މާރާމާރީއެއްގެ މައްސަލައެއްގައި މަޝްހޫރު ވޮލީ ކުޅުންތެރިންތަކެއް ކެޔޮދޫއިން ހައްޔަރުކޮށްފި

މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މީހުން ފޮޓޯގެ މެދުގައި: އެ ތިން މީހުން ހައްޔަރުކުރީ 58 އަހަރުގެ މީހަކާ މާރާމާރީ ހިންގައިގެން

މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މީހުން ފޮޓޯގެ މެދުގައި: އެ ތިން މީހުން ހައްޔަރުކުރީ 58 އަހަރުގެ މީހަކާ މާރާމާރީ ހިންގައިގެން

މާރާމާރީއެއްގެ މައްސަލައެއްގައި މަޝްހޫރު ވޮލީ ކުޅުންތެރިން ކަމަށްވާ އަހްމަދު ފައިރޫޒް އާއި އަހްމަދު ފާޒިލް އާއި އިތުރު މީހަކު މިދިޔަ ބުރާސްފަތި ދުވަހު ވ. ކެޔޮދޫއިން ހައްޔަރުކޮށްފި އެވެ. 

ފުލުހުން ބުނީ މި މާރާމާރީގައި 58 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެގެން ކެޔޮދޫ ސިއްހީ މަރުކަޒުގައި ފަަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. 

މި މައްސަލައާ ގުޅިގެން ދެބެއިން ކަމަށްވާ ފައިރޫޒް އާއި ފާޒިލްގެ އިތުރުން ދެން ހައްޔަރުކުރީ މުހައްމަދުފުޅު ނަމަކަށް ކިޔާ މީހެކެވެ. އޭގެ ތެރެއިން ދެ މީހެއްގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާއިރު، އަނެކަކުގެ ބަންދަށް ޖަހާފައިވަނީ ތިން ދުވަހެވެ. 

 އަދަދު އަށް އެނގިފައިވާ ގޮތުގައި ކެޔޮދޫ ކެފޭއެއް ކައިރީގައި ހިނގި މި މާރާމާރީގައި ފައިރޫޒް އާއި ފާޒިލް އަދި މުހައްމަދުފުޅު ވަނީ 58 އަހަރުގެ މީހާ ބިންމައްޗަށް ވައްޓާލައި އަނިޔާކޮށްފަ އެވެ. 

ހައްޔަރުކުރި މީހުންގެ ތެރެއިން ފައިރޫޒްއަކީ ގައުމީ ވޮލީ ޓީމުގައި ހިމެނި ފުލް ޓީމަށް ކުޅޭ ކުޅުންތެރިޔެކެވެ. އޭގެއިތުރުން އޭނާއަކީ ސަރުކާރު ހިންގާ ޕީއެންސީގެ ކެޔޮދޫ ދާއިރާގެ ޒުވާނުންގެ ރައީސް އެވެ. 

މިކަމާ ގުޅިގެން ފައިރޫޒްއަށް ވޮލީ ގައުމީ ޓީމުން އެއްވެސް ފިޔަވަޅެއް އެޅިކަމެއް މިހާތަނަށް ސާފެއް ނުވެ އެވެ. ނަމަވެސް އޭނާގެ މައްސަލަ ޓީމުން ބަލާނެ ކަމަށް ބެލެވެ އެވެ. 

މައްސަލައާ ގުޅިގެން ހައްޔަރުކުރި ފާޒިލްއަކީ މީގެކުރިން ގައުމީ ވޮލީ ޓީމުގައި ހިމެނިގެން ކުޅެފައިވާ ކުޅުންތެރިޔަކަށްވާއިރު، އޭނާ އަންނަނީ ނެޝަނަލް ލެވެލްގައި އަދިވެސް ކުޅެމުންކަން ފާހަގަކުރެވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox