އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

Nov 4, 2026, 4:42 PM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ވަރުގަދަ ބަހުގެ ހަމަލާތަކާއި ޕާޓީގެ އެތެރޭގެ ހިޔާލުތަފާތުވުންތަކުން ފާހަގަކުރެވުނު އިންތިޚާބީ ވާދަވެރިކަމަކަށް ފަހު، އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ޑިމޮކްރެޓިކް ޕާޓީގެ ވައަތުފިޔައިގެ ކެންޑިޑޭޓް އަބްދުލް އަލް-ސައްޔިދު ކާމިޔާބު ކުރައްވައިފި އެވެ.

އަލް-ސައްޔިދު މި ގޮނޑި ކާމިޔާބު ކުރެއްވީ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވަ އެވެ. އޭނާއާ ދެކޮޅަށް އަމާޒުވި ބޮޑެތި ތުހުމަތުތަކާއި، އެއްވެސް އަސާސެއް ނެތް ގޮތަށް ޓެރަރިޒަމާ ގުޅުވައި ދިން ހަމަލާތަކުގެ އިތުރުން، އަމިއްލަ ޕާޓީގެ މެންބަރަކާ ދެމެދު އުފެދުނު ބޮޑު ދެބަސްވުމާ އެކުވެސް އޭނާ ވަނީ ކުރި ހޯއްދަވާފަ އެވެ. މިއީ އެމެރިކާގެ ތާރީޚުގައި މުސްލިމަކު ސެނެޓަށް އިންތިޚާބުވި ފުރަތަމަ ފަހަރެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތާއީދު އޮތް ރޮޖާސް ވަނީ އަލް-ސައްޔިދަކީ ކޮމިއުނިސްޓެއްގެ ގޮތުގައި ސިފަކުރައްވައި، އިސްރާއީލާ މެދު އޭނާ ގެންގުޅުއްވާ ސިޔާސަތަށާއި އޭނާގެ އިސްލާމީ އަގީދާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އާންމު ސިއްހަތާ ބެހޭ ދާއިރާގެ ކުރީގެ އިސްވެރިއެއް ކަމަށްވާ އަލް-ސައްޔިދު ކެމްޕޭން ކުރެއްވީ ވައަތުފިޔައިގެ ސިޔާސަތުތަކެއްގެ މައްޗަށެވެ. އޭގެ ތެރޭގައި އެންމެނަށް ހިލޭ ސިއްހީ ހިދުމަތް ދިނުމާއި، ބިލިއަނަރުންގެ އަތުން "ވެލްތު ޓެކްސް" ނުވަތަ މުއްސަނދިކަމުގެ ޓެކްސް ނެގުން ހިމެނެ އެވެ.

އަލް-ސައްޔިދު މި ކާމިޔާބީ ހޯއްދެވީ، ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި އޭނާއާ ވާދަކުރެއްވި ހޭލީ ސްޓީވެންސް، އިންތިޚާބަށް އެންމެ ދުވަހަކަށް ވެފައި ވަނިކޮށް ރިޕަބްލިކަން ކެންޑިޑޭޓް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައި ވަނިކޮށެވެ.

އަލް-ސައްޔިދު ސްޓޭޖަށް އެރުމުން އޭނާއަށް ތާއީދުކުރާ މީހުން ވަނީ ބާރަށް ހަޅޭއްލަވައި، އުފަލާއެކު އޭނާގެ ނަން ގޮވާފަ އެވެ. މުސްލިމަކު ސެނެޓަށް އިންތިޚާބުވި ތާރީޚީ ވަގުތު ރެކޯޑުކުރުމަށްޓަކައި ގިނަ އަދަދެއްގެ ބަޔަކު ފޯނުތައް އުފުލާލައިގެން ތިއްބެވެ.

މިސްރުގެ ހިޖުރަވެރިންގެ ދަރިއެއް ކަމަށްވާ އަލް-ސައްޔިދު ވަނީ ކެމްޕޭން ތެރޭގައި، ގާޒާގައި އިސްރާއީލުން ހިންގަމުންދާ އަމަލުތަކަކީ ނަސްލު ނައްތާލުމުގެ އަމަލުތަކެއްގެ ގޮތުގައި ސިފަކުރައްވައި، އެ ގައުމަށް އެމެރިކާއިން ދޭ އެހީތައް ހުއްޓާލުމަށް ގޮވާލައްވާފަ އެވެ.

މި މައްސަލައަކީ އެމެރިކާގައި ދެވަނައަށް އެންމެ ގިނައިން އަރަބި ދަރިކޮޅުގެ މީހުން ދިރިއުޅޭ މިޝިގަން ސްޓޭޓްގައި ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެވޭ މައްސަލައެކެވެ.

މީގެ އިތުރުން، މި މައްސަލައިގެ ސަބަބުން އަލް-ސައްޔިދު އާއި އިސްރާއީލަށް ވަރަށް ބޮޑަށް ތާއީދުކުރާ ސްޓީވެންސްއާ ދެމެދު ނުތަނަވަސްކަން އުފެދުނެވެ. ސްޓީވެންސްގެ ޕްރައިމަރީ ކެމްޕޭނަށް އެމެރިކަން އިސްރާއީލް ޕަބްލިކް އެފެއާޒް ކޮމިޓީ (އޭޕެކް) އިން ވަނީ މިލިއަނުން ފައިސާގެ އެހީ ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓްރަމްޕްގެ ތާއީދާއެކު ޖެންސަން ހުއަންގް އަލުން ސީއީއޯގެ މަގާމަށް

ހުއަންގް މަގާމުން އިސްތިއުފާ ދެއްވީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން، އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ސީރިއަސް ތުހުމަތުތަކެއް ފެންމަތިވުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި ޗައިނާގެ ޖާސޫސީ އިދާރާއަކާ ގުޅުން އޮތް ކަމަށް އެމެރިކާގެ އިންޓެލިޖެންސުން ތުހުމަތުކުރާ އަންހެނަކާ އެކު ބޭއްވި ގުޅުމެއް ހިމެނެއެވެ.

ދެކުނު ކޮރެއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ދެކުނު ކޮރެއާގެ ޔުނިވާސިޓީތަކަށް ވަނުމަށް ބާއްވާ އިމްތިހާނުގައި އޭއައި ބޭނުންކޮށްގެން މަކަރުހެދި މައްސަލައެއް ފެންމަތިވުމާ ގުޅިގެން، އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މި ހާދިސާއާ ގުޅިގެން މަކަރުހެދުން ހުއްޓުވުމަށް ސަރުކާރުން ވަނީ ކާރިސާތަކުގައި ބޭނުންކުރާ އެލާޓް ނިޒާމު މެދުވެރިކޮށް ކުއްލި ފިޔަވަޅުތަކެއް އަޅާފައެވެ. މިނިސްޓަރު އިސްތިއުފާ ދެއްވީ އިމްތިހާނުގެ ކަންކަން ރޭވުމުގައި ފެއިލްވެފައިވާ ކަމަށް އަމާޒުވި ފާޑުކިޔުންތަކުގެ ޒިންމާ ނެންގެވުމުގެ ގޮތުންނެވެ.

ރަޝިއާގެ މަނަވަރަކަށް ޑްރޯން ހަމަލާއެއް ދީ ފައްތާލައިފި

ލީބިޔާގެ ބެންގާޒީ ބަނދަރުގައި އޮތް ރަޝިއާގެ އަސްކަރީ މަނަވަރަކަށް ޑްރޯން ހަމަލާއެއްދީ ފައްތާލުމާ ގުޅިގެން، އެ ގައުމުގެ އިރުމަތީ ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، މިއީ ލީބިޔާގެ އިސްތިގުލާލަށް އަރައިގަތުން ކަމަށް އެ ސަރުކާރުން ވަނީ ސިފަކޮށްފައެވެ.

ކޮޕް31 ނާކާމިޔާބުވެ، މޫސުމީ ރައްކާތެރިކަމުގެ އުންމީދު ފަނޑުވެއްޖެ

ތުރުކީވިލާތުގައި ބޭއްވި ކޮޕް31 ބައްދަލުވުން، ތެލާއި ގޭސް ބޭނުންކުރުމާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކާއި މާލީ އެހީގެ މައްސަލައިގައި އެއްބަސްވުމަކަށް ނާދެވި ނާކާމިޔާބުވެއްޖެއެވެ. މިއީ 2009 ވަނަ އަހަރަށްފަހު މިފަދަ ސިޔާސީ އެއްބަސްވުމެއް ފޭލްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، މީގެ ސަބަބުން މޫސުމީ ރައްކާތެރިކަމަށް ކުރާ އުންމީދުތަކަށް ވަނީ ބޮޑު ހުރަހެއް އެޅިފައެވެ.

އެއްބަސްވުމަކަށް ނާދެވި ކޮޕް31 ގެ މަޝްވަރާތައް ހުއްޓުމަކަށް

ތުރުކީވިލާތުގައި ކުރިއަށްދާ ކޮޕް31 ސަމިޓުގައި ފޮސިލް ފިއުލް ބޭނުންކުރުން މަދުކުރުމާއި މޫސުމީ އެހީގެ ފައިސާއާ މެދު ގައުމުތަކުގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ހުރެ، އެއްބަސްވުމަކަށް ނާދެވި މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ކަނޑައެޅިފައިވާ ވަގުތަށް ވުރެ އިތުރަށް މަޝްވަރާތައް ދިގުލައިގެން ގޮސްފައިވާއިރު، ހުރިހާ ގައުމަކުން އިއްތިފާގުވާ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެއްވެސް ނަތީޖާއެއް ނުނެރެ ސަމިޓް ނިންމާލަން ޖެހިދާނެއެވެ.

އެފްބީއައިގެ މައި ޑޭޓާބޭސްއެއް ހެކްކޮށްފި

އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައިގެ ކުށްވެރިންގެ މައުލޫމާތު ރައްކާކުރާ މައި ޑޭޓާބޭސްއަށް ހެކަރުން ވަދެފައިވާ ކަމަށް ބެލެވޭ މައްސަލައެއް އެ އިދާރާއިން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާއާ ގުޅިގެން ވައިޓް ހައުސްގެ ނޭޝަނަލް ސައިބާ ޑައިރެކްޓަރު މަގާމުން ވަކިކޮށްފައިވާއިރު، މިއީ އެފްބީއައިގެ ނިޒާމުތަކަށް ހެކަރުންގެ ހަމަލާއެއް އަމާޒުވި ފުރަތަމަ ފަހަރެއް ނޫނެވެ.

ވޮޝިންގްޓަންގެ އިސްތަށިކޮޅެއް 4،000 ޑޮލަރަށް ވިއްކާލައިފި

އެމެރިކާގެ ފުރަތަމަ ރައީސް ޖޯޖް ވޮޝިންގްޓަންގެ އިސްތަށިކޮޅެއް ނީލަމެއްގައި 4،000 ޑޮލަރަށް ވިއްކާލައިފިއެވެ. މި އިސްތަށިކޮޅަކީ 1799 ވަނަ އަހަރު އޭނާ އަވަހާރަވުމުގެ ކުޑަދުވަސްކޮޅެއް ކުރިން އެކުވެރިއަކަށް ދެއްވި ތާރީޚީ އާސާރީ އެއްޗެކެވެ. މީގެ ކުރިންވެސް ވޮޝިންގްޓަންގެ އިސްތަށިކޮޅުތަކާއި އޭނާއާ ގުޅުންހުރި ތަކެތި ނީލަމުގައި ބޮޑު އަގުގައި ވިއްކާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox