ފުލުހުން ބޮޑީ ކެމެރާ ބޭނުން ކުރަން ފަށައިފި

"ބޮޑީ ވޯން ކެމެރާ" ނުވަތަ ގައިގައި ހަރުކުރާ ކެމެރާ ހަރުކޮަށްފައިވާ ފުލުހެއް: ފުލުހުން މިހާރު އަމަލު ކުރަމުންދާ އާ ގާނޫނުގެ ދަށުން ފުލުހުންގެ ހިންގުމުގެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާކަމަށް ސީޕީ ވިދާޅުވޭ--/ ފޮޓޯ: ޕޮލިސް

"ބޮޑީ ވޯން ކެމެރާ" ނުވަތަ ގައިގައި ހަރުކުރާ ކެމެރާ ހަރުކޮަށްފައިވާ ފުލުހެއް: ފުލުހުން މިހާރު އަމަލު ކުރަމުންދާ އާ ގާނޫނުގެ ދަށުން ފުލުހުންގެ ހިންގުމުގެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާކަމަށް ސީޕީ ވިދާޅުވޭ--/ ފޮޓޯ: ޕޮލިސް

"ބޮޑީ ވޯން ކެމެރާ" ނުވަތަ ގައިގައި ހަރުކުރާ ކެމެރާ މިއަދު ފުލުހުން ބޭނުން ކުރަން ފަށައިފި އެވެ.

އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާގައި ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް އެންޓް ޓެކްނޮލަޖީ މިނިސްޓްރު އައިޝަތު ޝައުނާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދު ބޭނުންކުރަން ފަށާފައި ވަނީ 200 ކެމެރާ އެވެ. އޭގެ އިތުރުން ވެސް 1200 ކެމެރާ ހޯދުމަށް މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ކޮވިޑާ ގުޅިގެން ބޮޑީ ކެމެރާ ބޭނުން ކުރަން ފެށުން ލަސްވި ކަމަށެވެ. ނަމަވެސް ކެމެރާގެ ވަސީލަތާއެކު ފުލުހުންގެ ހިދުމަތަށް ރައްޔިތުންކުރާ ކުރާ އިތުބާރު ބޮޑުވެގެންދާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.

"ބޮޑީ ކެމް ބޭނުން ކުރަން މި ފަށަނީ ބޭނުން ކުރާނެ ގޮތް އެކުލަވާލެވި ބޭނުން ކުރާނެ ފުލުހުން ތަމްރީން ކުރެވިގެން. އަދި މިފަދަ ޒަމާނީ ޓެކްނޮލިޖިކަލް ވަސީލަތެއް ހިފައިގެން ފުލުހުންގެ މަގްސަދުތައް ހާސިލް ކުރުމަށް ފެށުން،" ސީޕީ ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ ބޮޑީ ވޮން ކެމެރާ ބޭނުން ކުރާ ހަމައެކަނި ބޭނުމަކީ ފުލުހުން ގޯސްކަމެއް ކުރާތޯ ބަލާ ފާރަވެރިވެ، ފިޔަވަޅު އެޅުން ނުން ކަމަށާއި ފުލުހުންގެ ތަފާތު ގިނަ މަގްސަދުތައް ހާސިލް ކުރުމަށް ބޮޑީ ކެމެރާގެ ސަބަބުން އެހީތެރިކަން ލިބޭނެ ކަމަށެވެ.

އެގޮތުން ފުލުހުންގެ މައްޗަށް ކުރާ ދޮގު ތުހުމަތުތަކާއި އަސްލެއް ނެތް އިލްޒާމް ތަކަށް ޖަވާބުދާރީވެ، ހަގީގަތް ހާމަކޮށްދިނުމުގައި އެހީތެރިވެދޭނެ ކަމަށް ސީޕީ ވިދާޅުވި އެވެ.

"މީގެ ސަބަބުން އެންމެ މުހިންމު މަންފާއެއް ކުރާނީ ހާލަތާ ބައްދަލުވާ ރައްޔިތުން. އެއާއެކު ކުރިމަތިލާ އޮފިސަރަށްވެސް ރައްކާތެރިކަން ލިބޭނެ. ފުލުހުންނަށް ކުރާ ތުހުމަތު ތަކަށް ސާފު ހައްލެއް މިކަމުން ހޯދައިދޭނެ،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

އޭގެ އިތުރުން މިނިސްޓަރު ޝައުނާ ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުން ބަލައިގަންނަ ތަނަކަށް ހެދުމަށް މި ސަރުކާރުން ގިނަ މަސައްކަތް ތަކެއް ކުރާ ކަމަށެވެ.

"މިއަދު މި ތައާރަފް ކުރެވޭ ދިވެހި ފުލުހުންގެ ބޮޑީ ކެމެރާ ބޭނުން ކުރަން ފެށުމަކީ ފުލުހުން ރިފޯމްކޮށް ފުލުހުންގެ ހިދުމަތަކީ މިހާރަށްވުރެ ބޮޑަށް ރައްޔިތުންގެ އިރުބާރު ލިބިފައިވާ ބަޔަކަށް ހެދުމަށް ރައީސް ވެ ވަޑައިގެންނެވި ވައުދު ފުއްދުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ވަސީލަތެއް،" މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.

އެގޮތުން މި ވަސީލަތާއެކު ފުލުހުންނަކީ ޒިންމާދާރު އަދި ޖަވާބުދާރީވާ ހިދުމަތެއް ފޯރުކޮށްދޭ ބަޔަކަށްވުމަށް ވަރަށް ބޮޑަށް އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެންމެ ފުރަތަމަ ފުލުހުން އިއުލާން ކުރީ 1400 ބޮޑީ ކެމެރާ ހޯދުމަށެވެ. ނަމަވެސް ފަހުން ވަނީ އެ އަދަދު 200 އަށް ބަދަލުކޮށްފަ އެވެ. އަޖުމަ ބެލުމުގެ ގޮތުން ބޮޑީ ކެމަރާތަކެއް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބޭނުން ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox