ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ، 50 މިލިއަން ޑޮލަރަށް އަގުއަރާފާނެ

Oct 22, 2026, 3:19 PM
ވޯލްޑް ކަޕްގެ މެޗެއްގެ ތެރެއިން މެކްސިކޯގެ ތަރި، ގިލްބާޓޯ މޯރާ.

ވޯލްޑް ކަޕްގެ މެޗެއްގެ ތެރެއިން މެކްސިކޯގެ ތަރި، ގިލްބާޓޯ މޯރާ.

މެކްސިކޯ ސިޓީ (އޮކްޓޫބަރު 22) - އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި މި އަހަރުގެ ޖޫން/ޖުލައި މަހު ބޭއްވި ފީފާ ވޯލްޑް ކަޕްގައި ވިދާލި މެކްސިކޯގެ ޒުވާން ތަރި، ގިލްބާޓޯ މޯރާގެ ޑީލް ނިންމަން ލިވަޕޫލުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. 

މެކްސިކޯ ޓީމަށް ވޯލްޑް ކަޕްގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ، ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އަދި ލަނޑު ޖަހަން ފުރުސަތު ހޯދައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތީ މިހާރު 18 އަހަރުގެ މޯރާ އަތުގަ އެވެ. މޯރާ އަށް 18 އަހަރު ފުރުނީ، މި މަހުގެ 14 ވަނަ ދުވަހު އެވެ. 

އަށާރަ އަހަރު ފުުރުމާ އެކު، ޕްރޮފެޝަނަލް ކޮންޓްރެކްޓެއްގައި ސޮއިކުރެވޭނެތީވެ، މޯރާ ހޯދަން ޔޫރަޕްގެ ގިނަ ކްލަބްތަކުން ޝައުގުވެރިކަން ފާޅުކުރި އެވެ. އެހެން ނަމަވެސް، އޭނާ ހޯދުމުގެ ރޭހުގައި މި ވަގުތު އެންމެ ކުރީގައި އޮތީ ލިވަޕޫލް ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. 

Advertisement

މޯރާ، ގަންނަން ލިވަޕޫލުން ދައްކާ ފީ ޖުމްލަ އެކު، 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މި ޑީލުގައި އެންމެ ފުރަތަމަ ލިވަޕޫލުން ދެނީ 40 މިލިއަން ޑޮލަރެވެ. ބާކީ 10 މިލިއަން ޑޮލަރަކީ އޭނާ ލިވަޕޫލްގައި ހާސިލްކުރާ ކަންކަމަށް ބަލާފައި ބަހާލައިގެން ދޭނެ އަގެވެ.  

މެކްސިކޯގެ ކްލަބް ޓިޖުއާނާ އަށް ކުޅެމުން އަންނަ މޯރާ ވަނީ މެކްސިކޯ ސީނިއާ ޓީމަށް ކުޅުމުގެ ކުރިން އެ ގައުމުގެ ހަތަރު އުމުރުފުރާއެއްގެ ގައުމީ ޓީމަށް ކުޅެފަ އެވެ.  މޯރާ ވަނީ މެކްސިކޯ ސީނިއާ ޓީމަށް ކުޅުނު 13 މެޗުން އެއް ލަނޑު ޖަހައިފަ އެވެ. މެކްސިކޯ ޓީމަށް ލަނޑު ޖަހައިދިންއިރު، މޯރާގެ އުމުރަކީ، 17 އަހަރާއި 240 ދުވަހެވެ. 

ޔުއެފާ ޗެމްޕިއަންސް ލީގުގައި މި ހަފްތާގައި، ލިވަޕޫލުން ވިޔަރެއާލް އަތުން 4-3 އިން މޮޅުވި މެޗަށް ފަހު، ލިވަޕޫލްގެ ކޯޗު، އަންޑޯނީ އިރައޯލާ އަށް ވަނީ މޯރާއާ ގުޅޭގޮތުން ސުވާލު އަމާޒުވެފަ އެވެ. އިރައޯލާ ބުނީ، އެހެން ކްލަބްތަކުގެ ކުޅުންތެރިންނާ މެދު ވާހަކަ ދެއްކުމަކީ ކުރާ ކަމެއް ނޫން ކަމަށެވެ. އެކަަމަކު، ލިވަޕޫލް ޓީމު ރަނގަޅުކުރަން ކުރާ މަސައްކަތުގައި އަބަދުވެސް އެ ޕްރޮޖެކްޓަށް ބޭނުންވާ ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރާ ކަމަށް އިރައޯލާ ވަނީ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox