އޭއައި ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރުވެއްޖެ

Oct 8, 2026, 4:45 PM
ފޮޓޯ: އީޕީއޭ

ފޮޓޯ: އީޕީއޭ

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޑޭޓާ ސެންޓަރުތަކުގައި ބޭނުންކުރާ މެމޮރީ ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ސެމްސަންގް އިލެކްޓްރޯނިކްސް އިން ބުނެފި އެވެ.

ދުނިޔޭގެ ޓެކްނޮލޮޖީގެ ދާއިރާގައި އެންމެ ކުރީގައި އުޅޭ ސެމްސަންގް ކުންފުނިން އަންދާޒާކުރާ ގޮތުގައި، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިމުނު ތިން މަސް ދުވަހުގެ އޮޕަރޭޓިން ފައިދާ 107.4 ޓްރިލިއަން ވޮން (80 ބިލިއަން ޑޮލަރު) އަށް އަރާނެ އެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރެވެ.

ސެމްސަންގަކީ ދެކުނު ކޮރެއާގެ އެސްކޭ ހައިނިކްސް އަދި އެމެރިކާގެ މައިކްރޯން ކުންފުންޏާ އެކު ދުނިޔޭގައި އެންމެ ފުޅާދާއިރާއެއްގައި މެމޮރީ ޗިޕް އުފައްދާ އެއް ކުންފުންޏެވެ. މި ކުންފުނިތަކުން އުފައްދާ ޗިޕްތަކަކީ އެންވީޑިއާ ފަދަ އޭއައި ޓެކްނޮލޮޖީ އުފައްދާ ކުންފުނިތަކަށް ނުހަނު މުހިންމު އެއްޗެކެވެ.

ގެލެކްސީ ފޯލްޑް އަދި އެސް26 މަރުކާގެ ފޯނުތައް އުފައްދާ ސެމްސަންގަށް، މިދިޔަ އޮގަސްޓް މަހު ބާޒާރަށް ނެރުނު ފަތްޖަހާލެވޭ އާ ފޯނުތަކުގެ ސަބަބުން ވެސް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ބެލެވެ އެވެ.

މި އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓް އެކަމުގެ ތަފްސީލުތަކާއެކު އޮކްޓޯބަރު މަހުގެ ފަހުކޮޅު އާންމުކުރާނެ އެވެ.

ދެކުނު ކޮރެއާގެ ބޮޑެތި ކުންފުނިތަކުން އާންމުކޮށް ތަފްސީލީ ރިޕޯޓްތައް ނެރުމުގެ ކުރިން، އިންވެސްޓަރުންނަށް މައުލޫމާތު ދިނުމުގެ ގޮތުން މާލީ ހިސާބުތަކުގެ އަންދާޒާ ރިޕޯޓެއް ނެރެ އެވެ.

އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް ބޭނުންވާ ކޮމްޕިއުޓަރު ޗިޕްތަކަށް ދުނިޔޭގެ ބާޒާރުގައި އޮތް ޑިމާންޑު ބޮޑުވުމުގެ ސަބަބުން، އެ ޓެކްނޮލޮޖީއާ ގުޅުންހުރި އުފެއްދުންތައް ތައްޔާރުކުރާ ކުންފުނިތަކުގެ ފައިދާ އާއި ހިއްސާގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.

ފާއިތުވި އަހަރުތަކުގައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުން ސެމީކޮންޑަކްޓާ ލިބުން ދަތިވެ، ސެމްސަންގް ފަދަ ކުންފުނިތަކުގެ ވިޔަފާރި ވަނީ ވަރަށް ބޮޑަށް ކުރިއަރާފަ އެވެ. އެގޮތުން މި އަހަރުގެ ކުރީކޮޅު އެ ކުންފުނީގެ މާކެޓް ވެލިއު ނުވަތަ ކުންފުނީގެ އަގު ވަނީ އެއް ޓްރިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox