މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމްކޮށްލި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
މި ހަމަލާގައި ޒަހަމްވީ ބިދޭސީ ފިރިހެނަކަށް ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ. އޭނާ އަށް ހަމަލާ ދީފައި ވަނީ ޗާންދަނީ މަގާއި ކުރިކީލަ މަގު ގުޅޭ ހިސާބުންނެވެ.
އެ މީހާއަށް ލިބުނު އަނިޔާތަކާ ގުޅިގެން އޭނާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފަ އެވެ.
ނަމަވެސް، އެމީހާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލު ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ. އެމީހާގެ ހާލު ސީރިއެސް ކަމެއް ނުވަތަ ނޫން ކަމެއްވެސް އަދި އެނގިފައި ނުވެ އެވެ.

ފުލުހުން ބުނީ އެކަން ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް ލިބިފައި ވަނީ މިރޭ އިރުއޮއްސި ހަތެއް ޖެހިފަހުން ކަމަށާއި، އެވަގުތުން ފެށިގެން އެ ސަރަހައްދުގައި އޮފިސަރުން ހަރަކާތްތެރިވަމުންދާއިރު މިހާރު އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.













