މޯލްޑިވިއަންގެ ފްލީޓަށް އޭޓީއާރު މަރުކާގެ ތިން ފްލައިޓު ގަނެފި

މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ޑޭޝް މަރުކާގެ ފްލައިޓެއް. -- ފޮޓޯ: މޯލްޑިވިއަން

މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ޑޭޝް މަރުކާގެ ފްލައިޓެއް. -- ފޮޓޯ: މޯލްޑިވިއަން

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން އޭޓީއާރު މަރުކާގެ ތިން ފްލައިޓެއް ގަންނަން އެ އެއާލައިންތައް އުފައްދާ ކުންފުންޏާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ދުވަސްވެފައިވާ ފްލީޓުގެ ސަބަބުން އައިއޭއެސްގެ އޮޕަރޭޝަންތައް ފުޅާކުރަން ދިމާވާ ގޮންޖެހުންތައް ހައްލުކުރަން މި ގެންނަ ތިން ފްލައިޓުގެ ތެރޭގައި ހިމެނެނީ 72-600 ATR ގެ ދެ ބޯޓު އަދި 600-42 ATR ގެ އެއް ބޯޓެވެ. މި ފްލައިޓުތައް އެ ކުންފުނީގެ ހިދުމަތާ މި އަހަރުގެ ތެރޭގައި ގުޅޭނެ އެވެ.

މޯލްޑިވިއަނުން ބުނި ގޮތުގައި އެ އެއާލައިނުގެ ފްލީޓަށް އިތުރުކުރާ ބޯޓުތަކަކީ ތިމާވެއްޓާ ރައްޓެހި އިންޖީނުތަކާއެކު ގަނެވޭ ބޯޓުތަކެކެވެ.

މި ބޯޓުތަކަކީ މިހާރު ބާޒާރުގައި ހުރި އޭޓީއާރު ބޯޓުތަކަށް ވުރެ ތިން ޕަސެންޓު ތެލުގެ ހަރަދު ކުޑަ، އަދި 20 ޕަސެންޓު އިންޖީނު މަރާމާތުގެ ހަރަދު ކުޑަ އަދި ސަސްޓެއިނަބަލް އޭވިއޭޝަން ފިއުލް ބޭނުންކުރެވޭނޭ ބޯޓުތަކެކެވެ. އަދި، އޭޓީއާރު މަރުކާގެ ބޯޓުތަކަކީ މި ވަގުތު މާކެޓުގައި ހުރި އެ ކެޓަގަރީގެ ބޯޓުތަކަށް ވުރެ 40 އިންސައްތަ އާއި ހަމައަށް ތެޔޮ އަންދާ މިންވަރު ކުޑަ ބޯޓުތަކަކެވެ.

މޯލްޑިވިއަނުން އިތުރަށް ބުނީ އޭޓީއާރާއެކު މި ގާއިމު ކުރެވޭ ގުޅުމުން ތަރައްގީއަށް އިތުރު ފުރުސަތުތަކެއް ފަހިވެގެން ދާނެ އެވެ. ހަމަ އެހެންމެ، ސަރުކާރުގެ ވައިގެ ދަތުރުފަތުރުގެ ސިޔާސަތު ތަންފީޒުކޮށް އާންމުންނަށާއި ޓޫރިސްޓުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

"އޭޓީއާރު އާއެކު މިވެވުނު އެއްބަސްވުމަކީ މި ކުންފުނީގެ ކުރިއެރުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް. އަޅުގަނޑު ގަބޫލުކުރަނީ އާ އިންޖީނާއެކު އޭޓީއާރުން މިއުފައްދާ ބޯޓުތަކަކީ އަޅުގަނޑުމެންގެ ފްލީޓް ބަދަލު ކުރުމަށް ވިސްނާއިރު މިވަގުތު މާކެޓުން ލިބޭނެ އެންމެ ރަނގަޅު ބޯޓު ކަމަށް," އައިއޭއެސް މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވި އެވެ.

އޭޓީއާރުން ވެސް ވަނީ އައިއޭއެސްއިން ދެއްކި ވާހަކަތައް ތަކުރާރުކުރަމުން މި އެއްބަސްވުމާ އެކީ މޯލްޑިވިއަނުން ހިދުމަތްތައް ފުޅާވެ، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމަށެވެ. އަދި މިއީ ރާއްޖެއަށް އެންމެ އެކަށޭނެ ބޯޓުކަމަށް އެ ކުންފުނީގެ ސީއީއޯ ސްޓެފާނޯ ބޯޓޮލީ ވިދާޅުވި އެވެ.

"އޭޓީއާރުގެ ބޯޓުތަކަކީ ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް އެންމެ އެކަށޭނެ ބޯޓުތަކެއްކަން ވޭތުވެދިޔަ ސާޅީހަކަށް އަހަރުތެރޭ ސާބިތުކޮށްދީފައި. މި އެއްބަސްވުމާއެކު ދިވެހިރާއްޖޭގެ ޤައުމީ އެއާލައިންގެ ހިދުމަތް ފުޅާކޮށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަކީ ލިބޭ ފަހުރެއް," ބޯޓޮލީ ވިދާޅުވި އެވެ.

މިހާރު މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކުގައި ގެންގުޅޭ ގިނަ ފްލައިޓުތަކަކީ ޑޭޝް މަރުކާގެ ފްލައިޓުތަކެވެ. އެކަމަކު ރާއްޖޭގައި އޮޕަރޭޓުކުރާ އަނެއް ދެ އެއާލައިން، މަންޓާ އެއާ އާއި ފްލައި މީން ގެންގުޅެނީ މި މަރުކާގެ ފްލައިޓުތަކެވެ. އޭޓީއާރާ އަޅާކިޔާއިރު ޑޭޝްއަކީ ހިންގުމާއި މެއިންޓެނަންސް ހަރަދު މާ ބޮޑު ފްލައިޓުތަކަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox