ޑްރަގާ ގުޅިފައި ތިބި ސިޔާސީ މީހުން މިނިސްޓަރަށް އެނގޭ، އެކަމަކު ނަމެއް ވިދާޅެއް ނުވި

ހޯމް މިނިސްޓަރު އިމްރާން: ޑްރަގްގެ ނެޓްވޯކްތަކުގެ މުގުލުގައި ތިބި ސިޔާސީ މީހުން މިނިސްޓަރަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި - ފޮޓޯ: މުހައްމަދު ޝަބީން / އަދަދު

ހޯމް މިނިސްޓަރު އިމްރާން: ޑްރަގްގެ ނެޓްވޯކްތަކުގެ މުގުލުގައި ތިބި ސިޔާސީ މީހުން މިނިސްޓަރަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި - ފޮޓޯ: މުހައްމަދު ޝަބީން / އަދަދު

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތަށް ސަރުކާރުގެ ތެރެއިން ވެސް ސިޔާސީ ނުފޫޒާއި ހުރަސްތައް ކުރިމަތިވާ ކަމާއި އެކަމުގެ ފަހަތުގައި ތިބީ ކޮން ބައެއްކަން އެނގިވަޑައިގަންނަވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ.

އެކި އޮޕަރޭޝަންތަކުގައި އަތުލައިގެންފައިވާ 314.8 ކިލޯގެ މަސްތުވާތަކެތި ނައްތާލަން ފުލުހުން މިއަދު ދޫނިދޫގައި ބޭއްވި ހަރަކާތަށްފަހު, މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރާ މަސައްކަތަށް ސަރުކާރުގެ އެއްވެސް އިދާރާއެއްގެ ނުފޫޒު ފޯރާތޯ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށާއި ހޯމް މިނިސްޓަރު އިމްރާން އަބްދުاللهއަށް ނޫސްވެރިން ސުވާލު އަމާޒުކުރި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ސީޕީ ހަމީދު ވިދާޅުވީ އެކަން އެގޮތަށް ނެތް ކަމަށް ނުދެންނެވޭނެ ކަމަށާާއި ސަރުކާރުގެ ތެރެއިން މަސްތުވާތަކެތީގެ ވިޔަފާރީއަށް އެއްބާރުލުންދޭ މީހުން ދެނިގަތުމަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ނަމަވެސް, އެ ސުވާލަށް ސީދާ ޖަވާބެއް ދެވޭވަރަށް މިވަގުތު މައުލޫމާތު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިވަގުތު ސަރުކާރު މުއަސަސާތަކުން އަޅުގަނޑުމެން ކުރާ މަސައްކަތަށް ހުރަސް އަޅަން ތިބީ ކޮން ބައެއްތޯ ތިބީ، ކިހާ މީހުންނެއްތޯ ތިބީ، ކީއްތޯ އެމީހުން ކުރަނީ، އެއީ އަޅުގަނޑުމެން އަބަދުވެސް ބަލާނެ ކަންތައްތައް. އެކަމަކު ސާފުކޮށް އެކަން އެގޮތަށް ނެތެކޭވެސް އަޅުގަނޑު ނުދަންނަވާނަން," ސީޕީ ވިދާޅުވި އެވެ.

ސީޕީ ހަމީދު މިއަދުގެ އިވެންޓްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ - ފޮޓޯ: މުހައްމަދު ޝަބީން / އަދަދު
ސީޕީ ހަމީދު މިއަދުގެ އިވެންޓްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ - ފޮޓޯ: މުހައްމަދު ޝަބީން / އަދަދު

ސީޕީ ހަމީދު މިއަދުގެ އިވެންޓްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ - ފޮޓޯ: މުހައްމަދު ޝަބީން / އަދަދު

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެންމެ ބޮޑަށް ކަންބޮޑުުވުން ފާޅުކުރެއްވީ މަސްތުވާތަކެތީގެ ނެޓްވޯކްތަކުގެ މުގުލުގައި ސިޔާސީ ފަރާތްތަކެއް ތިބިކަން ފާހަގަކުރައްވަމުންނެވެ. އެއީ, ކޮން ފަރާތްތަކެއް މިނިސްޓަރަށް އެނގިވަޑައިގަންނަވަ އެވެ. ނަމަވެސް ވިދާޅުވީ އެމީހުންގެ ނަން ހާމަކުރަން ބޭނުން ނުވާ ކަމަށެވެ.

"އަޅުގަނޑުމެން އެފަރާތްތަކުގެ ވާހަކަ ނުދައްކަނީ. ތިބޭފުޅުން (ނޫސްވެރިން) އެވާހަކަތައް ދައްކަންވީ. އަޅުގަނޑު މި ދެންނެވީ އެންމެ ފަހުން މި މައްސަލަތަކުގައި ގެންދެވިފައި ހުރި ފަރާތްތައް ބެލީމާ ތިބޭފުޅުންނަށް އިނގިލައްވާނެ އެއީ ކޮން ފަރާތްތަކެއްކަން އެއީ. އެހެންވީމަ ކޮންމެހެން އަޅުގަނޑު ކިޔަން ޖެހޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން," އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މީހުންނާ ހަމައަށް ވާސިލްވުމަށް މަސައްކަތް ކުރަމުން އަންނަ މުއަސަސާތަކަށް ވެސް "ބައިވަރު ޗެލެންޖްތައް ކުރިމަތި ކުރުވަ" އެވެ. އަދި ނޫސްވެރިއަކު ތަހުގީގީ ނަޒަރަކުން އެ ވާހަކަތައް ގެންނަން މަސައްކަތް ކުރާނަމަ އެކަމަށްވެސް ހުރަސް އަޅާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

މި ވާހަކަތަކާއެކު ނޫސްވެރިން ސުވާލު އުފެއްދީ ފުލުހުންގެ ތެރޭގައި މަސްތުވާތަކެއްޗަށް ހިއްވަރު ދޭނެ މީހަކު ހުރަދާނެތޯ އެވެ. ނުވަތަ މަސްތުވާތަކެތީގެ ނެޓްވޯކްތަކުގެ މުގުލުގައި ތިބި ސިޔާސީ މީހުން "ފަހާ ސަރުކާރުން ނުދުވަނީ" ކީއްވެތޯ އެވެ.

މިނިސްޓަރު ވިދާޅުވީ ފުލުހުގައި މަސައްކަތް ކުރާ ފަރާތެއް މަސްތުވާތަކެއްޗަށް ހިއްވަރުދޭކަން އިނގެއްޖެ ނަމަ، ވަގުތުން ވަޒީފާއިން ވަކިކުރުމަށްފަހު، ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލް ވަނީ ހަމައެކަނި ސިޔާސީ ފަރާތްތަކެއް ނޫން ކަމަށް ވިދާޅުވެ، އެވާހަކަ އިތުރަށް ކުރިއަށް ނުގެންދެވި އެވެ.

މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސަތު ބަލަހައްޓަވާ ގޮތަށް މިހާރު ހާއްސަ ޓާސްކް ފޯހެއް ވަނީ އެކުލަވާލައިފަ އެވެ. އިމްރާން ވިދާޅުވީ، ޓާސްކް ފޯހުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ އަންނަ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ފެންނާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox