ތުރުކީ
181 ލިޔުން
ފަހުގެ
ދުނިޔެސައުދީ، ތުރުކީ އަދި ޕާކިސްތާނުގެ ވެރިން އީރާނުގައި ބައްދަލުވުމެއް
މެދުއިރުމަތީގެ ހަމަނުޖެހުންތައް ކުޑަކޮށް ސަރަހައްދީ ސުލްހަ ގާއިމުކުރުމަށްޓަކައި ސައުދީ، ތުރުކީ އަދި ޕާކިސްތާނުގެ އިސްވެރިން އީރާނުގެ އޮފިޝަލުންނާ ތެހެރާންގައި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އަސްކަރީ ކުރިމަތިލުންތައް އިތުރުވިޔަ ނުދިނުމަށާއި، ސަރަހައްދީ ސަލާމަތްތެރިކަން ދެމެހެއްޓުމަށްޓަކައި ހަތަރު ގައުމުން ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ.
ދުނިޔެދުނިޔެ ހޫނުވުން އަންދާޒާ ކުރި ވަރަށް ވުރެ އިތުރު
ދުނިޔެ ހޫނުވުން ކުރިން އަންދާޒާކުރި ވަރަށް ވުރެ އިތުރުވަމުންދާ ކަމަށާއި، މިހާރު ހުރި ސިޔާސަތުތަކާއެކު މި ގަރުނު ނިމޭއިރު ހޫނުމިން 2.8 ޑިގްރީއަށް އުފުލޭނެ ކަމަށް އދ. ގެ ރިޕޯޓަކުން ދައްކައިފިއެވެ. މި ނުރައްކަލުން ސަލާމަތްވުމަށްޓަކައި 2030 ވަނަ އަހަރާ ހަމައަށް ވިހަ ގޭސް ބޭރުކުރާ މިންވަރު 18 އިންސައްތައަށް ދަށްކުރަން ޖެހޭއިރު، މިހާރުގެ ރޭވުންތަކުން އެކަން ހާސިލުނުވާނެ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
