ޑިމާންޑާ އެއްވަރަށް އައްޑޫއަށް ދަތުރުކުރާ ފްލައިޓްތައް އިތުރުނުކުރާތީ ކަންބޮޑުވުން

މެންބަރު އަބްދުއްރަހްމާން: އެހެން ބަޔަކަށް އައްޑޫ ސިޓީއަށް އުދުހުމުގެ ފުރުސަތު ވެސް ނުދީ ހިފަހައްޓައިގެން އުޅޭ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: މަޖިލިސް

މެންބަރު އަބްދުއްރަހްމާން: އެހެން ބަޔަކަށް އައްޑޫ ސިޓީއަށް އުދުހުމުގެ ފުރުސަތު ވެސް ނުދީ ހިފަހައްޓައިގެން އުޅޭ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: މަޖިލިސް

ޑިމާންޑާ އެއްވަރަށް އައްޑޫ ސިޓީއަށް ދަތުރުކުރާ ފްލައިޓްތައް އިތުރުނުކުރާތީ އެކަމާ ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އަބްދުއްރަހްމާން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫއަށް ދަތުރުކުރާ ފްލައިޓްތައް އިތުރު ނުކުރުމުގެ ސަބަބުން ޖާގަ ނުލިބޭއިރު، އެހެން ބަޔަކަށް އައްޑޫ ސިޓީއަށް އުދުހުމުގެ ފުރުސަތު ވެސް ނުދީ ހިފަހައްޓައިގެން އުޅޭ ކަމަށެވެ.

"އައްޑު އާއި މާލެއާ ދޭތެރޭ ދަތުރުކުރަން މިފަހަކަށް އައިސް އެއްގޮތަކަށްވެސް މޯލްޑިވިއަން ފްލައިޓުން ޖާގައެއް ނުލިބޭ، ފްލައިޓްތަށް އިތުރެއް ނުކުރެވޭ، ނުކުރެވޭތާގައި އެހެން ބަޔަކަށް އުދުހުމުގެ ފުރުސަތެއްނުދޭ،" އަބްދުއްރަހްމާން ވިދާޅުވި އެވެ.

އައްޑޫއަށް ދަތުރުކުރާ ފްލައިޓްތައް މަދުވުމުގެ ސަބަބުން އީދަށް މަޑުކުރަން ބޭނުން އެތައްބަޔަކު ޖާގަ ނުލިބުމުން އީދުގެ ކުރިން ފުރަން ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑިމާންޑާއި އެއްވަރަށް ދަތުރު ބޭއްވުމުގެ ގާބިލްކަން ސަރުކާރު އަދި މޯލްޑިވިއަންގައި ނެތްނަމަ އެހެން ބަޔަކަށް އުދުހުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށާއި މޮނޮޕޮލީއެއް ގޮތަށް މޯލްޑިވިއަން އިން އައްޑޫ ރައްޔިތުން ފެލާ ހިތުހުރި އެއްޗެއް ހަދަނީ ސަރުކާރުން ކަމަށެވެ.

"ފްލައިޓްތަކުގެ ދަތިކަން މިހާއޮންނައިރު މި ބޭފުޅުން އަމިއްލަ ދޯންޏަކަށް ހަދާ ގޮތަށް ކެމްޕޭން ދަތުރަށް ބޯޓުތަކުގެ ޝެޑިއުލް މި ބޭފުޅުންގެ ކޮންވިނިއަންސަށް އެބަ ބަދަލުކުރޭ، މިހެން ހެދުމުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ ކަނެކްޓިން ފްލައިޓްތަކަށް އަރަން ތިބި މީހުންނަށް. ފްލައިޓް ލަސް އެބަކުރޭ ވަޒީރާއި މެންބަރު ފެންވަރާ ނިމެންދެން. މީޓިން ނިމެންދެން. ކޮފީ ނިމެންދެން،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހްމާން ވިދާޅުވީ މި ސަރުކާރަށް ވެރިކަމާއި މަޖިލިސް ދިނުމުން މިހާރު ޑިމާންޑުކުރަމުންދަނީ ކައުންސިލްތައް ދިނުމަށް ކަމަށްވާއިރު، މި ސަރުކާރަށް އައްޑޫގައި ހެދުނީ ޑްރޯން ބޭސްއެއް ކަމަށެވެ.

މި ވެރިކަމަށް ދެ އަހަރު ވެގެންދިޔައިރު އައްޑޫއަށް ދިން އިސްކަމެއް ނެތްކަން ފާހަގަކުރައްވާ އަބްދުއްރަހްމާން ވިދާޅުވީ ސަރުކާރުން ރައްޔިތުން ގަމާރުންނަށް ނަހަދައި ވައުދުތައް ފުއްދައިދޭންޖެހޭ ކަމަށެވެ

މޯލްޑިވިއަންގެ ފްލައިޓުތަކާ ގުޅިގެން އަބްދުއްރަހްމާން މި ކަންބޮޑުވުން ފާޅުކުރެއްވިއިރު، އެ އެއާލައިނުން ދަތުރުކުރާ އެތެރޭގެ މަންޒިލުތަކުގެ ތެރެއިން އެންމެ ގިނައިން ދަތުރުކުރާ މަންޒިލަކީ އައްޑޫ ސިޓީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox