ހުލާސާކޮށް އިއްޔެ: އެމްއެސްއެސްއަށް 48 ހާސް ޓަނުގެ ބޯޓެއް ގަތުން

ސްޓޭޓް ޝިޕިންގެ ފަރާތުން މީގެ ކުރިން ގަތް ބޯޓު: އެ ބޯޓުގެ ފުރަތަމަ ދަތުރު ކުރީ ސިލޯނުން މާލެއަށް -- ފޮޓޯ: އެމްއެސްއެސް

ސްޓޭޓް ޝިޕިންގެ ފަރާތުން މީގެ ކުރިން ގަތް ބޯޓު: އެ ބޯޓުގެ ފުރަތަމަ ދަތުރު ކުރީ ސިލޯނުން މާލެއަށް -- ފޮޓޯ: އެމްއެސްއެސް

މޯލްޑިވްސް ސްޓޭޓް ޝިޕިން އަށް މުޅިން އާ، 48،000 ޓަނުގެ އާގު ބޯޓެއް ގަތުމަށް ނިންމާފައިވާކަން އެ ކުންފުނިން ހާމަކުރީ އިއްޔެ އެވެ.

މި ނޫހާ ވާހަކަ ދައްކަވަމުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންގެ ހުސެއިން އަމްރު ވިދާޅުވީ ބޯޓު ގަތުމުގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށާއި އަންނަ މަހު ރާއްޖެއަށް އެ ބޯޓު އަންނާނެ ކަމަށެވެ.

އަމްރު ވިދާޅުވީ އެ ބޯޓު ގެނައުމުގެ މައިގަނޑު ބޭނުމަކީ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ބޭނުންވާ މުދާ ގެނައުން ކަމަށެވެ.

"ބޯޓު ގަތުމުގެ އެންމެ ފަހުގެ މަރުހަލާތަކުގައި އޮތީ. މި ބަލަނީ ފެބްރުއަރީ މަސް ތެރޭގައި ގެނެވޭތޯ. މި ބޯޓު ގަތުމުގެ މައިގަނޑު އެއް ބޭނުމަކީ ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ބާޒާރުގައި އަގުބޮޑުވިޔަ ނުދީ ހިފެހެއްޓުމަށްޓަކައި އެ ބާވަތްތަކުގެ މުދާ އެތެރެކުރުން،" އަމްރު ވިދާޅުވި އެވެ.

ފެބްރުއަރީ މަހު ރާއްޖެ ގެނައުމަސް ހަމަޖެހިފައިވާ އެ ބޯޓާއެކު ސްޓޭޓް ޝިޕިންގެ ބޯޓުގެ އަދަދު ދޭކަށް ޖެހިލީ އެވެ. އެންމެ ފުރަތަމަ ބޯޓު އެ ކުންފުނިން ގަތީ އޮކްޓޯބަރު، 2021 ގަ އެވެ. "އެމްއެސްއެސް ގަލޭނާ" ގެ ނަމުން ނަން ދީފައިވާ އެ ބޯޓުގެ ރާއްޖެއަށް ގެނެސް އެންމެ ފުރަތަމަ ދަތުރު ކޮޅުނބުން މާލެއަށް މުދާ ހިފައިން ކުރި ދަތުރެކެވެ.

ޝިޕިންގެ މާޒީ

ދިވެހިރާއްޖޭގައި މީގެ ކުރިން ވަރަށް ބޮޑު ޝިޕިން ލައިނެއް އޮތެވެ. މޯލްޑިވްސް ޝިޕިން ލިމިޓެޑުގައި 1950 އަދި 1960 ގެ އަހަރުތަކުގެ ތެރޭގައި ގާތްގަނޑަކަށް 60 ބޯޓު އޮތެވެ.

ދިވެހިން އެ ޒަމާނުގައި ގިނައިން ދަތުރު ކުރީ ސިލޯނުންނެވެ. ދިވެހިރާއްޖޭގެ ދައުލަގުގެ ޓްރޭޑިން ކުންފުނީގެ އޮފީހެއް ވެސް އެއިރު ސިލޯނުގައި ހުރެ އެވެ.

ދިވެހިރާއްޖެއިން އަމިއްލަ ބޯޓު ދުއްވާ ކުންފުންޏެއް އޮތުމުން އެ ދުވަސްވަރު ސަރުކާރަށް ވަރަށް ބޮޑަށް ފައިދާވި އެވެ. ރާއްޖެއަކީ އިމްޕޯޓް ކުރާ މުދަލަށް ބަރޯސާވެފައި އޮންނަ ގައުމެއް ކަމަށްވާތީ ރާއްޖެއަށް ގެންނަންޖެހޭ މުދާ ބައިވަރު އޮވެ އެވެ.

ނަމަވެސް ރާއްޖެއިން އެސްކްޕޯޓް ކުރެވެނެ މާ ބައިވަރު މުދަލެއް ނުހުރެ އެވެ. އެހެންވެ ރާއްޖެއަށް މުދާ ހިފައިގެން އަންނަ ބޯޓުތައް ހުސް އަތާ ދާންޖެހޭތީ، ދަތުރުކޮށްދޭ އަގު ބޮޑެވެ. ދައުލަތުގެ އަމިއްލަ ޝިޕިން ކުންފުންޏެއް އޮތުމުން މުދަލުގެ އަގު ހިފެހެއްޓިފައި ހުއްޓެވެ.

މޯލްޑިވްސް ޝިޕިން ލިމިޓެޑު ވެއްޓެން ފެށީ 1980 ގެ އަހަރުތަކުގެ ތެރޭގަ އެވެ. މީގެ ކުރިން އެ ކުންފުނީގައި 60 ވަރަކަށް ބޯޓު އޮތް ނަމަވެސް އޭގެން ގިނައީ ކުޑަ އަދި ވަރަށް ބޮޑަށް ބާވެފައި ހުރި ބޯޓުތަކެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް 2010 ވަނަ އަހަރުގެ ތެރޭގައި ދި އެފްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ "އަޅުގަނޑު ފުރަތަމަ ވެރިކަމަށް އައި އިރު ޝިޕިން އޮތީ ދަށްވާން ފަށައިފަ، ޝިޕިން ކުންފުނި އުފައްދާފައި ހުރީ 20 ނުވަތަ 25 އަހަރުވެފައި ހުރި ވަރަށް ބާ އުޅަނދުތަކެއް ގަނެގެން،" ކަމަށެވެ.

މުހިންމު ބައެއް ހަބަރުތައް

  • އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި އަދާލަތު ޕާޓީން ތާއީދު ކުރާނީ ވެރިކަން ހިންގާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ކަމަށް އެ ޕާޓީން އިއުލާން ކުރީ އިއްޔެ އެވެ.
  • ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ކޮވިޑް-19 ޖެހިވަޑައިގެންފައި ހުންނެވިކަން އެމަނިކުފާނު އިއުލާން ކުރެއްވީ އިއްޔެ އެވެ. ރައީސް ވިދާޅުވީ ބަލި ޖެހިވަޑައިގެންފައި ހުންނެވި ނަމަވެސް ހާލުކޮޅު ރަނގަޅު ކަމަށެވެ.
  • ވަގުތުން ލިބޭ ވިސާ ކާޑެއް މޯލްޑިވްސް އިސްލާމިކް ބޭންކުން ތައާރަފް ކުރީ އިއްޔެ އެވެ. އެމްއައިބީގެ ކޮންމެ ބްރާންޗަކަށް ދިޔަ ނަމަވެސް މިހާރު އެ ކާޑު ވަގުތުން ލިބޭނެ އެވެ. އެ ކާޑުގައި ހުންނާނީ ވެރި މީހާގެ ނަން ނުޖަހަ އެވެ.

ދުވަހުގެ ކޯޓޭޝަން

ށ. ފޯކައިދޫގައި ރޭ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަމުން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ:

"ކުރިއަށް އޮތް އަހަރުތަކުގައި ތިޔަ ބޭފުޅުން ދާނީ މޮޅުވަމުން، ތިޔަ ބޭފުޅުން ދާނީ ތަނަވަސްވަމުން. އަޅުގަނޑުމެންގެ މަސައްކަތަކީ އަބަދުވެސް އެ ތަނަވަސްކަން ތިޔަ ބޭފުޅުންނަށް ހޯދައިދެވޭނެ ސިޔާސަތުތަކެއް ކަނޑައަޅައިދިނުން."

ދުވަހުގެ ފޮޓޯ

ޕްރެޒިޑެންްސް ކަޕުގެ އެއް ވަނައަށް ހޮވޭ ފަރާތަށް ހަވާލު ކުރާ ޓްރޮފީ ހިފައިގެން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ރ. އަލިފުށީގައި: މާޒިޔާ އާއި ވެލެންސިއާ ބައްދަލު ކުރާ އެ މުބާރާތުގެ ފައިނަލް މެޗު ބާއްވަނީ އަލިފުށީގައި -- ފޮޓޯ: އައްޒާމް އަލިފުޅު/އަދަދު
ޕްރެޒިޑެންްސް ކަޕުގެ އެއް ވަނައަށް ހޮވޭ ފަރާތަށް ހަވާލު ކުރާ ޓްރޮފީ ހިފައިގެން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ރ. އަލިފުށީގައި: މާޒިޔާ އާއި ވެލެންސިއާ ބައްދަލު ކުރާ އެ މުބާރާތުގެ ފައިނަލް މެޗު ބާއްވަނީ އަލިފުށީގައި -- ފޮޓޯ: އައްޒާމް އަލިފުޅު/އަދަދު

ޕްރެޒިޑެންްސް ކަޕުގެ އެއް ވަނައަށް ހޮވޭ ފަރާތަށް ހަވާލު ކުރާ ޓްރޮފީ ހިފައިގެން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ރ. އަލިފުށީގައި: މާޒިޔާ އާއި ވެލެންސިއާ ބައްދަލު ކުރާ އެ މުބާރާތުގެ ފައިނަލް މެޗު ބާއްވަނީ އަލިފުށީގައި -- ފޮޓޯ: އައްޒާމް އަލިފުޅު/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"ދި މޯލްޑިވްސް: އެން އިންޓްރޮޑަކްޓަރީ އިކޮނޮމިކް ރިޕޯޓް"

އެއީ ވޯލްޑް ބޭންކުން ޖުލައި 1979 ވަނަ އަހަރު ދިވެހިރާއްޖެއަށް ޒިޔާރަތް ކުރުމަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. ނަމަވެސް އެ ރިޕޯޓު ޝާއިއު ކުރީ 1980 ވަނަ އަހަރުގަ އެވެ.

ވޯލްޑް ބޭންކުގެ އެ ދަތުރުގައި ރާއްޖެއަށް ވަޑައިގެންނެވީ ހެޑް އޮފް މިޝަން ކޭ.ސަރްވާރް ލަތީފް އާއި ލޯނު އޮފިސަރު ޖޭން ލޫސް އާއި ފިޝަރީޒް ސްޕެޝަލިސްޓު ޖާޓް ވެން ސެންޓާން އާއި އިކޮނޮމިކް ކޮންސަލްޓަންޓު ކެރޮލައިން ޑޮގާޓް އަދި އިންޑަސްޓްރިއަލް އިކޮނޮމިސްޓް ކޮންސަލްޓަންޓު ޔޫކިއޯ ޓަނާކާ އެވެ.

އެ ދިރާސާގައި ރާއްޖޭގެ އިގްތިސާދީ ހާލަތު އެއިރު އޮތް ގޮތް ބެލުމަށް ގިނަ މަސައްކަތްތަކެއް ކުރި އެވެ. ރާއްޖޭގެ ޝިޕިން އާއި ޓުއަރިޒަމް އެ ޒަމާނުގައި އޮތް ގޮތަށް އެ ރިޕޯޓުގައި ބަލާފައިވެ އެވެ. އަދި މަސްވެރިކަމުން ލިބޭ ނަފާ އަދި މަސްވެރި އުޅަނދު ހިންގުމަށް ދާ ހަރަދު ވެސް އެ ރިޕޯޓުގައި ބަލާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox