ފުރަތަމަ ދަތުރު ނިންމާލުމަށް ފަހު ގަލޭނާ މާލޭގައި ބަނދަރުކޮށްފި

އެމްއެސްއެސް ގަލޭނާ:

އެމްއެސްއެސް ގަލޭނާ:

ގައުމީ ޝިޕިން ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ އަމިއްލަ ބޯޓު "އެމްއެސްއެސް ގަލޭނާ" ގެ ފުރަތަމަ ދަތުރު ނިންމާލުމަށްފަހު މާލޭ ވިޔަފާރި ބަނދަރަށް މިއަދު ވަދެއްޖެ އެވެ.

އަވައްޓެރި ސްރީލަންކާގެ ކޮލޮމްބޯ ޕޯޓުގައި ބާއްވައިގެން ބްރޭންދިން މަސައްކަތް ނިންމުމަށް ފަހު، މުދާ ބަރުކޮށްގެން މި ބޯޓު މާލެއަށް މިސްރާބު ޖެހީ ދެ ދުވަސް ކުރިންނެވެ. ކަނޑުމަތީ ހޭދަވީ 36 ގަޑިއިރެވެ.

ކުރިން ބޯޓު ޗާޓަރުކޮށްގެން ދަތުރުތައް ކުރަމުން އައި އެމްއެސްއެސްގެ މި އާގުބޯޓަކީ އެ ކުންފުނިން ގަތް ބޯޓެކެވެ. އޭގެ ކުރިން އެހެން ކުންފުންޏަކުން ނުވަ އަހަރު ވަންދެން އޮޕަރޭޓުކުރި މި ބޯޓު އެ ކުންފުނިން ގަތީ ނިމުނު އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

އެމްއެސްއެސް ގަލޭނާގެ ބައެއް މައުލޫމާތު

  • ބޯޓު އުފެއްދި އަހަރު - 2002
  • ކެޕޭސިޓީ - 608 ޓީއީޔޫ (ވިހި ފޫޓު ކޮންޓެއިނަރު)
  • ކުރިން ބޯޓު އޮޕަރޭޓުކުރީ - އޭއާރްއޭ ގްރޫޕް (ނެދަލެންޑްސް)

އެމްއެސްއެސްއިން ބުނި ގޮތުގައި އަމިއްލަ ބޯޓެއްގައި އެ ކުންފުނިން މި ފެށި ހިދުމަތާއެކު އެ ކުންފުނީގެ ހިންގުމަށާއި ހިދުމަތައް އިތުރު ފުރިހަމަކަމެއް ލިބިގެން ދާނެ އެވެ. މީގެ ސަބަބުން ކުންފުންޏަށް ފައިދާ ބޮޑުވުމުގެ އިތުރުން ހިދުމަތުގެ އަގު ހެޔޮ ކުރެވި، ރާއްޖެ އެތެރެކުރާ މުދަލުގެ އަގު ހެޔޮކުރެވޭނެ އެވެ.

ކުރިން އެ ކުންފުނިން އޮޕަރޭޓުކުރި ދެ ބޯޓަކީ ވެސް ބޮޑު އަގުގައި ޗާޓަރުކޮށްގެން ގެންގުޅުނު ބޯޓުތަކެކެވެ. އޭގެ ތެރެއިން ފުރަތަމަ ގެންގުޅުން 700 ކޮންޓެއިނަރު އުފުލޭ 'އައިބީރިއަން އެކްސްޕްރެސް' އާއި އޭގެ ފަހުން ގެނައި 400 ކޮންޓެއިނަރު އުފުލޭ, 'އެމްއެސްޕީ ލިންޒް' ބޯޓު އެމްއެސްއެސްއިން ދޫކޮށްލައިފި އެވެ.

އެމްއެސްއެސްއަކީ އަހަރުތަކެއް ވަންދެން ވަޅުޖެހިފައި އޮތް ބޯޓު ދަތުރުކުރުމުގެ ސިނާއަތް އަލުން ދިރުވަން އަމާޒުހިފައިގެން ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން އުފެއްދި ކުންފުންޏެކެވެ. މި ކުންފުނީގެ 99.9 ޕަސެންޓު ހިއްސާ އޮންނަނީ އެސްޓީއޯގެ އެވެ. ބާކީ 0.1 ޕަސެންޓު ހިއްސާ އޮންނަނީ އެސްޓީއޯގެ ސަބްސިޑަރީ ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox