ވަކި މީޑިއާއަކާ ދެކޮޅަށް ކްލަބްތަކުން ނޫސްވެރިންގެ ބައްދަލުވުން ބޮއިކޮޓްކޮށްފި

Dec 23, 2021, 8:50 AM
ސީޒަން ހުޅުވި މެޗުގެ ކުރިން ޝަރަފްވެރި މެހެމާން މާޒިޔާގެ ކުޅުންތެރިންނާ ސަލާމްކުރަނީ: ނޫސްވެރިންގެ ބައްދަލުވުން ބޮއިކޮޓްކޮށް މާޒިޔާ އިން ވަނީ ބަޔާނެއް އިއްވާފައި.

ސީޒަން ހުޅުވި މެޗުގެ ކުރިން ޝަރަފްވެރި މެހެމާން މާޒިޔާގެ ކުޅުންތެރިންނާ ސަލާމްކުރަނީ: ނޫސްވެރިންގެ ބައްދަލުވުން ބޮއިކޮޓްކޮށް މާޒިޔާ އިން ވަނީ ބަޔާނެއް އިއްވާފައި.

ޕްރެޒިޑެންޓްސް ކަޕުގައި ވާދަކުރާ ކްލަބްތަކުން މިއަދު އޮތް އެ މުބާރާތުގެ ޕްރީ މެޗު ނޫސްވެރިންގެ ބައްދަލުވުން ބޮއިކޮޓްކޮށްފި އެވެ.

އެގޮތަށް ނިންމީ "މިހާރު" ނޫހުން ބައިވެރިވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިނުވާނެ ކަމަށް ބުނެ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާ އިން އިއްވި ބަޔާނެއްގައި ބުނީ "މިހާރު" ނޫހުން ފުޓްބޯޅައިގެ ރޫހާ ހިލާފަށް މައުލޫމާތު ފަތުރާތީ އާއި ފުޓްބޯޅަ ކްލަބްތަކާ އެފްއޭއެމްއާ ޒާތީކޮށް މަސައްކަތްކުރާތީ "މިހާރު" ނޫސް ބައިވެރިވާ ނަމަ ބައްދަލުވުމުގައި ބައިވެރިނުވާން ނިންމާފައިވާ ކަމަށެވެ. ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ ތެރެއިން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މީޑިއާގެ ސުވާލުތަކަށް ޖަވާބު ދިނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ އެހެން ކްލަބްތަކުން ވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިނުވާން ކޯޗުންނަށް އަންގާފައިވާ ކަމަށެވެ.

ޖަވާޒް ވިދާޅުވީ ކްލަބްތަކުގެ އެ ނިންމުމާ ގުޅޭ ގޮތުން ކްލަބްތަކާ އެކު އެފްއޭއެމުން މަޝްވަރާކުރާނެ ކަމަށެވެ. ޖަވާޒް ވިދާޅުވީ ފަހަކަށް އައިސް "މިހާރު" ނޫހުން ނެގެޓިވްކޮށް ފުޓްބޯޅައިގެ ހަބަރުތައް ގެނެސްދޭކަން އެ އެސޯސިއޭޝަނަށް ވެސް ފާހަގަކުރެވޭ ކަމަށެވެ.

2016 ވަނަ އަހަރު ވުޖޫދުވި "މިހާރު" ނޫހަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުޅިވަރު ހަބަރުތައް ގެނެސްދޭ އެއް ނޫހެވެ. އެ ނޫހުން އަންނަނީ ކުޅިވަރު ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ ގޮތުން "މިހާރު އެވޯޑްސް" ގެ ނަމުގައި ކުޅިވަރު އެވޯޑެއް ވެސް ބާއްވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox