ކޮލޮމްބޯ-މާލެ-އައްޑޫ ރޫޓު ދަތުރުތައް ފަށަން ސްރީލަންކަން ތައްޔާރު

ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއް ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި: މިވަގުތު ގަމަށް ޝެޑިއުލްް ދަތުރުތައް ކުރާ ހަމައެކަނި އެއާލައިނަކީ ސްރީލަންކަން. -- ފޮޓޯ: ގަން އެއާޕޯޓު

ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއް ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި: މިވަގުތު ގަމަށް ޝެޑިއުލްް ދަތުރުތައް ކުރާ ހަމައެކަނި އެއާލައިނަކީ ސްރީލަންކަން. -- ފޮޓޯ: ގަން އެއާޕޯޓު

ހުއްދަ ދީފި ނަމަ މާލެއިން އައްޑޫއަށް ކުޑަ އަގެއްގައި ދަތުރުތައް ފަށަން ސްރީލަންކަން އެއާލައިންސް އިން ތައްޔާރު ކަމަށް އެ އެއާލައިންގެ ރާއްޖޭގެ އޮޕަރޭޓަރު އޭސް އޭވިއޭޝަން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު މިއަދު ވިދާޅުވެއްޖެ އެވެ.

މާލެ އާއި އައްޑޫއާ ދެމެދު ދަތުރުތައް ފަށަން ސްރީލަންކަން އިން ޝައުގުވެރިކަން މި ފާޅުކުރީ، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދުތައް އިތުރުވެ އެތެރޭގެ އުދުހުންތަކަށް ބާރުބޮޑު ދުވަސްވަރެއްގަ އެވެ.

އެގޮތުން އެތެރޭގެ އުދުހުންތަކުގައި ހަރަކާތްތެރިވާ ތިން އެއާލައިންގެ ތެރޭގައި ހިމެނޭ ގައުމީ އެއާލައިން މޯލްޑިވިއަން އާއި ވިލާ އެއާގެ އިތުރުން މަންޓާ އެއާގެ ގިނަ ފްލައިޓުތައް އަޅަނީ ފުލްކޮށެވެ. މި ޑިމާންޑު ނުކަތައިގެން މޯލްޑިވިއަނުން އަންނަނީ ވިލާ އާއި މަންޓާގެ ފްލައިޓުތައް ޗާޓަރުކޮށްގެން ވެސް ދަތުރު ކުރަމުންނެވެ.

ސްރީލަންކަން އިން މާލެ-އައްޑޫ ދަތުރުތައް ފެށުމާ ގުޅިގެން ފިރާގު "އަދަދު"އަށް ވިދާޅުވި ގޮތުގައި މިއީ ގަމުން ކުރާ ދަތުރުތަކަށް ދިމާވެފައިވާ ފަސިންޖަރުންގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށާއި އެތެރޭގެ އުދުހުންތަކަށް އައިސްފައިވާ ތާށިކަމުގައި ޓޫރިޒަމް ސިނާއަތަށް އެހީތެރިވެދިނުމަށް ކުރާ ކަމެކެވެ.

"އެތެރޭގެ އުދުހުންތަކަށް ވަރަށް ތާށި ބޮޑު ދުވަސްވަރެއް މިއީ. ވަރަށް ބައިވަރު މީހުންނަށް ދަތުރުކުރުމުގައި ދަތިތައް އެބައުޅޭ. އަޅުގަނޑުމެން ރެޑީ މިހާރު ވެސް ދަތުރުތައް ފަށަން" ފިރާގު ވިދާޅުވި އެވެ.

ގަމުން އަޅާ ފްލައިޓުތަކަށް ބޭނުންވާ ވަރަށް ފަސިންޖަރުން ނުލިބޭތީ މި ދަތުރުތައް ފަށަން މީގެ ކުރިން ވެސް ސްރީލަންކަން އިން ހުއްދައަށް އެދުނު ނަމަވެސް އެއްވެސް ފަހަރެއްގައި ހުއްދައެއް ނުދެ އެވެ.

ސްރީލަންކަން އިން ގަމާއި ކޮލޮމްބޯއާ ދެމެދު ޝެޑިއުލް ދަތުރުތައް ޑިސެމްބަރު 1، 2016 ގައި ފެށުމަށް ފަހު މިދިޔަ އަހަރު ހުއްޓާލީވެސް ފަސިންޖަރުން ނުލިބި، ބޮޑެތު ގެއްލުންތަކެއް ވަމުންދާތީ އެވެ.

އެކަމަކު އެ އަހަރު ނިމެން އުޅެނިކޮށް އަލުން ޝެޑިއުލް ދަތުރުތައް ފެށި އެވެ. މިވަގުތު ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް އަޅާ ހަމައެކަނި އެއާލައިނަކީ ސްރީލަންކަން އެވެ.

އައްޑޫ-މާލެ ދަތުރުތަކަށް ހުއްދަ ލިބިއްޖެ ނަމަ ސްރީލަންކަންގެ ވިސްނުމަކީ ކޮލޮމްބޯ-މާލެ-އައްޑޫ ރޫޓުން ރައުންޑް ފްލައިޓްތަކެއް އަޅާށެވެ. މިގޮތުން ދަތުރުކުރާ ފްލައިޓުތައް ބައެއް ފަހަރު ސީދާ ގަމުން ކޮލޮމްބޯއަށް އަދި އަނެއް ބައި ފްލައިޓުތައް މާލެ އައިސް ފަސިންޖަރުން ނަގައިގެން ކޮލޮމްބޯއަށެވެ.

ފިރާގު ވިދާޅުވި ގޮތުގައި މިގޮތަށް ދަތުރުތައް ފެށުމުން ގަމުން ބޭނުންވާ އަދަދަށް ފަސިންޖަރުން ނުލިބޭ މައްސަލައަށް ހައްލެއް ލިބި، އެތެރޭގެ އުދުހުންތަކަށް ވެސް ލުޔެއް ލިބިގެން ދާނެ އެވެ. އޭގެ އިތުރުން ގަމުން އަޅާ ފްލައިޓުތައް އިތުރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓްރެފިކް ލިބޭނަމަ ސާކަލް ފްލައިޓް ޔޫޓިލައިޒްކޮށްގެން ގިނަ ފްލައިޓް އެޅޭނެ. ޓްރެފިކް އޮންނަ ގޮތުން ދުވާލަކު އެއް ފްލައިޓް ވެސް އެޅިދާނެ" ފިރާގު ވިދާޅުވި އެވެ.

މިހާރު ސްރީލަންކަން އިން ގަމަށް ބާއްވަނީ ހަފުތާއަކު ފްލައިޓެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox