސަންޑަ އިސާކް އެވެ. ލިވަޕޫލުން ތިން ވަނަ ލަނޑެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރި މި މެޗުގައި ބްރެންޓްފޯޑްގެ ކެޕްޓަން، ވައިޓާލީ ޔަނެލްޓް އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތެއް ދައްކައިފަ އެވެ. 

ސިޓީން އަމިއްލަ ދަނޑުގައި ލީޑުނެގީ ޖެރެމީ ޑޮކޫ ދިން ބޯޅައަކުން ފިލް ފޯޑެން ޖެހި ލަނޑުންނެވެ. އެކަމަކު، އިޕްސްވިޗްގެ ޑައެޒަން މައޭޑާ ވަނީ ލަނޑު ޖަހައި އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. އާލިން ބްރައުޓް ހާލަންޑް އެ ފަހުން ދެ ލަނޑު ޖަހައި، ސިޓީ އަށް ރަނގަޅު ލީޑެއް ނަގައިދިނެވެ. އެކަމަކު، ސިޓީގެ މާކް ގޭހީ ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުން އިޕްސްވިޗުން ވަނީ މެޗު ނިމެން ކުޑަވަގުުތުކޮޅަަކަށް ވެފައިވަނިކޮށް ދެ ވަނަ ލަނޑު ޖަހައިފަ އެވެ. މި ލަނޑު ޖަހައިދިނީ، ޒިއާން ފްލެމިން އެވެ. 

ލީގުގައި މިރޭ ފުލަމް އިން ވަނީ 1-0 އިން ހަލް ސިޓީ ބަލިކޮށްފަ އެވެ. މިއީ، އަލްވާރޯ އާބެލޯއާ ކޯޗުކޮށްދޭ ފުލަމް އިން މި ފަހަރުގެ ލީގުގައި މޮޅުވި ފުރަތަމަ މެޗެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox