އެނބުރި އައުމާ އެކު ޓައިގާ ވުޑްސް އަށް ހިތްހަމަޖެހުން

Dec 19, 2021, 8:14 AM
އެނބުރި އައުމާ އެކު ޓައިގާ ވުޑްސް އަށް ހިތްހަމަޖެހުން

މަޔާމީ (ޑިސެމްބަރު 19) - މި އަހަރުގެ ކުރީކޮޅު ހިނގި އެކްސިޑެންޓްގައި ލިބުނު ބޮޑެތި އަނިޔާތަކުން ރިކަވާވުމަށް ފަހު، ގޮލްފްގެ ލެޖެންޑް ޓައިގާ ވުޑްސް ފުރަތަމަ ފަހަރަށް ވާދަވެރި މުބާރާތެއްގައި އިއްޔެ ބައިވެރިވެއްޖެ އެވެ.

މި އަހަރުގެ ފެބްރުއަރީ މަހު ހިނގި ކާރު އެކްސިޑެންޓެއްގައި ބޮޑެތި އަނިޔާތަކެއް ލިބުނު ވުޑްސް ވަނީ އޭނާގެ ދަރިފުޅު ޗާލީ ވުޑްސްއާ އެކު ޕީއެންސީ ޗެމްޕިއަންޝިޕްގައި އިއްޔެ ވާދަކޮށްފަ އެވެ. ޕީއެންސީ ޗެމްޕިއަންޝިޕަކީ ގޮލްފްގެ ޗެމްޕިއަނުން އެމީހުންގެ މައިންބަފައިން ނުވަތަ ދަރިންނާއެކު ވާދަކުރާ މުބާރާތެކެވެ.

ގޮލްފްގެ މޭޖާ 15 މުބާރާތް ކާމިޔާބުކޮށްފައިވާ ވުޑްސް ބުނީ ވާދަވެރި މުބާރާތްތަކަށް އެނބުރި އާދެވުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި މުބާރާތުގައި ކުޅުމަކީ އަހަންނާއި ޗާލީ އަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއް،" ވުޑްސް ،45، ބުންޏެވެ.

އެކަމަކު ވުޑްސް ބުނީ ގޮލްފްގެ މުބާރާތެއްގައި އޭނާ ވާދަކުރި ނަމަވެސް، ޕީ.ޖީ.އޭ ޓުއާ ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރެވޭ ވަރަށް އޭނާ އަދި ފިޓުނުވާ ކަމަށެވެ.

"އަދި އެ (ޕީޖީއޭ މުބާރާތްތަކުގައި ކުޅުމުގެ) ފެންވަރެއް ނެތް. ގޮލްފްގައި ވާދަކުރަން ބޭނުންވާ ބުންވަރެއް މިހާރު ނެތް. ޖަހަން ބޭނުންވާ ގޮތަށް ޝޮޓުތައް ނުޖެހުމަކީ ވެސް ވަރަށް ބޮޑު ނުތަނަވަސްކަމެއް. އަހަރެން ބޭނުން އަލުން ޓުއާ ލެވެލްގެ މުބާރާތްތަކުގައި ކުޅެން. ފިޓުވާން ވަގުތު ބޭނުންވާނެ،" ވުޑްސް ބުންޏެވެ.

"މި އަހަރު މި ދިމާވި ކަންތައްތަކާ ގުޅިގެން އަހަންނަށް ޕްރެކްޓިސްނުކުރެވޭ. ހަގީގަތުގައި އަހަރެން މިހުރީ އަދި ކުޅޭވޭ ހާލަތެއްގައި ނޫން. އަދި ހާއްސަކޮށް މުބާރާތް ކުޅެވޭ ހާލަތެއްގައެއް ނޫން. މުޅިން ފިޓުވާން ވަގުތު ނަގާނެކަން ގަބޫލްކުރަންޖެހޭނެ."

ޕީއެންސީ މުބާރާތް ނިމޭނީ އާދިއްތަ ދުވަހު އެވެ. -- ބީބީސީ

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox