ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

Oct 22, 2026, 6:50 AM
ދިވެހި ސިފައިންގެ ކްލަބުން ގައުމީ ވޮލީ ލީގު ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ / އަދަދު ސްޕޯޓްސް

ދިވެހި ސިފައިންގެ ކްލަބުން ގައުމީ ވޮލީ ލީގު ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ / އަދަދު ސްޕޯޓްސް

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު، ދިވެހި ސިފައިންގެ ކްލަބުން ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ. 

މި ފަހަރުގެ ގައުމީ ލީގުގައި ޖުމްލަ ފަސް ޓީމު ވާދަކުރިއިރު، ސިފައިން ފަހު މެޗުގައި ރޭ ކުުޅުނީ، މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން، ކްލަބް އެޗްޑީސީއާ ދެކޮޅަށެވެ. ރޭގެ މެޗުން މޮޅުވެގެން، އެޗްޑީސީ އަށް ގައުމީ ލީގު ޗެމްޕިއަންކަން ދިފާއުކުރުމުގެ ފުރުސަތު އޮތެވެ. އެކަމަކު، ސިފައިން އަތުން 3-1 ސެޓުން ބަލިވުމުން، މުބާރާތް ގެއްލުނީ އެވެ. 

ރޭ އެޗްޑީސީ އާއި ސިފައިން ކުޅުނު މެޗުގެ ސެޓުތައް ދިޔަ ގޮތަށް ބަލާއިރު، އެޗްްޑީސީން 26-24 އިން ފުރަތަމަ ސެޓު ގެންދިޔަ އެވެ. އެކަމަކު، ސިފައިން މޮޅުވީ ފަހަތުން އަރަ އެވެ. ދެން ކުޅުނު ތިން ސެޓު، ސިފައިން ގެންދިޔައީ، 16-25، 24-26 އަދި 21-25 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ، ސިފައިންގެ ޓީމަށް މުބާރާތުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކި ހުސެއިން ރައްޒާން އެވެ. 

ސިފައިން މުބާރާތުގައި ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ފުރަަތަމަ މެޗުގައި ލަޔަންސް ރެކްރިއޭޝަން ކްލަބް އަތުން ވަނީ 3-0 ސެޓުން މޮޅުވެފަ އެވެ. ދެ ވަނަ މެޗުގައި، ކްލަބް އެމްޓީސީސީ އަތުން މޮޅުވީ 3-1 ސެޓުންނެވެ. އަދި، ތިން ވަނަ މެޗުގައި ޕޮލިސް ކްލަބް އަތުން 3-0 ސެޓުން މޮޅުވި އެވެ. 

ގައުމީ ލީގުގެ ރޭންކިން އަށް ބަލާއިރު، ސިފައިން ނިންމާލީ 12 ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ ޕޮލިސް ކްލަބަށް އަށް ޕޮއިންޓް އަދި ތިން ވަނަ ހޯދި އެޗްޑީސީ އަށް ހަތް ޕޮއިންްޓް ލިބުނެވެ. ހަތަރު ވަނަ ހޯދީ ލަޔަންސް އަތުން މޮޅުވި އެމްޓީސީސީ އެވެ. އެމްޓީސީސީ އަށް ތިން ޕޮއިންޓް ލިބުނުއިރު، ލަޔަންސް އަށް ޕޮއިންޓެއް ނުލިބެ އެވެ. 

ގައުމީ ލީގުގެ ގަދަ ހަތަރެއް ދެން ނުކުންނާނީ ގައުމީ މުބާރާތަށެވެ. 

ގައުމީ ލީގުގެ ވަނަތަކަށް ބަލާއިރު، މުބާރާތުގެ މޮޅު ކުޅުންތެރިއަކީ ސިފައިންގެ ރައްޒާން އެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ ސިފައިންގެ ޓީމުގެ ފަހަދު ރާޒާ އެވެ. އެންމެ އުންމީދީ ކުޅުންތެރިޔާ (21 އަހަރުން ދަށުގެ މޮޅު ކުޅުންތެރިޔާ) އަކީ ޕޮލިހުގެ ލިބަރޯ އަހުމަދު އިލްހާމް އަލީ އެވެ. އެންމެ މޮޅު ކޯޗަކީ، ސިފައިންގެ ޓީމުގެ ޖުނައިދު އަބްދުﷲ (މާމަ) އެވެ. 

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ، ސިފައިންގެ ޓީމުގެ އާދަމް ނަސީމް (އެޑަމް)، އާދަމް ފައިރޫޒް، ހުސެއިން ޝާހިދު (ޝާޑު)، ރައްޒާންގެ އިތުރުން، ޕޮލިހުގެ މުހައްމަދު ނައީމް (ނައިންޓޭ)، އަހުމަދު ނާފިއު އަދި އެޗްޑީސީގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox