ސުޕްރީމް ކޯޓުގެ ހުކުމާ ހިލާފަށް ޖޭއެސްސީން ހުޅުމާލެ ކޯޓު އުވާލަން ނިންމައިފި

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބޯޑު. ގާނޫނުއަސާސީ ގައި ބުނެފައި އޮތީ މާލޭގައި އުފެއްދޭނީ ސުޕީރިއާ ކޯޓުތައް އެކަނި ކަމަށް -- ފޮޓޯ:

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބޯޑު. ގާނޫނުއަސާސީ ގައި ބުނެފައި އޮތީ މާލޭގައި އުފެއްދޭނީ ސުޕީރިއާ ކޯޓުތައް އެކަނި ކަމަށް -- ފޮޓޯ:

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުފައްދާފައި އޮތީ ގާނޫނާ އެއްގޮތަށް ކަމަށް ކުރީގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައި އޮތް ނަމަވެސް އެ ހުކުމަށް ނުބަލައި، ކޯޓު އުވާލުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

ހުޅުމާލެ ކޯޓު އުފެއްދީ ރަނގަޅަށް ކަމަށް ކުރީގެ ސުޕްރީމް ކޯޓުން ކަނޑައެޅީ ޑިސެމްބަރު 5، 2012 ގަ އެވެ. އެ ނިންމުން އެންމެ މަތީ ކޯޓުން އަލުން މުރާޖައު ކުރުމަށް މިފަހުން ޖޭއެސްސީން އަލުން ހުށަހެޅި އެވެ. ނަމަވެސް މި ހިނގާ ފެބްރުއަރީ 8، ގައި ކޯޓުން ނިންމީ އެ މައްސަލަ ނުބެލުމަށެވެ.

ކޯޓުތަކާ ބެހޭ ގާނޫނުގައި ބުނެފައި އޮތީ މާލޭގައި އުފައްދޭނީ ސުޕީރިއާ ކޯޯޓުތައް ކަމަށެވެ. އެ ގާނޫނުގައި ބުނެފައިވާ ގޮތުން މާލެ ނޫން ރަށްރަށުގައި އުފެއްދޭނީ މެޖިސްޓްރޭޓް ކޯޓެވެ. ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި އޮތީ ގާނޫނުއަސާސީގައި މާލެ މާނަކޮށްފައި އޮތީ ހުޅުމާލެ އަދި ވިލިމާލެ ވެސް ހިމެނޭ ގޮތަށް ކަމަށެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި އޮތީ ސުޕްރީމް ކޯޓުން އެ މައްސަލަ މުރާޖައު ނުކުރުމަށް ނިންމި ނަމަވެސް، "ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމައްޓަކައި ކުރަންޖެހޭ މަސައްކަތްތައް މި ދަނީ ކުރަމުން" ކަމަށެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނެފައި އޮތީ މައްސަލަ މުރާޖައު ނުކުރުމަށް ސުޕްރީމް ކޯޓުން ނިންމީ "ގާނޫނީ ބޮޑު ފުށުއެރުމެއް އަދި ފާޅުކަން ބޮޑު ބޭއިންސާފެއް" ހުކުމުގައި ފެންނަން ނެތުމުން ކަމަށެވެ.

އޭގެ އިތުރުން، ހުޅުމާލެ ކޯޓުގެ ގާނޫނީ ހައިސިއްޔަތާމެދު 2012 ވަނަ އަހަރު ސުޕްރީމް ކޯޓުން ނެރެފައިވާ ހުކުމަކީ ގާނޫނާ އަދި ހަގީގަތާ ހިލާފަށް ކުރި ހުކުމެއް ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ހަވާލާދެވުނު ނިޔާ ބިނާވެފައި ވަނީ ކަނޑައެޅިގެން ގާނޫނާ ހިލާފަށް އަދި ހަގީގަތާ ވެސް ހިލާފު ކަންތައްތަކެއްގެ މައްޗަށް،" ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox