ފުލުހުންގެ އިސްވެރިން އެފްބީއައިއާއެކު މައުލޫމާތު ހޯދުމުގެ ބައްދަލުވުމެއް ބާއްވައިފި

ފުލުހުންގެ އިސްވެރިން އެމެރިކާއަށް ކުރެއްވި ދަތުރުގެ ތެރެއިން. އެ ދަތުރުގައި ފުލުހުން ވަނީ އެފްބީއައިއާއެކު ބައްދަލުވުމެއް ބާއްވާފަ. ފޮޓޯ: އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓް/ޓްވިޓާ

ފުލުހުންގެ އިސްވެރިން އެމެރިކާއަށް ކުރެއްވި ދަތުރުގެ ތެރެއިން. އެ ދަތުރުގައި ފުލުހުން ވަނީ އެފްބީއައިއާއެކު ބައްދަލުވުމެއް ބާއްވާފަ. ފޮޓޯ: އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓް/ޓްވިޓާ

ދިވެހި ފުލުހުންގެ ހިދުމަތުގެ އިސްވެރިން މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެމެރިކާގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ ކައުންޓަޓެރަރިޒަމް، ބައިނަލްއަގްވާމީ އޮޕަރޭޝަންސް ޑިވިޝަންތަކާއެކު މައުލޫމާތު ހޯދުމުގެ ޓްރެއިނިން ބައްދަލުވުމެއް ބާއްވައިފި އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒް އަދި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްުލް މަންނާނު ޔޫސުފް އިސްވެ ހުންނަވައި ކުރައްވާ އެ ދަތުރަކީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ފަންޑުކޮށްގެން ކުރިޔަށްގެންދާ ސްޓަޑީ ޓުއާ ދަތުރެކެވެ.

އެ ދަތުރުގައި ރާއްޖޭގެ ފުލުހުންނާއި އެމެރިކާގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް ނުރައްކާތެރި ކުށްތައް ތަހުގީގުކުރުމުގައި އިދާރާތަކުގެ މެދުގައި ދަނެގަނެވިފައިވާ އެކި މައުލޫމާތު ވަނީ ބަދަލުކުރެވިފަ އެވެ.

Advertisement

އެ ދަތުރު މިހާރު ނިމިފައިވާއިރު ދަތުރުގެ ބައިވެރިން ވަނީ މިއަދު އެމެރިކާގެ އެފްބީއައި އާއި ބައްދަލުކޮށް އެ އެޖެންސީގެ ބައިނަލްއަގުވާމީ މަސައްކަތްތަކާއި ގުޅޭ ގޮތުން މައުލޫމާތު ހޯއްދަވާފަ އެވެ. އަދި އެ އެޖެންސީގެ ކައުންޓަޓެރަރިޒަމް ޑިވިޝަނާއި ބައިނަލްއަގުވާމީ އޮޕަރޭޝަންސްއާ ގުޅޭ ޑިވިޝަނު ވެސް މަސައްކަތްކުރާ ގޮތް ދަތުރުގައި ބައިވެރިވި ރާއްޖޭގެ ފުލުހުންގެ ހިދުމަތުގެ އިސްވެރިން ވަނީ އޮޅުންފިލުވި އެވެ.

އެ ދަތުރަކީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުގެ އިންޓަނޭޝަނަލް ކްރިމިނަލް އިންވެސްޓިގޭޓިވް ޓްރެއިނިން އެސިސްޓެންސް ޕްރޮގްރާމްގެ ދަށުން ކުރި ދަތުރެކެވެ.

ދަތުރު މިހާރު ނިންމާލާފައިވާއިރު ދަތުރުގެ ބައިވެރިން ވަނީ އެމެރިކާގެ ނިއު ޔޯކުގައި މިވަގުތު ހުންނެވި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އަރިހަށް ވެސް ޒިޔާރަތްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox