ފަލަސްތީންގެ އާއިލާ މަގުމަތިކޮށް ގެ ބިމާ ހަމަކޮށްލައިފި

ސަލްހިޔާ އާއިލާގެ ގެ ބިމާ ހަމަކޮށްލާފައި. -- ފޮޓޯ: އޭއެފްޕީ

ސަލްހިޔާ އާއިލާގެ ގެ ބިމާ ހަމަކޮށްލާފައި. -- ފޮޓޯ: އޭއެފްޕީ

ގުދުސް (ޖެނުއަރީ 19) - އިރުމަތީ ގުދުސްގެ ޝެއިހް ޖައްރާ ހިސާބުގަނޑުގައި ދިރިއުޅޭ ފަލަސްތީނުގެ އާއިލާއެއް މަގުމަތިކޮށް، އެ މީހުންގެ ގެ ބިމާ ހަމަކޮށްލައިފި އެވެ.

ޝެއިހް ޖައްރާގެ ގެތަކުން ފަލަސްތީން މީހުން ނެރެން މަސައްކަތް ކުރާ މައްސަލަ ހޫނުވެ، މިދިޔަ އަހަރު އިޒްރޭލާއި ފަލަސްތީނާ ދެމެދު 11 ދުވަހުގެ ހަނގުރާމައެއް ގާޒާގައި ކުރި އެވެ.

ބުދަ ދުވަހު ފަތިސްވުމުގެ ކުރިން އިޒްރޭލް ފުލުހުން ބަނީ ސަލްހިޔާ އާއިލާ ދިރިއުޅޭ ގެޔަށް ގޮސްފަ އެވެ. އެ އާއިލާ ގެއިން ނުކުތުމަށް އެންމެ ފުރަތަމަ އަމުރު ކުރީ 2017 ވަނަ އަހަރު އެވެ.

ފުލުހުން އެ ގެޔަށް ދިޔަތާ އިރުކޮޅެއް ފަހުން ގެ ސުންނާފަތި ކުރަން ފެށި މަންޒަރު ނޫސްވެރިންނަށް ފެނުނެވެ. ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެކަން ކުރީ އަމުރު ތަންފީޒު ކުރަން ކަމަށެވެ.

ފުލުހުން ބުނީ އެ ގެޔަކީ ގާނޫނާ ހިލާފަށް ބިނާކޮށްފައިވާ ގެޔެއް ކަމަށާއި އެ ގެ ހުންނަ ބިމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ސްކޫލެއް އަޅަން ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން ސުލްހަވެރިކަމާ އެކު ގެ ދޫކޮށް ދާން އާއިލާއަށް ގިނަ ފުރުސަތުތަކެއް ދިން ކަމަށް ވެސް ބަޔާނުގައި ވެ އެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ އާއިލާގެ މެމްބަރުންނާ އެކު 18 މީހުން ހައްޔަރު ކުރި އެވެ.

ގެ ބިމާ ހަމަކުރަމުން ދިޔަ ވަގުތު އެއްވެސް ހަމަނުޖެހުމެއް ނުހިނގި ނަމަވެސް ހައްޔަރު ކުރި އެންމެންނަށް ފުލުހުންތުހުމަތު ކުރެވެނީ އަމަންއަމާން ކަމަށް ހުރަސް އަޅައި ކޯޓު އަމުރަކާ ހިލާފުވި ކަމަށެވެ.

ކޯޓު އަމުރު ތަންފީޒު ކުރަން ފުލުހުން އެންމެ ފުރަތަމަ އެ ގެޔަށް ދިޔައީ މިދިޔަ ހޯމަ ދުވަހު އެވެ. އެ ދުވަހު އެ ގޭގެ މީހުން ވަނީ ފުރާޅު މައްޗަށް އަރައި، ރޯކޮށް އަމިއްލައަށް މަރުވުމުގެ އިންޒާރު ދީފަ އެވެ.

އެކަން ފެންމަތިވުމާ އެކު ޔޫރަޕްގެ ޑިޕްލޮމެޓުންތަކެއް އެ ހިސާބުގަނޑަށް ދިޔަ އެވެ. މިދިޔަ ހޯމަ ދުވަހު އީޔޫގެ އިސް އޮފިޝަލަކު ބުނީ އިޒްރޭލުން ފަލަސްތީން މީހުން ގެތަކުން ނެރެނީ ގާނޫނާ ހިލާފަށް ކަމަށެވެ.

އިޒްރޭލުން ގާނޫނާ ހިލާފަށް ހިފައިގެން އުޅޭ އިރުމަތީ ގުދުސްގެ ޝެއިހް ޖައްރާ ހިސާބުގަނޑުގައި ހުންނަ ގެތައް ހުސްކުރަން މީގެ ކުރިން އެތައް ފަހަރަކު އަންގާފައި ވެ އެވެ.

ޝެއިހް ޖައްރާ މައްސަލައިގެ ތާރީހް

ޝެއިހް ޖައްރާގެ މައްސަލަ އުފެދުނީ 19 ވަނަ ގަރުނުގެ ތެރޭގަ އެވެ. އޭރު ފަލަސްތީނުގެ ވެރިންނަކީ އުސްމާނީ ރަސްކަމުގެ ވެރިންނެވެ. ދެ ޔަހޫދީ ޓްރަސްޓަކުން ޝެއިހް ޖައްރާގެ ހިސާބުގަނޑެއް ގަތީ 1876 ގައި ކަމަށް ވެއެވެ.

އޭގެ ފަހުން 1948 ގެ އަރަބި އިޒްރޭލް ހަނގުރާމައިގައި އުރުދުންއިން ވަނީ އިރުމަތީ ގުދުސް ހިފާފަ އެވެ. އެއާއެކު ޝެއިހް ޖައްރާގައި ގިނަ ގެތަކެއް އެޅި އެވެ. އެ ގެތައް ހާއްސަ ކުރީ އިޒްރޭލުން ހަނގުރާމައިގެ ތެރޭގައި ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމުން ރެފިއުޖީންނަށް ވި އެތައް ހާސް ފަލަސްތީނު ރައްޔިތުންނަށެވެ.

އަހަރުތަކެއް ފަހުން 1967 ގައި އިޒްރޭލުން އަނެއްކާ ވެސް އިރުމަތީ ގުދުސްއަށް ވެރިވެ ގަތެވެ. އަދި ޝެއިހް ޖައްރާގެ ގެތަކަކީ ޔަހޫދީންގެ މުދާ ކަމުގައި ކަނޑައެޅި އެވެ. މިހާރު އިޒްރޭލުން ރަސްމީކޮށް ދެކޭ ގޮތުގައި އެ ގެތަކުގެ ވެރިންނަކީ ކަނާއަތުގެ ފިޔައިގެ ގްރޫޕުތަކެވެ. ގެތަކުގައި އުޅޭ ފަލަސްތީނު މީހުން ބޭރު ކުރަން އުޅެނީ އެ ގްރޫޕުތަކުން ކޯޓަށް ގޮސްގެންނެވެ.

އޭގެ ފަހުން 1982 ގައި ފަލަސްތީނުގެ މީހުން ވަނީ އެއީ ޔަހޫދީންގެ މުދާ ކަމަށް ބުނާ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ފަލަސްތީނު މީހުންނަށް އެ ތަނުގައި އުޅުމުގެ ހުއްދަ ލިބެ އެވެ. ނަމަވެސް ފަލަސްތީނު މީހުން މިހާރު ބުނަނީ އެއްބަސްވުމުގައި ސޮއިކުރުވީ އޮޅުވާލައިގެން ކަމަށެވެ.

ފަލަސްތީނު މީހުން ދެކޭ ގޮތުގައި ގެތަކަކީ ޔަހޫދީންގެ މުދަލެއް ނޫނެވެ. އަދި އުސްމާނީ ވެރިކަމުގައި އެ ގެތަކުގެ ވެރިންގެ ގޮތުގައި އެންމެ ކުރިން އުޅުނީ ފަލަސްތީން މީހުންކަން ބަޔާން ކުރާ ލިޔުންތައް ވެސް އެމީހުން ހޯދާފައި ވެއެވެ.

އެކަމަކު ޔަހޫދީން ބުނަނީ އޭގެ ފަހުން އެ ބިންތައް ގަތީ އެ މީހުންނަށް ވުމުން އެއީ އެ މީހުންގެ މުދާ ކަމަށެވެ. މިހާރު ވެސް ޝެއިހް ޖައްރާގެ ބައެއް ގެތަކުން ފަލަސްތީނު މީހުން ވަނީ ބޭރުކޮށްފަ އެވެ. އެއް ގޭގައި 2009 ވަނަ އަހަރުން ފެށިގެން ފަލަސްތީނު މީހުން ދިރިއުޅެން ޖެހެނީ ޔަހޫދީ އާއިލާއަކާ އެކު އެވެ.

ޕީސް ނައު ގްރޫޕުން އަންދާޒާ ކުރާ ގޮތުގައި 3000 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ދިރިއުޅޭ 200 އެއްހާ ގެއިން މީހުން ނުކުންނަ ޖެހުމުގެ ބިރު އެބަ އޮތެވެ. އޭގެ އިތުރުން ފަލަސްތީނު މީހުން ދިރިއުޅޭ 20،000 ގެ ސުންނާފަތިކޮށްލުމުގެ ބިރު ވެސް އެބަ އޮތެވެ.

ފަލަސްތީނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މީހުން ބުނާ ގޮތުގައި މި ގެތަކުން މީހުން ނެރުމުގެ ހަގީގީ މަގްސަދަކީ މުޅި ގުދުސްގައި އިޒްރޭލުގެ ބާރު ހިންގުމެވެ. ފަލަސްތީނުން ބޭނުން ވަނީ އިރުމަތީ ގުދުސްއަކީ އެ ދައުލަތުގެ ވެރިރަށަށް ހެދުމަށެވެ. އެކަމަކު އިޒްރޭލުން ދެކެނީ މުޅި ގުދުސް އަކީ އެ މީހުންގެ ވެރިރަށް ކަމަށެވެ.

އެހެންވެ އެ ތަނުގައި ޔަހޫދީން އާބާދު ކުރުމުގެ މަސައްކަތް ފެށީ 2001 ގައެވެ. އިޒްރޭލުން ބޭނުންވަނީ ގުދުސްގެ އާބާދީގެ 70 ޕަސަންޓަކީ ޔަހޫދީންނަށް ހެދުމަށެވެ. އަދި އާބާދީގައި ފަލަސްތީނު ރައްޔިތުންގެ ނިސްބަތް އެންމެ ގިނަވެގެން 30 ޕަސަންޓަށް ކުޑަ ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox