ހުލާސާކޮށް އިއްޔެ: ހުޅުމާލެ ކޯޓު އުވާލުމުގެ މަސައްކަތް ޖޭއެސްސީން ފެށުން

ހުޅުމާލެ ކޯޓުގެ ނަން ބޯޑު. އެ ކޯޓު އުވާލުމުގެ މަސައްކަތް ކުރިޔަށްގެންދާނެ ކަމަށް ޖޭއެސްސީން ވަނީ ބުނެފައި -- ފޮޓޯ: ފައިލް

ހުޅުމާލެ ކޯޓުގެ ނަން ބޯޑު. އެ ކޯޓު އުވާލުމުގެ މަސައްކަތް ކުރިޔަށްގެންދާނެ ކަމަށް ޖޭއެސްސީން ވަނީ ބުނެފައި -- ފޮޓޯ: ފައިލް

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުފައްދާފައި އޮތީ ގާނޫނާ އެއްގޮތަށް ކަމަށް ކުރީގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައި އޮތް ނަމަވެސް އެ ހުކުމަށް ނުބަލައި، ކޯޓު އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމީ އިއްޔެ އެވެ.

ހުޅުމާލެ ކޯޓު އުފެއްދީ ރަނގަޅަށް ކަމަށް ކުރީގެ ސުޕްރީމް ކޯޓުން ކަނޑައެޅީ ޑިސެމްބަރު 5، 2012 ގަ އެވެ. އެ ނިންމުން އެންމެ މަތީ ކޯޓުން އަލުން މުރާޖައާ ކުރުމަށް މިފަހުން ޖޭއެސްސީން އަލުން ހުށަހެޅި އެވެ. ނަމަވެސް މި ހިނގާ ފެބްރުއަރީ 8، ގައި ކޯޓުން ނިންމީ އެ މައްސަލަ ނުބެލުމަށެވެ.

ޖޭއެސްސީން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި އޮތީ ސުޕްރީމް ކޯޓުން އެ މައްސަލަ މުރާޖައާ ނުކުރުމަށް ނިންމި ނަމަވެސް، "ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމައްޓަކައި ކުރަންޖެހޭ މަސައްކަތްތައް މި ދަނީ ކުރަމުން" ކަމަށެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން އިއްޔެ ބުނީ މައްސަލަ މުރާޖައާ ނުކުރުމަށް ސުޕްރީމް ކޯޓުން ނިންމީ "ގާނޫނީ ބޮޑު ފުށުއެރުމެއް އަދި ފާޅުކަން ބޮޑު ބޭއިންސާފެއް" ހުކުމުގައި ފެންނަން ނެތުމުން ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ހަވާލާދެވުނު ނިޔާ ބިނާވެފައި ވަނީ ކަނޑައެޅިގެން ގާނޫނާ ހިލާފަށް އަދި ހަގީގަތާ ވެސް ހިލާފު ކަންތައްތަކެއްގެ މައްޗަށް،" ޖޭއެސްސީން އިއްޔެ ނެރުނު ބަޔާނުގައިވެ އެވެ.

އެކަމާ ގުޅިގެން އިއްޔެ ކުރެއްވި ޓްވީޓެއްގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވީ އެއީ ސިޔާސީ މަގްސަދެއް ހާސިލްކުރުމަށް އުފެއްދި ކޯޓެއް ކަމަށެވެ.

"ގާނޫނާ ހިލާފު އެ ނިންމުން ނަގަހައްޓާފައިވަނީ 2012/SC-S/31 ގަޒިއްޔާއިން. ގާނޫނުގައި ނެތް ކަމެއް ގާނޫނާ އެއްގޮތަށް ނުކުރެވޭނެ! ގާނޫނީ މިބޮޑު ފުށުއެރުން/ފާޅުކަން ބޮޑު ބޭއިންސާފު ރަނގަޅު ކުރުމަށް ގާނޫނު އިސްލާހު ކުރާނަން،" ރިފްއަތު އިއްޔެ ވިދާޅުވި އެވެ.

އިއްޔެ ޖޭއެސްސީގެ ރައީސް ހިސާން ހުސައިން މި މައްސަލައާ ގުޅިގެން "އަދަދު" އަށް ވިދާޅުވި ގޮތުގައި ޝަރުއީ ނިންމުމެއް ބަދަލުކުރަން ގާނޫނަށް އިސްލާހު ގެނެއުމަކީ ޝަރުއީ ކޯޓެއްގެ ނިންމުމަކަށް ގޮންޖެހުމެއް ނޫނެވެ. ނުވަތަ އެ ހުކުމެއްގެ ހުރުމަތް ކަނޑާލުމެއްވެސް ނޫނެވެ.

"މިސާލަކަށް އެއީ ސުޕްރިމް ކޯޓުގެ ނިންމުމަކުން ކަނޑައެޅޭ ޕޮލިސީއަކާ [އުސޫލަކާ] ޑީވިއޭޓް [ހިލާފު] ނުވެވޭނެ އެކޭ ނޫން، އެ ޕޮލިސީއަކަށް ބަދަލު ގެންނަން އެމީހުން [ސުޕްރީމް ކޯޓުން] ސެޓް ކުރި ޑައިރެކްޝަން ޗޭންޖް ކުރަން ބޭނުންވެއްޖިއްޔާ [އުސޫލު ބަދަލުކުރަން ބޭނުންނަމަ] ގާނޫނު ހަދައިގެން އެ [ބަދަލު] ކުރެވޭނެ،" ހިސާން ވިދާޅުވި އެވެ.

ކޯޓުތަކާ ބެހޭ ގާނޫނުގައި ބުނެފައި އޮތީ މާލޭގައި އުފައްދޭނީ ސުޕީރިއާ ކޯޯޓުތައް ކަމަށެވެ. އެ ގާނޫނުގައި ބުނެފައިވާ ގޮތުން މާލެ ނޫން ރަށްރަށުގައި އުފެއްދޭނީ މެޖިސްޓްރޭޓް ކޯޓެވެ. ގާނޫނުއަސާސީގައި މާލެ މާނަކޮށްފައި އޮތީ ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެންނެވެ.

ބައެއް މުހިންމު ހަބަރުތައް

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާގެ ތަހުގީގުގެ ކަންކަން ހިނގައިދާ ގޮތް ގާތުން ބަލައި ފާރަވެރިވުމަށް "މޭ ހައެއް" ނަމުގައި އެ ޕާޓީން އުފައްދާފައިވާ ކޮމިޓީއާ އެމަނިކުފާނު ފުރަތަމަ ފަހަރަށް ބައްދަލުކުރެއްވީ އިއްޔެ އެވެ.
  • ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކްގައި ޓެރަރިޒަމް ފެތުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރި ކަމަށް ބުނާ އަދި ޓެރަރިސްޓު ޖަމާއަތް އައިސިސްގެ ފަރާތުން ފައިސާ ހޯދި ކަމަށް ތުހުމަތު ކުރެވޭ ހދ. ނޭކުރެންދޫ، ޝާޒިން، އަހުމަދު މުނާޒް ނުވަތަ "އަބޫ ޔޫސުފް" ގެ މައްޗަށް އުފުލި ދައުވާތައް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށް ރިޕޯޓްކުރީ އިއްޔެ އެވެ.
  • އާއިލާއެއް އެކުގައި އުޅޭ ކަމުގައި ވަނީ ނަމަ ދެ ކޮޓަރީގެ ފްލެޓެއް ނޫނީ ގެއެއް އެއީ ހައްލެއް ނޫން ކަމަށާއި އެ ފަދަ ތަންތަނުގެ ޖާގަ އެއަށް ވުރެ ތަނަވަސްކޮށް ހުންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުފައްދާފައި އޮތީ ގާނޫނާ އެއްގޮތަށް ކަމަށް ކުރީގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައި އޮތް ނަމަވެސް އެ ހުކުމަށް ނުބަލައި، ކޯޓު އުވާލުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމީ ކީއްވެގެންތޯ "އަދަދު" އިން ސުވާލު ކުރުމުން އެ ކޮމިޝަންގެ ރައީސް ހިސާން ހުސައިން ވިދާޅުވީ:

"އަސްލު ވަރަށް ބޮޑު ކޮންފިއުޝަންއެއް [އޮޅުމެއް] އެއީ މީހުންގެ ތެރޭގައި އޮންނަ، ސުޕްރީމް ކޯޓުގެ ނިންމުމެއް އޮތީމަ ދެން ނިމުނީހޭ؟ އެކަމަކު އެއީ އަލްޓިމޭޓް ޑިސިޝަން (އެންމެ ފަހުގެ ނިންމުމެއް) ނޫން އެއީ އަސްލު، އެވެސް ކޮންމެސް ތަނަކުން ބަދަލު ކުރެވޭނެ އެއްޗެއް،"

ދުވަހުގެ ފޮޓޯ

ކާށިދޫ ކުރުހިންނަ ތަރާގަނޑު މިހާރު ހުރި ގޮތް. 1996 ވަނަ އަހަރު ކާށިދޫ ކުރުހިންނަ ތަރާގަނޑު ހޯދިއިރު އެތަނުގައި އެކިވަރުގެ 64 ބިނާ ހަދާފައި ހުރި. އެތަން އަލުން ސާފުކުރުމުގެ މަސައްކަތް މިހާރުގެ ކައުންސިލުން ފެށި އިރު އެތަން އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި. އެތަން ތަރައްގީކުރުމަށް އެ ރަށުގެ ކައުންސިލްގެ ޕްލޭނެއް އެބައޮތް -- ފޮޓޯ: އާއިމް ޒަމީރު/އަދަދު
ކާށިދޫ ކުރުހިންނަ ތަރާގަނޑު މިހާރު ހުރި ގޮތް. 1996 ވަނަ އަހަރު ކާށިދޫ ކުރުހިންނަ ތަރާގަނޑު ހޯދިއިރު އެތަނުގައި އެކިވަރުގެ 64 ބިނާ ހަދާފައި ހުރި. އެތަން އަލުން ސާފުކުރުމުގެ މަސައްކަތް މިހާރުގެ ކައުންސިލުން ފެށި އިރު އެތަން އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި. އެތަން ތަރައްގީކުރުމަށް އެ ރަށުގެ ކައުންސިލްގެ ޕްލޭނެއް އެބައޮތް -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

ކާށިދޫ ކުރުހިންނަ ތަރާގަނޑު މިހާރު ހުރި ގޮތް. 1996 ވަނަ އަހަރު ކާށިދޫ ކުރުހިންނަ ތަރާގަނޑު ހޯދިއިރު އެތަނުގައި އެކިވަރުގެ 64 ބިނާ ހަދާފައި ހުރި. އެތަން އަލުން ސާފުކުރުމުގެ މަސައްކަތް މިހާރުގެ ކައުންސިލުން ފެށި އިރު އެތަން އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި. އެތަން ތަރައްގީކުރުމަށް އެ ރަށުގެ ކައުންސިލްގެ ޕްލޭނެއް އެބައޮތް -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"ލީގަލް އެންޑް ޖަސްޓިސް ސެކްޓާ ބޭސްލައިން ސްޓަޑީ"

މިއީ 2015 ވަނަ އަހަރު ޔޫއެންޑީޕީ އިން ރާއްޖޭގެ ޝަރުއީ ނިޒާމާ ގުޅޭގޮތުން ޝާއިއުކޮށްފައިވާ ދިރާސާއެކެވެ. މި ދިރާސާގައި ވަނީ އޭގެ ވިއްސަކަށް އަހަރު ކުރިން ފެށިގެން ރާއްޖޭގެ ޝަރުއީ ނިޒާމަށް އައިސްފައިވާ ބަދަލުތަކާއި، އެ ބަދަލުތަކުގެ ސަބަބުން ލިބިފައިވާ ކުރިއެރުންތަކަށް ބަލާލާފަ އެވެ. އަދި، ވަކިކޮޅަކަށް ނުޖެހި ދެފުށް ފެންނަ ގޮތަށް ޝަރުއީ ނިޒާމް ހިންގުމުގައި ދިމާވެފައިވާ ގޮންޖެހުންތައް ވެސް ގެނެސްދީފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox