ހުލާސާކޮށް އިއްޔެ: އިންޑިއާ އައުޓް ހުއްޓުވަން، އެއްވުމާއި ސިޔާސީ ހަރަކާތް ހިންގުން ހަނިކުރަނީ

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް: ވިދާޅުވީ ވަރަށް އަވަހަށް އެ ބިލު މަޖިލީހަށް ހުށަހަޅާނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް: ވިދާޅުވީ ވަރަށް އަވަހަށް އެ ބިލު މަޖިލީހަށް ހުށަހަޅާނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް

އިންޑިއާ ސިފައިން ދިވެހިރާއްޖެއިން ފޮނުވާލުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ކުރިއަށްގެންދާ ކެމްޕެއިނާއި ސިޔާސީ ހަރަކާތްތައް ހުއްޓުވުމަށް، އެއްވެ އުޅުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ހަނި ކުރެވޭނެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އިން ތައްޔާރުވާން ފަށައިފި އެވެ.

"ދިވެހިރާއްޖެއިން ބޭރުގެ ގައުމުތަކާއެކު ގާއިމްކޮށްފައިވާ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރު ކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލު" ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވި އެވެ.

އެ ބިލުގައިވާ ގޮތުން، ރާއްޖެއިން އެހެން ގައުމަކާއެކު އެއްބަސްވެފައިވާ އެއްބަސްވުމަކާ ދެކޮޅަށް، ނުވަތަ އެއްބަސްވެފައިވާ އުސޫލަކާ ހިތްހަމަނުޖެހިން، އެ ގައުމަކާ ދެކޮޅަށް "މުޒާހަރާ ކުރުމާއި ކެމްޕެއިން ކުރުމާއި ސިޔާސީ ނުވަތަ އެ ނޫން ވެސް ހަރަކާތެއް" ހިންގުން މަނާވާނެ ކަމަށެވެ.

އޭގެ އިތުރުން ދިވެހިން ތިބީ އެހެން ގައުމެއްގެ ނުވަތަ މިލިޓަރީއެއްގެ އަޅުވެތިކަމުގެ ދަށުގައި ކަމަށް ބުނެ މުޒާހަރާ ކުރުމާއި ސިޔާސީ ހަރަކާތްތައް ހިންގުން މަނާވާނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.

އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވުމަށް ޑްރާފްޓުކޮށްފައިވާ އެ ބިލުގައި ބުނާ ކުށްތައް ކުރާ މީހުން ޖަލަށް ވެސް ލެވިދާނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ. ނަމަވެސް ޖަލަށްލެވޭނީ ހަ މަހަށްވުރެ ދިގު ނޫން މުއްދަތަކަށް ކަމަށް ބިލުގައި ބުނެފައިވެ އެވެ. ޖަލު އަދަބުގެ އިތުރުން ކުށްވެރިވާ މީހަކު 20،000ރ. އިން ޖޫރިމަނާ ކުރެވިދާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

އިންޑިއާ އައުޓް ކެމްޕެއިނުގެ ބެކްގްރައުންޑް

އިންޑިއާ އައުޓް ކެމްޕެއިން އިދިކޮޅު ކޯލިޝަނުން ކުރަން ފެށީ އުތުރުތިލަފަޅު އެއްބަސްވުމާއި މުޅި ރާއްޖޭގެ ހައިޑްރޯގްރަފީ ސާވޭއެއް ހެދުމަށް އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ސޮއި ކުރި އެގްރިމެންޓުގެ ތަފްސީލު ހާމަ ކުރުމަށް ސަރުކާރުން ދެކޮޅު ހެދުމުންނެވެ.

އެގްރިމެންޓުތައް ހާމަ ކުރަން ދެކޮޅު ހެދުމުން އިދިކޮޅަށް ނިސްބަތްވާ މެމްބަރުން ވަނީ އެކި މަސައްކަތް ކުރައްވައިގެން އެންމެފަހުން މަޖިލީހުގެ ކޮމެޓީއެއްގައި އެގްރިމެންޓް ބައްލަވައިފަ އެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ބޭތިއްބުވާ ދެކޮޅު ކަމަށް ބުނެ ޕެޓިޝަނެއްގައި ސޮއި ކުރަން ފެށީ އެ ހިސާބުންނެވެ.

ދިވެހިންގެ މިނިވަންކަން ގެއްލެމުންދާ ކަމަށް ބުނެ އެންމެ ފުރަތަމަ ޕީޕީއެމުން ޖުލައި 30، 2021 ގައި ކެމްޕެއިނެއް ފެށީ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގަ އެވެ. ކެމްޕެއިނުގެ ނަން "އިންޑިއާ އައުޓް" އަށް ބަދަލުވީ އޭގެ ފަހުންނެވެ.

އެ ކެމްޕެއިނުގައި ބައިވެރިވުމަށް ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ފިޔަވައި އެހެން ހުރިހާ ޕާޓީއަށް ޕީޕީއެމުން ފޮނުވި އެވެ. ނަމަވެސް އެއްވެސް ޕާޓީއަކުން ދައުވަތު ގަބޫލުކޮށްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ހުރިހާ ޕާޓީތަކަކުން ބަޔާން ނެރުނީ އެ ކެމްޕެއިން ކުށްވެރިކޮށްފަ އެވެ. އިދިކޮޅު މޯލްޑިވްސް ނެޝަނަލް ޕާޓީން ވެސް އެ ކެމްޕެއިން ކުށްވެރި ކުރި އެވެ.

ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައި އޮތް މަނީ ލޯންޑަރިންގެ ހުކުމް ނޮވެމްބަރު 30، 2021 ގައި ބާތިލް ކުރުމާއެކު އެންމެ ފުރަތަމަ ބޭއްވި ރަސްމީ ޖަލްސާގައި އެމަނިކުފާނު ވަނީ "އިންޑިއާ އައުޓް" ގެ ޒިންމާ ނަންގަވައިފަ އެވެ.

މުހިންމު ބައެއް ހަބަރުތައް

  • އައިޖީއެމްޗެގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް މަރާލިކަމުގެ ތުހުމަތުގައި ހައްޔަރު އޭނާގެ ފިރިމީހާ އާއި ފިރިމީހާގެ ލޯބިވެރިޔާ ނަރުސްކަން ކުރުމަށް ދީފައި އޮތް ހުއްދަ ބާތިލް ކުރީ އިއްޔެ އެވެ.
  • ވިސާއަކާ ނުލައި ދިވެހިންނަށް ތުރުކީއަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ފެށީ އިއްޔެ އެވެ. އެކަން ހަމަޖެހުނީ ތުރުކީގެ ފޮރިން މިނިސްޓަރު ރާއްޖެއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުގެ ތެރެއިންނެވެ.
  • ކުޑަކުދިން ބަންދު ކުރުމަށް ހަދަންޖެހޭ ހާއްސަ ޑިޓެންޝަން ސެންޓަރުގެ މަސައްކަތް ނިންމައި އެއީ ޑިޓެންޝަން ސެންޓަރެއްގެ ގޮތުގައި ރަސްމީކޮށް އިއުލާން ކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

މިހާރު އޮތް މީޑިއާ ކައުންސިލް، މީޑިއާ ކޮމިޝަނަކަށް ބަދަލު ކުރުމަށް އެ ކައުންސިލުން މިހާރު ޑްރާފްޓު ކުރަމުންދާ ބިލާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ކައުންސިލުގެ ރައީސް ޝަހުބާން ފަހުމީ ވިދާޅުވީ:

"ސަރުކާރުގެ ފަރާތުން ހުށަހަޅާ މީޑިއާ ކޮމިޝަންގެ ބިލުގެ މަސައްކަތް ކުރިޔަށް ދާ ތަނެއް ނުފެނޭ. މީޑިއާ ކޮމިޝަނާއި ގުޅޭގޮތުން ހުރިހާ ސްޓޭކްހޯލްޑަރުން ހިމެނޭހެން ރައީސް އޮފީހުން ބޭއްވީ އެންމެ ބައްދަލުވުމެއް. މިއީ ސަރުކާރުން ހުށަހަޅާ ބިލާ ވަކިން ހުށަހަޅަން މަސައްކަތްކުރާ ބިލެއް."

ދުވަހުގެ ފޮޓޯ

ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލެއިން އަތުލައިގަތް ރާފުޅިތަކެއް: ގޭންގުތަކާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނުގައި ބައެއް ތަންތަން ވަނީ ބަލައި ފާސްކޮށްފައި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލެއިން އަތުލައިގަތް ރާފުޅިތަކެއް: ގޭންގުތަކާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނުގައި ބައެއް ތަންތަން ވަނީ ބަލައި ފާސްކޮށްފައި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލެއިން އަތުލައިގަތް ރާފުޅިތަކެއް: ގޭންގުތަކާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނުގައި ބައެއް ތަންތަން ވަނީ ބަލައި ފާސްކޮށްފައި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"މޫވިން ޓުވޯޑްސް އިންކްލޫޝަން: އަ ކޭސް ސްޓްޑީ އޮފް އަން އާބަން ސްކޫލް އިން ދަ މޯލްޑިވްސް"

އެއީ ދިވެހި ދަރިވަރެއް ކަމަށްވާ ބަދޫރާ ނަސީރު، އޭނާގެ މާސްޓާސް ޕްރޮގްރާމުގެ ތީސިސްއަށް ކުރި ދިރާސާއެކެެވެ. ތީސިސް ހުށަހެޅުއްވީ 2012 ވަނަ އަހަރުގެ ތެރޭގަ އެވެ.

އެ ދިރާސާގައި ބަލާފައި ވަނީ ނުކުޅަދުންތެރިކަން ހުންނަ ކުދިންނަށް އުނގެނުމުގެ ފުރުސަތު ލިބޭ މިންވަރަށެވެ. އެކަން ބެލުމަށް ރާއްޖޭގެ ސްކޫލެއް މިސާލަކަށް ނެގުމަށްފަހު، ހާއްސަ އެހީއަށް ބޭނުންވާ ކުދިން އުނގެނުމަށް ރާއްޖޭގައި ހުރި ގޮންޖެހުންތަކުގެ މައްޗަށް ވެސް ވަނީ ބަލާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox