ހުލާސާކޮށް އިއްޔެ: 30 ޕަސެންޓުގެ އިސްލާހަށް އިދިކޮޅުގެ ފާޑުކިޔުން

ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު: ވިދާޅުވީ 30 ޕަސެންޓަކީ ރިޔާސީ ކެންޑިޑޭޓަކު އިންތިހާބުވުމަށް މާ މަދު އަދަދެއް ކަމަށް -- ފޮޓޯ: އަދަދު ފައިލް

ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު: ވިދާޅުވީ 30 ޕަސެންޓަކީ ރިޔާސީ ކެންޑިޑޭޓަކު އިންތިހާބުވުމަށް މާ މަދު އަދަދެއް ކަމަށް -- ފޮޓޯ: އަދަދު ފައިލް

ރިޔާސީ އިންތިހާބުގައި މަދުވެގެން 30 ޕަސެންޓް ލިބިގެން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާނެ ގޮތަށް ގާނޫނުއަސާސީއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންނަވަން އުޅޭ އިސްލާހަށް ތާއީދު ނެތްކަން އިދިކޮޅު ސިޔާސީ ޕާޓީން ހާމަ ކުރީ އިއްޔެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ނަޝީދު ތަފްސީލުކޮށްދެއްވީ އެމަނިކުފާނު ވިދާޅުވާ ގޮތުން ނަމަ ކޯލިޝަނަކާ ނުލައި ވެރިކަމަކަށް އާދެވޭނެ މަގެކެވެ. އަދި އެއީ "ރައްޔިތުން އެދޭ ގޮތަށް" އެމްޑީޕީއަށް ކުރިއަށް އޮތް ފަސް އަހަރު ވެސް ވެރިކަމުގައި ދެމިއޮވެވިދާނެ މަގެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް ނަޝީދުގެ ވިސްނުންފުޅު ބަލައިނުގަންނާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ވަނީ އިއްޔެ ބުނެފަ އެވެ. އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ އާދަމް ޝަރީފް އުމަރު ވިދާޅުވީ 30 ޕަސެންޓަކީ ރައީސަކު އިންތިހާބު ކުރުމަށް "މާ ދަށް" އަދަދެއް ކަމަށެވެ.

"30 ޕަސެންޓަށް ބަދަލު ކުރުން ފަދަ ކަންކަން ގާނޫނުއަސާސީއަށް ގެންނަންވާނީ ރައްޔިތުންގެ ރުހުން ހޯދައިގެން. އެއީ ސީދާ ރައްޔިތުންނާ ގުޅުން ހުރި ކަމެއް. [އެކަމުގައި ހިޔާލު ހޯދުމަށް] ރައްޔިތުންގެ ބަހުސަކަށް ހުޅުވާލަން ގޮވާލަން،" ޝަރީފް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ގެންނަވަން އުޅޭ އިސްލާހަށް ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ފާޑުވިދާޅުވެފަ އެވެ. ނަމަވެސް ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަމާ ގުޅޭ ގޮތުން އަދި އެއްޗެއް ވިދާޅެއްނުވެ އެވެ.

މީގެ ކުރީގެ ރިޔާސީ އިންތިހާބުތަކުގެ ނަތީޖާ

ގިނަ ޕާޓީތަކެއް އެކުލެވޭ ތިން ރިޔާސީ އިންތިހާބެއް މިހާތަނަށް ރާއްޖޭގައި ބާއްވައިފި އެވެ. އެއީ 2008 ގެ އިންތިހާބާއި 2013 ގެ އިންތިހާބާއި 2018 ގެ ރިޔާސީ އިންތިހާބެވެ. މީގެ ތެރެއިން ފުރަތަމަ އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް ނަޝީދެވެ. ދެ ވަނަ އިންތިހާބު ކާމިޔާބު ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އަދި އެންމެފަހުން ބޭއްވި 2018 ގެ އިންތިހާބު ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

2008 ގެ ފުރަތަމަ ބުރު:

  1. ރައީސް މައުމޫން - 71,731 ވޯޓު (40.63 ޕަސެންޓް)
  2. ރައީސް ނަޝީދު - 44,293 ވޯޓު (25.09 ޕަސެންޓް)
  3. ހަސަން ސައީދު - 29،633 ވޯޓު (16.78 ޕަސެންޓް)
  4. ގާސިމް އިބްރާހިމް - 27,056 ވޯޓު (15.32 ޕަސެންޓް)
  5. އުމަރު ނަސީރު - 2,472 ވޯޓު (1.40 ޕަސެންޓް)
  6. އިބްރާހިމް "އިބްރާ" އިސްމާއިލް - 1,382 ވޯޓު (0.78 ވޯޓު)

2008 ގެ ދެ ވަނަ ބުރު:

  1. ރައީސް މައުމޫން - 82,121 ވޯޓު (45.79 ޕަސެންޓް)
  2. ރައީސް ނަޝީދު - 97,222 ވޯޓު (54.21 ޕަސެންޓް)

2013 ގެ ފުރަތަމަ ބުރު:

ރައީސް ނަޝީދު - 96,764 ވޯޓު (46.93 ޕަސެންޓް)

ރައީސް ޔާމީން - 61,278 ވޯޓު (29.72 ޕަސެންޓް)

ގާސިމް އިބްރާހިމް - 48,131 ވޯޓު (23.34 ޕަސެންޓް)

2013 ގެ ދެ ވަނަ ބުރު:

ރައީސް ނަޝީދު - 105,181 ވޯޓު (48.61 ޕަސެންޓް)

ރައީސް ޔާމީން - 111,203 ވޯޓު (51.39 ޕަސެންޓް)

2018 ރިޔާސީ އިންތިހާބު:

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - 134,705 ވޯޓު (58.38 ޕަސެންޓް)

ރައީސް ޔާމީން - 96,052 ވޯޓު (41.62 ޕަސެންޓް)

ރާއްޖޭގައި މީގެ ކުރިން ރައީސުން އިންތިހާބުކޮށްފައި ހުރި ގޮތްތައް

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔަތަކަށް ބަދަލުވެ، ރައްޔިތުންނަށް ވޯޓުދިނުމުގެ ހައްގު ލިބުނީ 1968 ގެ ގާނޫނުއަސާސީގެ ދަށުންނެވެ. އެކަމަކު އެއިރު އޮންނަ ގޮތަކީ ރައީސަކަށްވުމަށް ހުޅުވާލުމުން ރައްޔިތުންގެ މަޖިލީހުން ފިލްޓާ ކުރުމަށްފަހު ރައްޔިތުންނާ ހިސާބަށް ނަމެއް ފޮނުވުމެވެ.

ނަމަވެސް އެއިރު ވެސް ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިހާބުވުމަށް ވޯޓު ދޭ މީހުންގެ އަގުލަބިއްޔަތު ލިބެންޖެހެ އެވެ.

ރައީސަކު އިންތިހާބު ކުރާނެ ގޮތް ތަފްސީލުކޮށްދެމުން އެ ގާނޫނު އަސާސީގެ 25 ވަނަ މާއްދާގެ ށ. ގައި ބުނެފައި ވަނީ "އެމީހަކު ރައީސުލްޖުމްހޫރިއްޔާ ކަމަށް ފެންނަ ކަމަށް ވޯޓު ދިން މީހުންގެ އަގުލަބިއްޔަތު ލިބިއްޖެ ނަމަ އެމީހަކު ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިހާބުވީ" ކަމަށެވެ.

އެއަށްފަހު ވުޖޫދަށް އައި 1998 ގެ ނޫ ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާއެއް ހޮވާނެ ގޮތް އޮތީ ކުޑަކޮށް ތަފާތުވެފަ އެވެ. ނަމަވެސް މައިގަނޑަކީ އެކައްޗެކެވެ. އެ އަސާސީގެ 35 ވަނަ މާއްދާގެ ށ. ގެ ދެ ވަނަ ނަންބަރުގައި ބުނެފައި ވަނީ:

"މި މާއްދާގެ (ށ) ގެ (1) ގައިވާ ގޮތުގެމަތިން އެމީހަކު ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަން ފެނޭތޯ ބެލުމަށްނަގާ ވޯޓުގައި ވޯޓުދިން މީހުންގެ އަގުލަބިއްޔަތު އޭނާއަށް ލިބިއްޖެނަމަ، އޭނާ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބުވީ."

މިހާރު މި އިންތިހާބު ކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރަން ފެށީ 2008 ވަނަ އަހަރު ތަސްދީގު ކުރި ފެހި ގާނޫނު އަސާސީގެ ދަށުންނެވެ.

ފެހި ގާނޫނު އަސާސީގެ 111 ވަނަ މާއްދާގެ ހ. ގައި ބުނެފައި އޮތީ "ރައީސުލްޖުމްހޫރިއްޔާކަމަށް މީހަކު އިންތިހާބުވާނީ ވޯޓުދިން މީހުންގެ ފަންސާސް އިންސައްތައަށް ވުރެ ގިނަ ވޯޓު އެ މީހަކަށް ލިބިގެން" ކަމަށެވެ.

ބައެއް މުހިންމު ހަބަރުތައް

  • ޔޫކްރެއިންގެ ހާލަތު ގޯސްވެ، އެ ގައުމުގައި ހަނގުރާމައެއް ފަށާފާނެތީ އެހެން ގައުމުތަކުގެ ރައްޔިތުން ފޭބުމަށް ގޮވާލީ އިއްޔެ އެވެ. އެކަމާ ގުޅޭ ގޮތުން ރާއްޖެއިން އަމަލު ކުރާ ގޮތެއް އަދި ނޭނގެ އެވެ.
  • ވެރިކަން ހިންގާ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލުމަށް ހުޅުވާލީ އިއްޔެ އެވެ. އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފްގެ މަގާމުގެ ދައުރު ހަމަވީ ވެސް އިއްޔެ އެވެ.
  • އައިޓީ ސާމާނު ގަތުމަށް ސަރުކާރުން ބަޖެޓު ދިނުމުން ވެސް ކްރިމިނަލް ކޯޓަށް ބޭނުންވާ ސާމާނުތައް ނުގަނެ ހުރިކަން ހާމަވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ދިވެހިރާއްޖޭގެ ގައުމީ ވޮލީ ބޯޅަ ޓީމަށް ބްރެޒިލްގެ ކޯޗު ސާޖިއޯ ވެލޯސޯ ގެންނަން ނިންމުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ)އިއްޔެ ވިދާޅުވީ:

ޕްރެކްޓިސްތައް ހުއްޓާ ނުލާނެ، ހަފްތާއެއްހާ ދުވަސް ތެރޭގައި ގައުމީ ޓީމަށް ގެންނަ އާ ބްރެޒިލް ކޯޗު އަންނާނެ، ކޯޗު އައުމާ އެކު ޓީމްގެ ޕްރެކްޓިސްތައް ޕްލޭން ކުރާނީ އޭނާ. އަޅުގަނޑުމެން މިހާރު ވަނީ މި އަހަރު ކުޅޭނެ އެކުވެރިކަމުގެ މެޗުތަކާއި، ތަމްރީން ދަތުރުގެ ޕްލޭނެއް މިހާރު ތައްޔާރުކޮށްފައި.

ދުވަހުގެ ފޮޓޯ

ފ. ނިލަންދޫގައި އިއްޔެ ކުރިއަށްގެންދިޔަ ޔޫތު ޗެމްޕއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ތެރެއިން: އަތޮޅުތަކުގައި ގައުމީ ފެންވަރުގެ މުބާރާތް ބޭއްވުމަކީ ސަރުކާރުގެ އަމާޒެއް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ފ. ނިލަންދޫގައި އިއްޔެ ކުރިއަށްގެންދިޔަ ޔޫތު ޗެމްޕއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ތެރެއިން: އަތޮޅުތަކުގައި ގައުމީ ފެންވަރުގެ މުބާރާތް ބޭއްވުމަކީ ސަރުކާރުގެ އަމާޒެއް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ފ. ނިލަންދޫގައި ބާއްވާ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގެ ކުރިން ސަސް އިން ކުރިޔަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން: އަތޮޅުތަކުގައި ގައުމީ ފެންވަރުގެ މުބާރާތް ބޭއްވުމަކީ ސަރުކާރުގެ އަމާޒެއް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"އަ ކޮހޯޓް ސްޓަޑީ އޮފް ޕޯސްޓްނޭޓަލް ޑިޕްރެޝަން، އިންފަންޓް ފީޑިން ޕްރެކްޓިސޭސް އެންޑް އިންފަންޓް ގްރޯތު އިން މާލެ، ދި ރިޕަބްލިކް އޮފް މޯލްޑިވްސް"

އެއީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީން 2014 ވަނަ އަހަރު ޕީއެޗްޑީ ހާސިލް ކުރެއްވި ދަރިވަރު ރަހީމާ އަބްދުއްރަހީމް ލިޔުއްވި ތީސިސް އެވެ. އެ ދިރާސާގައި، ވިހެއުމަށްފަހު ދިމާވާ މާޔޫސްކަމާއި ތުއްތު ކުދިންނަށް ކާންދިނުމުގައި ގެންގުޅޭ އާދަ އާއި ކުޑަކުދިން ބޮޑުވާ ގޮތުގެ ޗާޓުތަކަށް ވަރަށް ތަފްސީލުކޮށް ބަލާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox